ޕެރިހުގައި ބަޑި ޖަހައި ތިން މީހުން މަރުވެ، ތިން މީހުންނަށް އަނިޔާވެއްޖެ

ހަމަލާ ދިން ސަރަހައްދުގައި ފުލުހުންނާއި އެމެޖެންސީ ޓީމުތަކުން ހަރަކާތްތެރި ވަނީ. -- ފޮޓޯ: ބީބީސީ

ހަމަލާ ދިން ސަރަހައްދުގައި ފުލުހުންނާއި އެމެޖެންސީ ޓީމުތަކުން ހަރަކާތްތެރި ވަނީ. -- ފޮޓޯ: ބީބީސީ

ފްރާންސްގެ ވެރިރަށް ޕެރިހުގެ މެދުތެރޭގެ ހިސާބުގަނޑެއްގައި ބަޑި ޖަހައި ތިން މީހުން މަރުވެ އިތުރު ތިން މީހުންނަށް އަނިޔާވެއްޖެ އެވެ.

ހަމަލާ އަމާޒު ކުރީ ކުރުދީންގެ ސަގާފީ މަރުކަޒަކަށެވެ. މިއީ ނަސްލީ ތަފާތުކުރުމާ ގުޅުން ހުރި މައްސަލައެއްތޯ ފުލުހުން ބަލާނެ އެވެ.

ހަމަލާގެ ތުހުމަތަށް ހައްޔަރު ކުރީ އުމުރުން 69 އަހަރުގެ މީހެކެވެ. ރިޕޯޓުތައް ބުނާ ގޮތުން އެއީ ދާދި ފަހުން ޖަލުން މިނިވަން ކުރި މީހެކެވެ.

ޕެރިހުގެ 10 ވަނަ ޑިސްޓްރިކްޓުގައި އޮންނަ ސްޓްރެސްބޯގް-ސެއިންޓް ޑެނިސް ސަރަހައްދަށް އާއްމުން ނުދިޔުމަށް އިދާރާތަކުން ހުކުރު ދުވަހު ބާރުއެޅި އެވެ.

ހަމަލާ އަމާޒު ކުރި މަރުކަޒު ހިންގަނީ ކާޑިޝް ޑިމޮކްރެޓިކް ކައުންސިލް އިން ފްރާންސް (ސީޑީއެފް-ކޭ) އިންނެވެ. އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގަައި ހަމަލާ ކުށްވެރިކުރި އެވެ.

ހަމަލާ ދިން ސަބަބު ޔަގީން ނުވި ނަމަވެސް ޕެރިހުގެ ޕްރޮސެކިއުޓަރު ލޯޔޭ ބެކާއޫ ވިދާޅުވީ ތުހުމަތު ކުރެވޭ މީހާ މީގެ ކުރިން ވެސް ނަަސްލީ ގޮތުން ހަމަލާ ދިނުމުގެ މައްސަލައެއްގައި ހިމެނުނު ކަމަށެވެ.

އެ ފަހަރު އެ މީހާ ވަނީ ފްރާންސަށް ހިޖުރަކުރި އެހެން ގައުމުތަކުގެ މީހުން ދިރިއުޅޭ ކޭމްޕެއްގެ ތެރެއަށް ވަދެ، ކަނޑިން ހަމަލާދީފަ އެވެ. އެ ހާދިސާ ހިނގީ ޑިސެމްބަރު 2021 ގަ އެވެ.

އެ މައްސަލައިގައި ޖަލުގައި ބަންދުކޮށްފައި ހުރުމަށް ފަހު، އެ މީހާ މިނިވަން ކުރީ ކީއްވެ ކަމެއް ސާފެއް ނޫނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox