ކުރުދީންނަށް ދިން ހަމަލާއަށް ފަހު ޕެރިހުގައި ހަމަނުޖެހުން ބޮޑުވެއްޖެ

ހަމަނުޖެހުމުގެ ތެރެއިން ކާރެއް އެކޮޅުކޮޅުން ޖަހާފައި. -- ފޮޓޯ: ރޮއިޓާޒް

ހަމަނުޖެހުމުގެ ތެރެއިން ކާރެއް އެކޮޅުކޮޅުން ޖަހާފައި. -- ފޮޓޯ: ރޮއިޓާޒް

މިދިޔަ ހުކުރު ދުވަހު ކުރުދީންނަށް އަމާޒުކޮށް ދިން ހަމަލާއަށް ފަހު ފްރާންސްގެ ވެރިރަށް ޕެރިހުގެ މެދުތެރޭގެ ހިސާބުގަނޑެއްގައި ހަމަނުޖެހުން ބޮޑުވެއްޖެ އެވެ.

މުޒާހަރާތައް ހަމަނުޖެހުމަށް ބަދަލުވެ، ކާރުތައް އެފުށްމިފުށަށް ޖަހައި، ހުޅު ޖަހައި، ފުލުހުންނާ ދިމާލަށް އެއްޗެހި އުކުން ފަދަ އަމަލުތައް ހިންގި އެވެ. ރައްދުގައި ފުލުހުން ކަރުނަ ގޭސް ބޭނުންކުރި އެވެ.

ކުރުދީންގެ ސަގާފީ މަރުކަޒަކާއި ރެސްޓޯރެންޓަކަށް ހުކުރު ދުވަހު ދިން ހަމަލާގައި ތިން މީހުން މަރުވެ، ތިން މީހުންނަށް އަނިޔާވި އެވެ.

ހަމަލާގެ ތުހުމަތަށް ހައްޔަރު ކުރި އުމުރުން 69 އަހަރުގެ ފިރިހެން މީހަކު ފުލުހުންނަށް ބުނީ އޭނާ ހަމަލާ ދިނީ ނަސްލީ ތަފާތުކުރުމާ ގުޅުން ހުރި ވިސްނުމުގެ ސަބަބުން ކަމަށެވެ.

ހުކުރު ދުވަހު ހަމަލާއަށް ފަހު ވެސް އެ ސަރަހައްދުގައި ހަމަނުޖެހުން ހިނގި އެވެ. އޭގެ ފަހުން ހޮނިހިރު ދުވަހު ސުލްހަވެރި އެއްވުމެއް ބޭއްވި އެވެ. އެކަމަކު އަނެއްކާ ވެސް ހަމަނުޖެހުން އުފެދުނެވެ.

ކުރުދީން ގޮވަމުން ދަނީ ފްރާންސްގައި އެ މީހުންގެ މުޖުތަމައަށް އިތުރު ރައްކާތެރިކަން ދިނުމަށެވެ. ކުރުދީ ލީޑަރުން ހޮނިހިރު ދުވަހު ޕެރިހުގެ ފުލުހުންގެ ވެރިޔާއާ ވެސް ބައްދަލުކުރި އެވެ.

މީގެ 10 އަހަަރު ކުރިން ވެސް ޕެރިހުގައި ކުރުދީ ދަރިކޮޅަށް ނިސްބަތްވާ ތިން އަންހެން އެކްޓިވިސްޓުން މަރާލި އެވެ. އެ މަރުތަކުގެ ހަގީގަތް މިއަދާ ހަމައަށް ހޯދިފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox