ކުނި އެތެރެކުރުމާއި 'ވޭސްޓް ޓު އެނާޖީ' ޕްރޮޖެކްޓާ ގުޅުމެއް ނެތް: މިނިސްޓްރީ

ތިލަފުށީގެ ހާލަތު މިނިސްޓަރު ޝައުނާ މީގެ ކުރިން ބައްލަވާލައްވަނީ: ސަރުކާރުން ބުނީ ކުނި މެނޭޖް ކުރާނީ ސިއްހަތާއި ތިމާވެއްޓަށް ގެއްލުންނުވާ ގޮތަށް ކަމަށް -- ފޮޓޯ: މިނިސްޓްރީ

ތިލަފުށީގެ ހާލަތު މިނިސްޓަރު ޝައުނާ މީގެ ކުރިން ބައްލަވާލައްވަނީ: ސަރުކާރުން ބުނީ ކުނި މެނޭޖް ކުރާނީ ސިއްހަތާއި ތިމާވެއްޓަށް ގެއްލުންނުވާ ގޮތަށް ކަމަށް -- ފޮޓޯ: މިނިސްޓްރީ

ތިމާވެއްޓާ ބެހޭ މިނިސްޓްރީން ހުއްދަ ދޭ ހާލަތްތަކުގައި ރާއްޖެއަށް ކުނި އެތެރެކުރެވޭ ގޮތަށް ގާނޫނުގައި ހިމެނުމާއި ސަރުކާރުން މިހާރު ފަށާފައިވާ 'ވޭސްޓް ޓު އެނާޖީ' ޕްރޮޖެކްޓާ އެއްވެސް ގުޅުމެއް ނެތް ކަމަށް މިނިސްޓްރީން ބުނެފި އެވެ.

ކުނި މެނޭޖުކުރުމުގެ އަސާސްތަކާއި ޒިންމާތަކާއި ފީނެގުމާއި ކުންޏާ ގުޅޭ ކުށްތަކާއި ޖޫރިމަނާ ބަޔާންކޮށްފައިވާ އެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި ބަދަލުތަކުގެ ތެރޭގައި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން ރާއްޖެ އަށް ކުނި އެތެރެކުރެވިދާނެ ކަމަށް ލިޔުނެވެ.

އެ މާއްދާ އާ ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުންތައް ހުރި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ބިލު ތަސްދީގު ކުރައްވާފަ އެވެ.

އެ ގާނޫނުގެ 44 ވަނަ މާއްދާގައި ބުނެފައިވަނީ މިނިސްޓްރީގެ ހުއްދަ ލިބިގެން މެނުވީ އެއްވެސް ފަރާތަކުން އެއްވެސް ބާވަތެއްގެ ކުންޏެއް ރާއްޖެ އެތެރެކޮށްގެން ނުވާނެ ކަމަށެވެ. ކުނި އެތެރެކުރުމުގެ ހުއްދައަށް އެދުމުން އެފަދަ ހުއްދައެއް ދޭންވާނީ މިނިސްޓްރީން ހަދާފައިވާ ގަވާއިދާ އެއްގޮތަށް ކަމަށް އެ މާއްދާގައި ބަޔާންކޮށްފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ބިލު ހުށަހެޅިއިރު އޮތީ ރާއްޖެއަށް އެއްވެސް ބާވަތެއްގެ ކުނި އެތެރެނުކުރެވޭ ގޮތަށް ހިމަނާފަ އެވެ. މިއީ ޒީރޯ ވޭސްޓު މޯލްޑިވްސް ޖަމިއްޔާގެ ލަފާގެ މަތިން ބިލުގައި ހިމެނި މާއްދާއެކެވެ.

އެ މާއްދާއާ ގުޅިގެން ޒީރޯ ވޭސްޓް މޯލްޑިވްސް އާއި ސޭވް މޯލްޑިވްސް ކެމްޕެއިނުގެ އިތުރުން ޓްރާންސްޕޭރެންސީ މޯލްޑިވްސް ހިމެނޭހެން 17 ޖަމިއްޔާއަކުން ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ވަނީ ކުނި އެތެރެ ކުރަން ހުއްދަ ދިނުމާއި ސަރުކާރުން މިހާރު ފަށާފައިވާ 'ވޭސްޓު ޓު އެނާޖީ' ޕްރޮގްރާމަކީ ޓެކްނިކަލް ގޮތުން ވެސް އަދި މާލީ ގޮތުން ވެސް ރާއްޖެއަށް ބޮޑު ބުރައެއް އުފުލަން ޖެހޭނެ މަޝްރޫއެއްކަން ފާހަގަކޮށްފަ އެވެ.

