ފީފާ ވޯލްޑް ކަޕަށް ކުޅުންތެރިން ވީއްލައިގެން އެންމެ ބޮޑު އާމްދަނީއެއް ސިޓީ އަށް

Dec 17, 2022, 2:47 AM
ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗުގެ ތެރެއިން ކްރޮއޭޝިއާގެ ކީޕަރު ލިވާކޮވިޗް (ވ) އާޖެންޓީނާގެ ހޫލިއަން އަލްވަރޭޒް އަށް ފައުލުކުރަނީ: ސިޓީ އަށް ކުޅޭ އަލްވަރޭޒް ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފައި.

ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗުގެ ތެރެއިން ކްރޮއޭޝިއާގެ ކީޕަރު ލިވާކޮވިޗް (ވ) އާޖެންޓީނާގެ ހޫލިއަން އަލްވަރޭޒް އަށް ފައުލުކުރަނީ: ސިޓީ އަށް ކުޅޭ އަލްވަރޭޒް ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފައި.

ދޯހާ، ގަތަރު (ޑިސެމްބަރު 17) - މިހާރު ގަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ގައުމުތަކަށް ކްލަބްތަކުގެ ކޮންޓްރެކްޓްގައި ތިބި ކުޅުންތެރިން ވީއްލައިގެން، "ފީފާ ކްލަބް ބެނިފިޓް ޕްރޮގްރާމް"ގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބޭ ކްލަބަކަށް އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީ ވެއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި ފަހަރު ފީފާ ކްލަބް ބެނިފިޓް ޕްރޮގްރާމްގެ ތެރެއިން ކްލަބްތަކަށް ޖުމްލަ އެކު، 209 މިލިއަން ޑޮލަރު ދޫކުރާނެ އެވެ. މި ފައިސާ އަކީ ވޯލްޑް ކަޕްގެ މުއްދަތަށް ކުޅުންތެރިންގެ ކޮންޓްރެކްޓުން ވީއްލައިގެން ގައުމީ ޓީމުތަކަށް ކުޅެން ޖެހޭތީ، އެ މުއްދަތަށް ކޮންޓްރެކްޓްގައި ބުނާ ފައިސާގެ އަދަދުން ޖެހޭ ވަރު ކްލަބްތަކަށް ދިނުމަށް ފީފާ އިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މެންޗެސްޓާ ސިޓީގެ 16 ކުޅުންތެރިއަކު ވަނީ މި ފަހަރުގެ ވޯލްޑް ކަޕްގެ އެކި ގައުމުތަކަށް ކުޅެފަ އެވެ. މުބާރާތުގެ ފަހު ދެ މެޗު ދެން އޮތްއިރު، މިހާތަނަށް ޓީމުތައް ގޮސްފައިވާ ހިސާބަށް ބަލާއިރު، ކްލަބް ބެނިފިޓް ޕްރޮގްރާމުން އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ސިޓީ އަށެވެ. އެ ގޮތުން ސިޓީ އަށް 5.58 މިލިއަން ޑޮލަރު ލިބޭނެ އެވެ.

ވޯލްޑް ކަޕްގެ ފައިނަލުގައި ކުޅޭ ސިޓީގެ ކުޅުންތެރިއަކީ އާޖެންޓީނާގެ ޒުވާން ފޯވާޑް ހޫލިއަން އަލްވަރޭޒް އެވެ. އޭނާ ވަނީ މިހާތަނަށް މި ފަހަރުގެ މުބާރާތުގައި ހަތަރު ގޯލު ޖަހައިފަ އެވެ.

ބާސެލޯނާ އިން 17 ކުޅުންތެރިން ވޯލްޑް ކަޕްގައި ކުޅުނު ކަމުގައި ވިޔަސް އެ ޓީމަށް ޖެހެނީ 4.1 މިލިއަން ޑޮލަރެވެ. އެއީ އެ ޓީމުގެ ގިނަ ކުޅުންތެރިންތަަކަކަށް މާ އަވަަހަށް ވޯލްޑް ކަޕް ނިމިފައިވާތީ އެވެ. ބާސެލޯނާގެ 17 ކުޅުންތެރިންގެ ތެރެއިން އަށް ކުޅުންތެރިން ތިބީ ސްޕެއިން ސްކޮޑުގަ އެވެ. އެ ކުޅުންތެރިންނަށް ގަދަ 16 ބުރުން މޮރޮކޯ އަތުން ބަލިވެ ވަނީ މުބާރާތް ނިމިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox