"އާޖެންޓީނާ އަށް ސަޕޯޓެއް ނުކުރަން، ތަށި ހޯދާނީ ފްރާންސް"

Dec 13, 2022, 2:40 AM
މި ފަހަރުގެ ވޯލްޑް ކަޕްގެ ތެރެއިން ރޮނާލްޑޯ: އޭނާ ވަނީ ފްރާންސުން ތަށި ދިފާއުކޮށް ތާރީހުގައި ލިޔެވޭ ކާމިޔާބެއް ހޯދާނެ ކަމަށް ބުނެފައި.

މި ފަހަރުގެ ވޯލްޑް ކަޕްގެ ތެރެއިން ރޮނާލްޑޯ: އޭނާ ވަނީ ފްރާންސުން ތަށި ދިފާއުކޮށް ތާރީހުގައި ލިޔެވޭ ކާމިޔާބެއް ހޯދާނެ ކަމަށް ބުނެފައި.

ދޯހާ، ގަތަރު (ޑިސެމްބަރު 13) - ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި މި ވަގުތު އޮތް ޓީމުތަކުގެ ތެރެއިން ވެސް އާޖެންޓީނާ އަށް ސަޕޯޓްކުރެވެން ނެތް ކަމަށާއި ތަށި ހޯދާނެ ކަމަށް ބެލެވެނީ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ކަމަށް ބްރެޒިލްގެ ކުރީގެ ފޯވާޑް، ލުއިސް ރޮނާލްޑޯ ނަޒާރިއޯ ބުނެފި އެވެ.

ގަތަރު ވޯލްޑް ކަޕް ކޮމިޓީ އާއި ފީފާގެ ދައުވަތަކަށް މި ވަގުތު ދޯހާގައި ހުރި ރޮނާލްޑޯ، މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، ބްރެޒިލްގެ އެންމެ ވާދަވެރި އާޖެންޓީނާ އަށް ސަޕޯޓްކުރެވޭނެ ގޮތެއް ނެތް ކަމަށާއި ފްރާންސް އިން ތަށި ދިފާއުކުރާނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.

ބްރެޒިލާ އެކު ދެ ފަހަރު ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ ރޮނާލްޑޯ ބުނީ ސެމީ ފައިނަލުގައި މިރޭ ކްރޮއޭޝިއާއާ ދެކޮޅަށް އާޖެންޓީނާ ކުޅޭ މެޗުގައި ވެސް އެދެނީ ކްރޮއޭޝިއާ އަށް ކާމިޔާބު ލިބުން ކަމަށެވެ.

"ދެފުށް ދެ ގޮތް މީހަކަށް ވާކަށް ނެތިން، އަހަންނަކަށް ނުބުނެވޭނެ އަހަރެން އުފާވާނެއޭ އާޖެންޓީނާ މޮޅުވީމަ. ނޫނީ އެ މީހުން ވޯލްޑް ކަޕް ހޯދީމަ،" ރޮނާލްޑޯ ބުންޏެވެ.

"އަހަރެން ފުޓްބޯޅަ ދެކެނީ ވަރަށް ރޮމޭންޓިކް ކަމެއްގެ ގޮތުގައި. ޔަގީނުން ވެސް ކޮންމެ ޓީމެއް ތަށި ހޯދިޔަސް އަހަރެން މަރުހަބާ ކިޔާނަން، އެއީ އަދި އުފާވުމެއް ނޫން،"

2002 ވަނަ އަަހަރުގެ ވޯލްޑް ކަޕްގެ މެޗެއްގައި ގޯލު ޖެހުމަށް ފަހު ރޮނާލްޑޯ އުފާފާޅުކުރަނީ.

ރޮނާލްޑޯ ކުރިން ޕްރިޑިކްޓް ކުރީ ބްރެޒިލާއި ފްރާންސްގެ ފައިނަލަކަށެވެ. އެކަމަކު، ބްރެޒިލް ވަނީ ކަޓައިފަ އެވެ. މިހާރު އޮތީ ކްރޮއޭޝިއާ އާއި އާޖެންޓީނާގެ އިތުރުން ފްރާންސާއި މޮރޮކޯ އެވެ.

މިހާރު އޮތްގޮތުން ފްރާންސާއި ބްރެޒިލްގެ ފައިނަލެއް ފެނުމުގެ އެއްވެސް ފުރުސަތެއް ނެތެވެ. ރޮނާލްޑޯ ބުނީ ތަފާތުކޮށް ފެންނަނީ ފްރާންސް ކަމަށެވެ.

"މެޗަކަށް ފަހު މެޗެއް ފްރާންސް އެ އަންނަނީ ޓީމު ރޫހުގައި ވަރުގަދަކަން ސާބިތުކޮށްދީ ނަތީޖާ ނެރެމުން. އެންމެ ވަރުގަދަ ފޭވަރިޓެއްގެ ގޮތުގައި އަހަންނަށް ފެންނަނީ އެ މީހުން، ތަށި ދިފާއުކުރެވޭނެ ކޮލިޓީ އެބަފެނޭ،" 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ޖަރުމަނު ބަލިކުރި ގޯލުތައް ޖެހި ރޮނާލްޑޯ ބުންޏެވެ.

"ހަގީގަތުގައި އަހަރެން ވަރަށް ބޭނުން މޮރޮކޯ އިން މިި ތަށި ހޯދަން، އެކަމަކު، އެކަން ވާނެހެނެއް ހިއެއްނުވޭ، ފްރާންސް މި ފެންނަނީ ހުރިހާ ގޮތަކުން ވެސް ތައްޔާރުވެފައި އޮތްތަން،"

މި ފަހަރުގެ ވޯލްޑް ކަޕްގެ އެންމެ ގިނަ ގޯލު ޖަހައިގެން ލަނޑު ލިސްޓުގެ ކުރީގައި އޮތް ފްރާންސްގެ ކީލިއަން އެމްބާޕޭ އަށް ވެސް ރޮނާލްޑޯ ވަނީ ތައުރީފުކޮށްފަ އެވެ. އަދި އާދަޔާހިލާފު ނަތީޖާތަކެއް ނެރެ، މޮރޮކޯ އިން އެފްރިކާ ފުޓްބޯޅަ އަށް ހޯދައިދިން ރީތި ނަމަށް ވެސް ރޮނާލްޑޯ ވަނީ މަރުހަބާ ކިޔައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox