އެމެރިކާގެ ސިފައިންގެ "ސްޕޭސް ފޯސް" ޔުނިޓެއް ދެކުނު ކޮރެއާގައި ގާއިމްކޮށްފި

ދެކުނު ކޮރެއާގައި އެމެރިކާ ސްޕޭސް ފޯސް ޔުނިޓް ގާއިމްކުރުމަށް ބޭއްވި ރަސްމިއްޔާތު. -- ފޮޓޯ: ގެޓީ އިމޭޖާޒް

ދެކުނު ކޮރެއާގައި އެމެރިކާ ސްޕޭސް ފޯސް ޔުނިޓް ގާއިމްކުރުމަށް ބޭއްވި ރަސްމިއްޔާތު. -- ފޮޓޯ: ގެޓީ އިމޭޖާޒް

ސޯލް، ދެކުނު ކޮރެއާ (ޑިސެމްބަރު 14) - އުތުރު ކޮރެއާއިން ލޯންޗުކުރާ ބެލިސްޓިކް މިސައިލްތައް ފަސޭހަކޮށް ދެނެގަނެވޭނެ ގޮތް ހެދުމަށް އެމެރިކާގެ ސިފައިންގެ "ސްޕޭސް ފޯސް" ޔުނިޓެއް ދެކުނު ކޮރެއާގައި ގާއިމްކޮށްފި އެވެ.

މި އަހަރުގެ ތެރޭގައި އުތުރު ކޮރެއާއިން ވަނީ ރެކޯޑް އަދަދަކަށް ހަތިޔާރު ޓެސްޓުކޮށްފަ އެވެ. އެގޮތުން އެ ގައުމުން އެންމެ ފަހުން އުފެއްދި އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް ވެސް މިދިޔަ މަހު ޓެސްޓު ކުރި އެވެ.

ޔޫއެސް ފޯސާސް ކޮރެއާ (ޔޫއެސްއެފްކޭ) އިން ނެރުނު ބަޔާނެއްގައި ބުނީ އާ ޔުނިޓުގެ އެހީގައި "ބެލިސްޓިކް މިސައިލް ލޯންޗު ކުރުމުން، ވަގުތުން އެކަން ދެނެގަނެ އިންޒާރު ދެވޭނެ" ކަމަށެވެ.

Advertisement

"އަޅުގަނޑުމެންގެ އެންމެ 48 މޭލު އުތުރުގައި އޮތީ އަޅުގަނޑުމެންގެ ކުރިމަގަށް އޮތް ނުރައްކަލެއް. އަޅުގަނޑުމެން ތިބެން ވާނީ އެ ނުރައްކާ ފަހަތަށް ޖައްސައި، ބަލިކުރިން ޖެހިއްޖެ ނަމަ ބަލި ކުރަން ވެސް ތައްޔާރަށް،" ސްޕޭސް ފޯސް ޔުނިޓްގެ ކޮމާންޑަރު ލެފްޓިނެންޓް ކާނަލް ޖޯޝުއާ މެކްކުލިއޮން ވިދާޅުވި އެވެ.

އާ ޔުނިޓާ އެކު "އެމެރިކާ އާއި ދެކުނު ކޮރެއާގެ އެއްބައިވަންތަކަން އިތުރަށް ވަަރުގަދަ" ވެގެން ހިނގައްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ 28،500 ސިފައިން ދެކުނު ކޮރެއާގައި އުޅެ އެވެ. އެއީ އުތުރު ކޮރެއާއިން ދީފާނެ ހަމަލާއަކުން ދެކުނު ކޮރެއާއަށް ހިމާޔަތްކޮށްދިނުމަށް ތިބޭ ސިފައިންނެވެ. ދެ ކޮރެއާގެ ހަނގުރާމަ 1953 ވަނަ އަހަރު ނިމުނު ނަމަވެސް ރަސްމީކޮށް ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިނުކުރެ އެވެ.

އެމެރިކާ ސިފައިންގެ "ސްޕޭސް ފޯސް" ނުވަތަ ޖައްވީ ފައުޖު އުފެއްދީ 2018 ވަނަ އަހަރު ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެވެ. އެމަނިކުފާނު ވިދާޅުވީ ޖައްވުގައި އެމެރިކާގެ ބާރު ދަމަހައްޓައި، ނުރައްކާތަކުން ސަލާމަތްވުމަށް އެފަދަ ފައުޖެއް މުހިއްމު ކަމަށެވެ.

އެމެރިކާގެ އެތެރޭގައި އެފަދަ ގިނަ ޔުނިޓް ހުރެ އެވެ. ދެކުނު ކޮރެއާގައި ގާއިމްކުރީ އެމެރިކާގެ މައި ފަސްގަނޑުން ބޭރުގައި ގާއިމްކުރި ދެ ވަނަ ޔުނިޓެވެ. މިދިޔަ މަހު އެމެރިކާގެ ހަވާއީ ރަށްތަކުގައި ވެސް އޭގެ ޔުނިޓެއް ގާއިމްކުރި އެވެ.

ދެކުނު ކޮރެއާގެ ވައިގެ ސިފައިން ވެސް މި މަހު ވަނީ ޖައްވީ ފައުޖެއް އުފައްދައިފަ އެވެ. ދެކުނު ކޮރެއާގެ ވިސްނުމަކީ އެމެރިކާއާ ގުޅިގެން ކުރިއަށް ދިޔުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox