އަންހެނުންނަށް ފުރުސަތު ފަހިކޮށްދޭތީވެ ނައިބު ރައީސްގެ ތައުރީފު އާރުޑީސީއަށް

ގދ. ގައްދޫ މަގުހެދުމުގެ މަޝްރޫއުގައި އެ ރަށުގެ އަންހެނުން ބައިވެރިވޭ. -- މުހައްމަދު ޝާބިން/ އަދަދު

ގދ. ގައްދޫ މަގުހެދުމުގެ މަޝްރޫއުގައި އެ ރަށުގެ އަންހެނުން ބައިވެރިވޭ. -- މުހައްމަދު ޝާބިން/ އަދަދު

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނަކީ މުވައްޒަފުންނާމެދު ވަރަށް ރަނގަޅަށް ކަންތައް ކުރާ ކުންފުންޏެއް ކަމަށާއި، ހާއްސަކޮށް އަންހެނުންނަށް ފުޅާ ދާއިރާއެއްގައި އެކި ރޮނގުތަކުން މަސައްކަތްކުރުމަށް މަގުފަހިކޮށްދީފައިވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ބައެއް ރަށްރަށުގައި އާރުޑީސީން ހިންގާ މަގުހެދުމުގެ މަޝްރޫއުތަކުގައި އަންހެނުންނަށް އެކި ވަޒީފާތައް ދީފައިވެ އެވެ.

އާރުޑީސީއަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ޖަލުސާގައި ނައިބު ރައީސް ވިދާޅުވީ އާރުޑީސީ އާއި ސަރުކާރުގެ ކުންފުނިތަކާއި އަދި އަމިއްލަ ބައެއް ކުންފުނިތަކުން މި ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް މަސައްކަތްކުރާ ކަމަށެވެ. އެކަމަށްޓަކައި އެ މަނިކުފާނު ޝުކުރު އަދާކުރެއްވެވި އެވެ.

ނައިބު ރައީސް ފައިސަލް ނަސީމް އާއި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު ވާހަކަ ދައްކަވަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ނައިބު ރައީސް ފައިސަލް ނަސީމް އާއި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު ވާހަކަ ދައްކަވަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ނައިބު ރައީސް ފައިސަލް ނަސީމް އާއި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު ވާހަކަ ދައްކަވަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އާރްޑީސީއަކީ ސަރުކާރުގެ ސިޔާސަތަށް ވާސިލްވުމަށް ގިނަ މަސައްކަތްތަކެއް ކުރާ ކުންފުންޏެއް ކަމަށާއި، އެކުންފުނިން ގިނަ ރަށްތަކެއްގެ މަގުހެދުމުގެ މަސައްކަތްތައް ހިންގަމުން އަންނައިރު، މާލޭގެ އަމީނީމަގު ހެދުމުގެ މަސައްކަތް ވެސް ކުރަނީ އެ ކުންފުނިންނެވެ.

"އާރްޑީސީއަކީ މަސައްކަތަކަށް ދެންނެވުމުން، އިތުރަށް ހަނދާންކޮށްދޭން ނުޖެހި އެ މަސައްކަތެއް އަވަހަށް ނިންމާ ކުންފުންޏެއް. ކުންފުނީގެ ކުރު މާޒީގައި ކުރެވުނު މަސައްކަތެއް މަދެއް ނޫން." ނައިބު ރައީސް ވިދާޅުވި އެވެ.

ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އާރުޑީސީން 34 މަޝްރޫއު ހިންގާފައިވެ އެވެ. މިހާރު ވެސް 24 މަޝްރޫއު ހިންގާއިރު، މި އަހަރު 11 މަޝްރޫއެއް ފެށިފައިވާ ކަމަށެވެ.

އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު ވިދާޅުވީ ރަށްރަށުގައި މަޝްރޫއު ހިންގާއިރު އެ ކުންފުނީގެ ސިޔާސަތަކީ އެ ސަރަހައްދެއް ނުވަތަ ރަށެއްގެ ބަޔަކަށް ފުރުސަތު ދިނުން ކަމަށެވެ.

ރޭގެ ޖަލްސާގައި އާރޫޑީސީގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ މުވައްޒަފުންނަށް ވަނީ ހަނދާނީ ފިލާ ދީފައި. -- މުހައްމަދު ޝާބިން/ އަދަދު
ރޭގެ ޖަލްސާގައި އާރޫޑީސީގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ މުވައްޒަފުންނަށް ވަނީ ހަނދާނީ ފިލާ ދީފައި. -- މުހައްމަދު ޝާބިން/ އަދަދު

ރޭގެ ޖަލްސާގައި އާރޫޑީސީގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ މުވައްޒަފުންނަށް ވަނީ ހަނދާނީ ފިލާ ދީފައި. -- މުހައްމަދު ޝާބިން/ އަދަދު

"އެއީ އާއިލާއާ ގާތުގައި ތިބެ މަސައްކަތްކޮށް ފަހުރުވެރި އާއިލާއެއް ބިނާކުރުމަށް ހުޅުވޭ ދޮރެއް،" އޭނާ ވިދާޅުވި އެވެ.

އަންހެނުންނަށް ހުޅުވާލާފައިވާ ފުރުސަތުތަކުގެ އިތުރުން، އެކިއެކި ޒުވާނުންނަށް ދެ ވަނަ ފުރުސަތެއްގެ ގޮތުގައި ހަޔާތް ބަދަލުކޮށްލަން އެ ކުންފުނިން ފުރުސަތު ދޭކަމަށް ވެސް މޫސާ އަލިމަނިކު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox