އާ ތަސައްވުރެއް، ތިލަފުށި ރާއްޖޭގެ ސިނާއީ މައި މަރުކަޒަކަށް

އިކޮނޮމިކް މިނިސްޓަރު، ފައްޔާޒު އިސްމާއިލް ތިލަފުށީގެ މާސްޓާ ފްލޭން އިފްތިތާހުކޮށްދެއްވުމަށް ފަހު ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އިކޮނޮމިކް މިނިސްޓަރު، ފައްޔާޒު އިސްމާއިލް ތިލަފުށީގެ މާސްޓާ ފްލޭން އިފްތިތާހުކޮށްދެއްވުމަށް ފަހު ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

މީގެ ކުރިން އެއީ ކުނި އެންދުމަށް ހާއްސަ ރަށެކެވެ. މި ސަރަހައްދުގެ ކުނި ޖަމާ ކުރާ މައި ގޮނޑެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެ ރަށުން، ހާއްސަކޮށް މި ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އެތައް ލާބައަކާއި މަންފާ ލިބެމުންދެ އެވެ. ދޭތެރެއަކުން ވަޔާ އެކު މާލެ މައްޗަށް ޖަމާވާ ވިހަ ދުންގަނޑުން ނޫނީ އެރަށުން މުޅީން ވެސް ވީ ފައިދާ އެވެ.

ނަމަވެސް ޒާމާނާ އެއްވަރަށް ހާލަތު ބަދަލު ކުރުމުގެ ޒިންމާ ކޮނޑުއަޅައިގެން އަހަރުމެން ތިބޭ ކަމުގައިވާ ނަމަ މި ސަރަހައްދުގައި އޮތް އެންމެ ބޮޑު ފަޅުގެ ބޭނުން ހިފާނީ ހަމައެކަނި ކުނި ގޮނޑެއްގެ ގޮތުގައެއް ނޫންކަން ކަށަވަރެވެ. ޒަމާނީ ވަސީލަތްތަކާ އެކު ކުނި މެނޭޖު ކުރެވޭނެ އެތައް ބައިވަރު ގޮތްތަކެއް މިހާރު ދުނިޔެއަށް ވުޖޫދުވެފައި ހުރުމާ އެކު އެ ތިލަފަޅު އިތުރަށް ހިއްކައިގެން މުޅި ރާއްޖޭގެ ރައްޔިތުންނަށް ނަފާ ކުރާނެ ކަންތައްތަކަށް އެތަން ބޭނުން ކުރުން އެއީ އެންމެ ބުއްދިވެރި ގޮތްކަން، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މިހާރުގެ މެނޭޖްމެންޓަށް އެނގުނެވެ.

އިއްޔެގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު، ފައްޔާޒު އިސްމާއިލް ތިލަފުށި މާސްޓަ ޕްލޭން އިފްތިތާހުކޮށްދެއްވަނީ -- ފޮޓ: ޝާބިން / އަދަދު
އިއްޔެގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު، ފައްޔާޒު އިސްމާއިލް ތިލަފުށި މާސްޓަ ޕްލޭން އިފްތިތާހުކޮށްދެއްވަނީ -- ފޮޓ: ޝާބިން / އަދަދު

ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު، ފައްޔާޒު އިސްމާއިލް ތިލަފުށި މާސްޓަ ޕްލޭން އިފްތިތާހުކޮށް ދެއްވަނީ -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ދަރުބާރުގޭގައި ފެށި ލިވިން އެކްސްޕޯގެ ތެރެއިން މި ސަރުކާރުގެ ވިސްނުމާ އެއްގޮތަށް ތިލަފުށި ތަރައްގީ ކުރުމަށް އެޗްޑީސީން އެކުލަވާލާފައިވާ މާސްޓާ ޕްލޭން ރަސްމީކޮށް އިފްތިތާހުކޮށްދެއްވުމަށް ފަހު އިކޮނޮމިކް މިނިސްޓަރު، ފައްޔާޒު އިސްމާއިލް ވެސް ފާހަގަ ކުރެއްވީ އެކަމެވެ. އެ ޕްލޭނުގައިވާ ގޮތަށް ކުނި އެންދުމުގެ ބަދަލުގައި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކުނި މެނޭޖު ކުރަން ފެށުމުން އެރަށަކީ ވެސް ހިތްފަސޭހަ ތަނަކަށް ބަދަލު ވެގެންދާނެ ކަމެވެ. އެ ރަށް ތަރައްގީ ކުރުމަށް އެޗްޑީސީގެ ތަސައްވުރާ އެއްގޮތަށް އެތަން ތަރައްގީވެގެން ދިޔުމަކީ މުޅި ރާއްޖޭގެ ރައްޔިތުންނަށް ވެސް ސީދާ ގޮތެއްގައި އެކަމުގެ މަންފާ ވާނެ ކަމެއް ކަމެވެ.

އެޗްޑީސީން ތައްޔާރުކުރި ތިލަފުށީގެ މާސްޓާ ޕްލޭނުގައިވާ ގޮތުން ތިލަފަޅުގެ ނުހިއްކާ ބާކީ އޮތް ބައިން އިތުރު 151 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެ އެވެ. އަދި ތިލަފުއްޓަކީ ހަމައެކަނި ކުނި މެނޭޖު ކުރަން އޮންނަ ތަނެއްގެ ގޮތުގައި އޮތް އޮތުމުގެ ބަދަލުގައި އެއީ ރާއްޖޭގެ "ސިނާއީ މައި ހަބު" ކަމުގައި އެ ހެދުމަށް އެ ކުންފުނިން އޮތީ ނިންމާފަ އެވެ.

އެގޮތުން އަލަށް ހިއްކަން ނިންމާފައިވާ، ތިލަފުށީ ދެވަނަ ފިޔަވަހި ހާއްސަ ކުރާނީ މައިގަނޑު ހަ ކަމަކަށް ކަމަށް އެ ޕްލޭނުގައިވެ އެވެ. އެއީ ޕަވާ ޕްލާންޓަކާއި، ތެޔޮ ރައްކާކުރާ ސްޓޮރޭޖުތަކާއި، އޮފީސް ހިންގުމަށް ދޫކުރާ ބިންތަކާއި، ތަނަވަސް ވިޔަފާރި ބަނދަރަކާއި، ރެކްރިއޭޝަން އަށް ހާއްސަ ބިންތަކުގެ އިތުރުން ސިނާއީ މަސައްކަތްތައް ކުރުމަށް ދޫކުރާ ބިންތަކެވެ.

އޭގެއިތުރުން ޒަމާނާ އެއްގޮތަށް ތިލަފުށި ތަރައްގީވެގެން ދާއިރު، އެތަނުގައި މީހުންނަށް ދިރިއުޅެވޭނެ ފަދަ މާހައުލެއް ގާއިމުކޮށް މާލެ ސަރަހައްދަށް ކުރިމަތިވެފައި އޮތް ބޯހިޔާވަކިކަމުގެ މައްސަލައަށް ވެސް ހައްލު ހޯދައިދިނުމަށް ޕްލޭނުގައި ލިޔެފައިވެ އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު އާތިފް ފާހަގަ ކުރެއްވި ގޮތުގައި، ތިލަފުށި ތަރައްގީވެގެން ދިޔުމާ އެކު މާލެ ސަރަހައްދުގައި ސިނާއީ މަސައްކަތްތަކަށް ބޭނުން ކުރަމުން އައި ބިންތައް ހުސްވެ މާލޭގެ ތޮއްޖެހުން ކުޑަވާނެ އެވެ. އޭގެއިތުރުން މިހާރު ސިނާއީ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުން ބިމު ކުލީގެ ގޮތުގައި ދައްކަމުން އަންނަ ބޮޑެތި އަދަދުތައް ކޮންޓުރޯލް ކުރެވި އާންމުންނަށް ވިއްކާ މުދަލުގެ އަގަށް އޭގެ ސަބަބުން ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލެ އަތޮޅު ތިލަފުށި. މާލެ ސަރަހައްދަށް ކުރިމަތިވެފައި އޮތް ކުނީގެ މައްސަލައަށް ހައްލެއް ހޯދުމަށް އެ ރަށް ހިއްކީ 1991، ވަނަ އަހަރު -- ފޮޓޯ: ފައިލް
މާލެ އަތޮޅު ތިލަފުށި. މާލެ ސަރަހައްދަށް ކުރިމަތިވެފައި އޮތް ކުނީގެ މައްސަލައަށް ހައްލެއް ހޯދުމަށް އެ ރަށް ހިއްކީ 1991، ވަނަ އަހަރު -- ފޮޓޯ: ފައިލް

މާލެ އަތޮޅު ތިލަފުށި. މާލެ ސަރަހައްދަށް ކުރިމަތިވެފައި އޮތް ކުނީގެ މައްސަލައަށް ހައްލެއް ހޯދުމަށް އެ ރަށް ހިއްކީ 1991، ވަނަ އަހަރު -- ފޮޓޯ: ފައިލް

ރާއްޖެ ކަހަލަ ބިމުގެ ދަތިކަން ބޮޑު ގައުމެއްގައި އޮތް އެންމެ ބޮޑު އެއް ފަޅު، ހަމައެކަނި ކުނި ގޮނޑެއްގެ ގޮތުގައި ބޭނުން ކުރުމަށް ވުރެ އެރަށް ޒަމާނަށް ފައްތައި އެންމެ އެކަށޭނެ ގޮތަކަށް އެތަނުގެ ބޭނުން ހިފުމަކީ ކުރިމަގަށް ވެސް އެކަމުގެ ސަބަބުން ގިނަގުނަ ފައިދާތަކެއް ވާނެ ކަމެކެވެ. މުޅިއަކު ތިން ބަޔަކަށް ބަހާލައިގެން ތިލަފުށި ތަރައްގީ ކުރުމަށް އެޗްޑީސީން ނިންމައި އިފްތިތާހު ކުރި މާސްޓަ ޕްލޭނުގައި ކުރަހާފައި އޮތް މަގު ޗާޓަކީ ހަމައެކަނި މި ވަގުތަށް ފުއްދާފައި އޮތް އެއްޗެއް ނޫނެވެ.

ތިލަފުށި މާސްޓާ ޕްލޭން ތައްޔާރުކޮށްފައި ވަނީ އެ ރަށަށް އަންނާނެ ކަމަށް އެ ކުންފުނިން ލަފާ ކުރާ ކުރިއެރުމާއި ތަރައްގީގެ ސަބަބުން މުސްތަގުބަލުގައި ކައިރީގައި އޮތް ގިރާވަރު ފަޅު ހިއްކައި އެތަނަށް ފާލަމެއް އަޅައި ގުޅާލަން ޖެހުނު ކަމުގައި ވީނަމަވެސް އެކަން ވެސް ކުރެވޭނެ ގޮތަށެވެ.

ރާއްޖޭގައި ބޭނުން ކުރާ މުދަލުގެ ބޮޑު އިންސައްތައަކީ އިމްޕޯޓު ކުރާ މުދަލަށް ވާއިރު، ތިލަފުށީގައި ތަރައްގީ ކުރާ ޒަމާނީ ބަނދަރާ އެކު އެ ތަކެތި ރާއްޖެއަށް އިމްޕޯޓު ކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބި، ތިލަފުށީގައި ގިނަ އަދަދެއްގެ ވަޒީފާ ވެސް އުފެދިގެން ދާނެ ކަމަށް އެޗްޑީސީގެ އިސްވެރިން ލަފާ ކުރައްވަ އެވެ.

ހަމަ ޔަގީނުން ވެސް މި ބަދަލަކީ މުޅި ގުރޭޓާ މާލެ ސަރަހައްދަށް ކުރިމަތިވެފައި އޮތް އެތައް މައްސަލަތަކެއްގެ ހައްލު ކަމުގައި ވާނެ އެވެ. ތިލަފުއްޓަކީ ކުނި ގޮނޑެއްގެ ގޮތުގައި ދުށް ޒަމާން މާޒީގެ ތެރެއަށް ދޫކޮށްލައި އެތަނަކީ އެއީ ރާއްޖޭގެ އިގުތިސާދާ ސީދާ ގުޅިފައި އޮތް ސިނާއީ މައި މަރުކަޒަށް ހެދުމުގެ މަގު ޗާޓަކީ ބިޔަ ޕްލޭނެކެވެ. ކާމިޔާބު ކުރަން މުހިންމު ޕްލޭނެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

Newsletter

Get the latest news delivered straight to your inbox