އޭގެ އިތުރުން، އެ ޕްރޮޖެކްޓުގެ ސަބަބުން ރާއްޖެއިން ބޭރުގެ އިންސިނެރޭޓަރު އޮޕަރޭޓަކޮށް ރާއްޖެއަށް ކުނި އެތެރެކުރުމަށް ލޫޕްހޯލްތަކެއް ލިބިދާނެ ކަމަށް ފާހަގަކޮށްފައިވެ އެވެ.

އެކަމާ ގުޅިގެން ތިމާވެއްޓާ ބެހޭ މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "އަދަދު" އިން ސުވާލުކުރުމުން އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު މުރުތަޒާ ވިދާޅުވީ މިއީ ރާއްޖޭގައި ހިންގާ އެއްވެސް ކުނި މެނޭޖުކުރުމުގެ ހަރަކާތަކާ ގުޅިގެން ގާނޫނަށް ގެނައި އިސްލާހެއް ނޫން ކަމަށެވެ.

"ވޭސްޓު އެނާޖީ ޓެކްނޮލޮޖީއަކަށް މުހިންމެއް ނޫން ރާއްޖެއަށް ކުނި އެތެރެކޮށްގެން އެ ޓެކްނޮލޮޖީ ހިންގާކަށް. ސަބަބަކީ މިހާރު ރާއްޖޭގައި ކުނި އުފައްދާ މިންވަރަށް ބަލާއިރު ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެންނަށް އެފޯޑެއް ނުކުރެވޭނެ ރާއްޖެއަށް އިތުރަށް ކުނި އެތެރެ ކުރާ ކަމަށް ވަންޏާ،" މުރުތަޒާ ވިދާޅުވި އެވެ.

އެހެންކަމުން ކުނި މެނޭޖުކުރުމުގެ މަޝްރޫއުތައް ވެސް އަމާޒުކޮށްފައި ހުރީ ކުނި އެތެރެކޮށްގެން ހިންގުމަށް ނޫން ކަމަށާއި އެ ޓެކްނޮލޮޖީ އަށް ކުނި މެނޭޖުކުރަން ނިންމާފައިވަނީ ދިރާސާތަކަކަށް ފަހުގައި ކަމަށް ވިދާޅުވި އެވެ.

"ސިއްހަތަށް ވެސް އަދި ތިމާވެއްޓަށް ވެސް ގެއްލުން ނުވާ ކަހަލަ ގޮތަކަށް ބައްޓަންކޮށް، ޑިޒައިން ކޮށްގެން އިންސްޓޯލް ކުރެވޭ ގޮތަށް ޑިޒައިން ކޮށްފައިވާނީ،" މުރުތަޒާ ވިދާޅުވި އެވެ.

ކުނި މެނޭޖުކުރުމުގެ ބިލު މަޖިލީހަށް ހުށަހެޅިއިރު އޮތީ ކުނި އެތެރެކުރުން މަނާ ވާނެ ކަމަށް ބަޔާންކޮށްފަ އެވެ. ބިލަށް ބަދަލު ގެނައީ ކޮމިޓީ މަރުހަލާގަ އެވެ. އެ ބަދަލާ ގުޅިގެން ކޮމިޓީ ރިޕޯޓުގައިވާ ފާހަގަކޮށްފައިވާ ގޮތުގައި ދުނިޔޭގައި ގިނަ ގައުމުތަކަށް ކުންޏަކީ މިހާރު ވެސް ބޭނުންތެރި އެއްޗަކަށް ވެފައި، އޭގެއިން ހަކަތަ އުފެއްދޭނެކަން ވެސް ސާބިތުވާތީ އެވެ.

ރާއްޖެއިން ވެސް އެކަމަށް ޕްލޭންތަކެއް ގެންގުޅޭއިރު، ރާއްޖެއިން އެފަދަ ބޭނުމަކަށް ބޭނުންވާ ކުނި ލިބުން ދަތިވެއްޖެ ހާލަތެއްގައި އެ ހުއްދަ އޮތުން މުހިންމު ކަމަށް ކޮމިޓީން ދެކޭ ކަމަށް މަޖިލީހުން ބުނެފައިވެ އެވެ.

"ވޭސްޓު ޓު އެނާޖީ" މަޝްރޫއު ހިންގަމުން އަންނަ ޔޫރަޕުގެ ބައެއް ގައުމުތަކުގައި ވެސް ކުނި އަންދާ އިންސިނިރޭޓަރުތަކަށް ނުތަކާ ވަރު [އިންސިނިރޭޝަން އޯވާކެޕޭސިޓީ] ވުމުގެ ސަބަބުން އެހެން ގައުމުތަކުން ކުނި އެތެރެކުރަން ޖެހިފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox