"އަރުތަ" ޕްރޮގްރާމަށް ގިނަ ކުުޅިވަރު ކުޅުންތެރިން ސޮއިކުރަނީ

Dec 24, 2022, 3:53 AM
ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް (ކ) އާއި ގައުމީ ފެތުންތެރިޔާ އީން: އަރުތަ ޕްރޮގްރާމްގައި ބައިވެރިވުމަށް ފަހު ފޮޓޯ އަކަށް ހުއްޓިލައިގެން.--- ފޮޓޯ: ޔޫތު މިނިސްޓްރީ

ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް (ކ) އާއި ގައުމީ ފެތުންތެރިޔާ އީން: އަރުތަ ޕްރޮގްރާމްގައި ބައިވެރިވުމަށް ފަހު ފޮޓޯ އަކަށް ހުއްޓިލައިގެން.--- ފޮޓޯ: ޔޫތު މިނިސްޓްރީ

ކުޅިވަރާ ބެހޭ މިނިސްޓްރީން ރަސްމީކޮށް ލޯންޗް ކުރަން މަސައްކަތް ކުރަމުން އަންނަ "އަރުތަ" ޕްރޮގްރާމަށް އެކި ކުޅިވަރުތަކުގެ ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށްފި އެވެ.

ދިވެހި ކުޅިވަރުގެ އާ ޖީލެއް ބިނާކުރުމާއި ދުނިޔޭގެ ލެވަލްގައި ދިވެހި ކުުޅުންތެރިން ފައިތިލަ ސާބިތުކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ފަށާ "އަރުތަ" ޕްރޮގްރާމަށް މިހާތަނަށް ވަނީ ޓޭބަލް ޓެނިސް، އެތުލެޓިކްސް، ސްވިމިން، ޓެނިސް އަދި ބީޗްވޮލީބޯޅަ ކުޅުންތެރިން ސޮއިކޮށްފަ އެވެ.

ރަސްމީކޮށް ސޮއި ނުކުރި ނަމަވެސް "އަރުތަ" ޕްރޮގްރާމްގެ ތެެރެއިން ކުރިއަށް އޮތްތަނުގައި ފުރުސަތު ލިބޭނެ އެހެން އެތުލީޓުންނަށް ވެސް މިނިސްޓްރީން އަންނަނީ ފުރުސަތު ފަހިިކޮށްދެމުންނެވެ.

Advertisement

އެ ގޮތުން، މިހާތަނަށް ރަސްމީކޮށް "އަރުތަ" ޕްރޮގްރާމާ ބައިވެރިވެފައޮވާ ކުޅުންތެރިންގެ ތެރޭގައި މި ވަގުތު ޖެމެއިކާގައި ޓްރެއިނިން ކުރިއަށްގެންދަމުން އަންނަ ކުރިއަރަމުން އަންނަ ދުވުންތެރިޔާ، އިބާދުﷲ އާދަމް، ގައުމީ ބީޗްވޮލީ ޕެއާ، އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)، ގައުމީ ފެތުންތެރިޔާ، 15 އަހަރުގެ އީން އައްބާސް ޝަރީފް އަދި 14 އަހަރުގެ އާރާ އާސާލް އާޒިމް ހިމެނެ އެވެ. މީގެ އިތުރުން ވެސް، ބައިނަލްއަގުވާމީ ލެވަލްގައި ކުރިއަށް ދެވޭނެ ގިނަ ކުޅުންތެރިންތަކަކަށް "އަރުތަ" ޕްރޮގްރާމްގެ ތެރެއިން މިނިސްޓްރީން އެހީތެރިކަން ފޯރިކޮށްދޭން އަންނަނީ ތައްޔާރުވަމުންނެވެ.

"އަރުތަ" ޕްރޮގްރާމުގެ އެންމެ ބޮޑު މަގުސަދެއްގެ ގޮތުގައި ކުޅިވަރާ ބެހޭ މިނިސްޓްރީން ފާހަގަކުރަނީ ޕްރޮފެޝަނަލް އެތްލީޓުންތަކެއް އުފެއްދުމެވެ. އެކަމުގެ މަސައްކަތުގެ ތެރެއިން، އެތުލީޓުންނަށް ބޭނުންވާ އިލްމާއި ހުނަރާއި އަހުލާގު ދަސްކޮށްދިނުމުގެ ގޮތުން ދުނިޔޭގެ އެންމެ މަތީ ފަންތީގެ ފެސިލިޓީތަކުގައި ދުނިޔޭގެ ފެންވަރުގެ ކޯޗުންނާއެކު ތަމްރީނުވުމުގެ ފުރުސަތު "އަރުތަ" ސްކޮލަޝިޕް މެދުވެރިކޮށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން، މި ޕްރޮގްރާމްގެ ތެރެއިން ރާއްޖޭގައި ތިބެގެން އެ ކުޅިވަރަކަށް ހާއްސަވެގެން ތަމްރީނުވުމަށް ވެސް ފުރުސަތު އޮންނާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

