ޖިއޮގުރަފީ ގޮތުން ޖަޒީރާ ރަށްތަކެއްގެ ގޮތުގައި ދިވެހިރާއްޖެ އުފެދިފައިވުމަކީ ރާއްޖޭގެ ތަރައްގީއަށް އޮތް އެންމެ ބޮޑު އެއް ހުރަހެވެ. ވިހި އަތޮޅުގެ މައްޗަށް ބެހިފައިވާ ރާއްޖޭގެ 1100 އަށްވުރެ ގިނަ ރަށްރަށުގެ ތެރެއިން 186 ރަށުގައި މީހުން ވަޒަންވެރިވެ ދިރިއުޅެމުންދެ އެވެ.
ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި އެންމެ އެކަށީގެންވާ މިންވަރަށް ވަސީލަތްތައް ގާއިމު ކުރުމަކީ ސަރުކާރަށް ވެސް އަދި ނުވެ އޮތް ކަމެކެވެ. ވެރިކަން ކުރާ މާލެއަށް ރާއްޖޭގެ އުތުރާއި ދެކުނުން މީހުން ހިޖުރަ ކުރަންޖެހޭ މައިގަނޑު ސަބަބަކީ މިއީ އެވެ. މާލޭގެ ބިމުގެ އަގު އިންތިހާއަށް ބޮޑުވަނީ މި ސަބަބާ ހުރެ އެވެ.
ރާއްޖޭގެ ޖުމްލަ އާބާދީގެ ދެބައިކުޅަ އެއް ބަޔަށްވުރެ ގިނަ މީހުން މާލޭގައި ދިރިއުޅެމުން އަންނައިރު، މާލެއަކީ ވެސް ބިމުގެ ގޮތުން މާބޮޑު ރަށެއް ނޫނެވެ. ގިނަ ބިންތަކުގައި ބޮޑެތި އިމާރާތްތައް އަޅައި ކުއްޔަށް ދީފައި ހުންނަނީ އެހެންވެ އެވެ.
އެހާގިނަ އިމާރާތްތަކެއް ކުއްޔަށް ދޫކޮށްފައި ހުންނައިރު، ދިމާވާ އެތައް މައްސަލައެއް ހުރެ އެވެ. އޭގެތެރޭގައި ކުއްޔަށް ހިފައިގެން އުޅޭ މީހުން ގަވާއިދުން ކުލި ނުދެއްކުމާއި، ކުއްޔަށް ހިފާ އިމާރާތަށް ލިބޭ ގެއްލުންތައް މަރާމާތުނުކޮށް ތަން ދޫކޮށްލުމާއި، ކުއްޔަށް ހިފާނެ ރަނގަޅު ތަނެއް އެކަށީގެންވާ އަގެއްގައި ނުލިބުމުގެ އިތުރުން ކުއްޔަށްދޭ އިމާރާތްތަކުގެ ސަލާމަތީ ކަންކަން ގަވާއިދުން ނުބެލެހެއްޓުން ހިމެނެ އެވެ.
މިފަދަ ގިނަ މައްސަލަތައް ގިނައިން ކުރިމަތި ވަނީ ކުއްޔަށްދޭ ފަރާތުން ބަލަންޖެހޭ ކަންކަން ގަވާއިދުން ބަލަހައްޓަމުން ނުދިޔުމާއި، ކުއްޔަށް ހިފާ ފަރާތާ ދެމެދު ރަސްމީ އެއްވެސް ލިޔެކިޔުމެއް ތައްޔާރު ކުރެވިފައި ނޯންނާތީ އެވެ. މިކަހަލަ ގިނަ މައްސަލަތަކުގައި ދެފަރާތުންކުރެ އެއްވެސް ފަރާތެއްގެ މައްޗަށް ދައުވާއެއްކޮށް މައްސަލަ ވެސް ކުރިއަށް ނުގެންދެވޭ ސަބަބަކީ މިއީ އެވެ.
ދެހާސް ނުވަވަނަ އަހަރު އުފެއްދި ޕޭން ރިއަލް އެސްޓޭޓު ކުންފުންޏަކީ މިފަދަ މައްސަލަތައް ކުރިމަތި ނުވާނެ ފަދަ ގޮތަކަށް ބައްޓަން ކޮށްގެން ހިދުމަތް ދެމުން އަންނަ ކުންފުންޏެކެވެ.
އެ އެކުންފުނިން، ކުއްޔަށް ދޭން ބޭނުންވާ އިމާރާތް ނުވަތަ އެޕާޓުމަންޓުތައް ކުއްޔަށް ހިފާނެ ފަރާތްތައް ހޯދައިދިނުމާއި އެ ފަރާތްތަކާއި ކުއްޔަށްދޭ ފަރާތާ ދެމެދު ގާނޫނީ ހުރިހާ ލިޔެކިޔުމެއް ތައްޔާރުކޮށް ގަވާއިދުން ކުލި ހޯދައިދިނުމުގައި ވެސް އޭޖެންސީއެއްގެ ގޮތުގައި މެދުވެރިއެއްގެ ދައުރު އަދާކޮށްދެ އެވެ.
އޭގެއިތުރުން، ކުއްޔަށް ދިނުމަށް ފަހު، އިމާރާތަށް ނުވަތަ އެޕާޓުމަންޓު މަރާމާތުކޮށްދިނުމާއި އެތަންތަނުގެ ސެކިއުރިޓީ ބަލަހައްޓައިދިނުމުގެ އިތުރުން އެފަދަ ކަންކަމާ ގުޅިގެން ތައްޔާރު ކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރު ކުރުމާއި ކުލި ދެއްކުމުގައި އަމަލު ކުރާނެ އުސޫލު ގާއިމުކޮށް ކުއްޔަށްދޭ ފަރާތާއި ކުއްޔަށް ހިފާ ފަރާތާ ދެމެދު އެއްބަސްވުން ވެސް ގާއިމު ކޮށްދެ އެވެ. ހަމައެއާއެކު، ކުއްޔަށްދޭ ތަންތަން ސާފުކޮށް ބެލެހެއްޓުމަށް ވެސް ހާއްސަ ޕެކޭޖުތަކެއް އެކުންފުނިން ތައާރަފުކޮށްފައިވެ އެވެ.
މި ހުރިހާ ހިދުމަތްތަކެއް ފޯރުކޮށްދިނުމުގައި ވިޔަފާރިތަކަށާއި އާންމު ރައްޔިތުންނަށް ހާއްސަ ތަފާތު ޕެކޭޖުތައް އެކުންފުނިން ގެންގުޅެ އެވެ. އެގޮތުން މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން 90 ތަނެއް އެކުންފުނިން ބަލަހައްޓައިދެމުން ދެއެވެ.
އެހެންކަމުން، ޕޭން ރިއަލް އެސްޓޭޓަކީ ހަގީގަތުގައި ތަންތަން ކުއްޔަށް ދިނުމާއި ކުއްޔަށް ތަންތަން ހިފުމުގައި ދިމާވާ ހުރިހާ މައްސަލަތަކަކަށް ހައްލު ހޯދައިދޭ ކުންފުންޏެކެވެ. އެ ކުންފުނިން ދެމުން ގެންދާ ހިދުމަތްތަކަކީ ވަރަށް އިތުބާރު ހިފޭ، އަދި ކަމުގެ ތަޖުރިބާކާރުންގެ އެހީއާ އެކު ދެމުން ގެންދާ ހިދުމަތްތަކެކެވެ.