"އަރުތަ" ޕްރޮގްރާމްގައި ސޮއި ކުރުމަށް ފަހު ގައުމީ ބީޗްވޮލީ ޓީމުގެ އެޑަމް (ކ) އާއި ކުޅިވަރާ ބެހޭ ވަޒީރު މަހުލޫފް.-- ފޮޓޯ: ޔޫތު މިނިސްޓްރީ

ކުޅިވަރުތަކުގެ މުސްތަގުބަލަށްޓަކައި "އަރުތަ" ޕްރޮގްރާމުގެ ދަށުން ދެން ރޭވިފައިވާ އެއް ކަމަކީ ގައުމީ ޓީމުތަކަށް ހާއްސަކުރެވިގެން ފުރަތަމަ ފަހަރަށް ޓްރެއިނިން އާއި ރިހެބިލިޓޭޝަން ސެންޓަރެއް ގާއިމްކުރުމެވެ. މި ސެންޓަރު މެދުވެރިކޮށް ވަކިވަކި ކުޅިވަރުތަކަށް ހާއްސަކުރެވޭ ޕިޒިކަލް އާއި މެންޓަލް ޓްރެއިނިންތައް ދިނުމާއި އެތުލީޓުންނަށް ލިބޭ އަނިޔާތަކުގެ ރިކަވަރީގެ ކަންކަން ވީ އެންމެ ރަނގަޅު އިންތިޒާމެއްގެ ތެރެއިން ހަމަޖެއްސުމަށް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

މިދިޔަ މަހު ރާއްޖޭގައި ހޯސްޓްކުރި ބައިނަލްއަގުވާމީ ޓެނިސް މުބާރާތުގެ އިވެންޓެއްގެ ތެރެއިން، "އަދަދު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ކުޅިވަރާ ބެހޭ ވަޒީރު، އަހުމަދު މަހުލޫފް ވިދާޅުވީ މިދިޔަ މަސް ތެރޭގައި "އަރުތަ" ޕްރޮގްރާމް ލޯންޗް ކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އެކަމަކު، މިދިޔަ މަހު އެކަން ނުކުރެވުނު ނަމަވެސް ވަރަށް އަވަހަށް އެ ޕްރޮގްރާމް ރަސްމީކޮށް ލޯންޗްކުރަން ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

"އަރުތަ ޕްރޮގްރާމާ އެކު މިހާރު މިކަންކަން ހަމަޖެހޭ ގޮތަށްވުރެ ހަރުދަނާ ކޮށް ހުރިހާ ކުޅިވަރަކަށް ވެސް އެކަން ހަމަޖެހޭނެ ގޮތަށް އެކަން ގެންދިޔުން ބޭނުމަކީ. އެގޮތަށް އެކަން ކުރެވުނީމަ އޭގެއިން ވަރަށް ރަނގަޅު ނަތީޖާތަކެއް ނުކުންނާނެކަމަށް ދެކެނީ." ޓެނިސް އިވެންޓްގެ ތެރެއިން މިނިސްޓަރު މަހުލޫފް ވިދާޅުވި އެވެ.

ކަނޑައަޅާފައިވާ އުސޫލުތަކަށް ބަލާއިރު، "އަރުތަ" ޕްރޮގްރާމް ގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ އުމުރުން 12 އަހަރާއި 35 އަހަރާ ދެމެދުގެ ގައުމީ ފެންވަރުގައި ރާއްޖެ ތަމްސީލްކުރަމުން އަންނަ އެތުލީޓެއް ކަމުގައިވުމާއި ގައުމީ ފެންވަރުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އެތުލީޓެއް ކަމުގައި ވުމުގެ އިތުރުން ޖިނާއީ އެއްވެސް މައްސަލައެއް ތަހުގީގީ އިދާރާއެއްގައި ނެތުން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox