ރާއްޖޭގެ ޒަޔާނާއި ނަބާހާގެ ޕެއާ ދުނިޔޭގެ ރޭންކިންގެ ގަދަ 100 ގެ ތެރެއަށް

Dec 13, 2022, 2:38 AM
ޒަޔާން (ކ) އާއި ނަބާހާގެ ޕެއާ ދާދި ފަހުން ރާއްޖޭގައި ކުޅުނު ގައުމީ މުބާރާތުގެ މެޗަކަށް ފަހު.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޒަޔާން (ކ) އާއި ނަބާހާގެ ޕެއާ ދާދި ފަހުން ރާއްޖޭގައި ކުޅުނު ގައުމީ މުބާރާތުގެ މެޗަކަށް ފަހު.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރާއްޖޭގެ ގައުމީ މިކްސް ޑަބަލްސްގެ ޗެމްޕިއަން، ޒަޔާން ޒަކީ އާއި ފާތިމަތު ނަބާހާ (ނަބާ)ގެ ޕެއާ އިން ދުނިޔޭގެ ރޭންކިންގެ ގަދަ 100 ޕެއާގެ ތެރޭގައި ހިމެނި ތާރީހީ ކާމިޔާބެއް ހޯދައިފި އެވެ.

ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ނެރުނު އެންމެ ފަހުގެ ރޭންކިންގައި ރާއްޖޭގެ ގައުމީ މިކްސް ޗެމްޕިއަން ޕެއާ ޒަޔާން އާއި ނަބާގެ ޕެއާ އޮތީ ދުނިޔޭގެ 99 ވަނައިގަ އެވެ.

މިއީ ރާއްޖޭގެ މިކްސް ޑަބަލްސް ޕެއާ އެއް ދުނިޔޭގެ ރޭންކިންގެ ގަދަ 100 ތެރެއަށް ވަން ފުރަތަމަ ފަހަރެވެ. ޒަޔާނާއި ނަބާގެ ޕެއާ އަށް ރޭންކިން ޕޮއިންޓްގެ ގޮތުގައި 12،670 ޕޮއިންޓް ލިބިފައިވެ އެވެ. މި ކާމިޔާބީ ޒަޔާނަށް ހާއްސަ ވަނީ އޭނާ އަކީ އެއްވެސް އިވެންޓަކުން ބަލާއިރު، ދުނިޔޭގެ ގަދަ 100 ތެރެއިން ޖާގަ ހޯދި ރާއްޖޭގެ ފުރަތަމަ ފިިރިހެން ކުޅުންތެރިޔާ އަށް ވުމެވެ.

ރާއްޖޭގެ އެހެން މިކްސް ޑަބަލްސް ޕެއާތައް މި ވަގުތު ރޭންކްކުރެވިފައިވާ ގޮތަށް ބަލާއިރު، ދެން ރޭންކިންގައި އޮތް ރާއްޖޭގެ ޕެއާތަށް އޮތީ 758 ވަނައިގަ އެވެ.

ރޭންކިންގައި ޒަޔާން އާއި ނަބާގެ ޕެއާ އަށް މި ލިބުނު ކުރިއެރުންތަކުގެ އަސްލަކީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކޮށް، އެ ޕެއާ އިން ހޯދަމުން އަންނަ ކާމިޔާބީތަކެވެ. އެ ގޮތުން، ޒަޔާން އާއި ނަބާގެ ޕެއާ އިން ވަނީ 2017 ވަނަ އަހަރު މޮރިޝަސްގައި ބޭއްވި ސީރީސް އިން ލޯ މެޑަލް ހޯދައި، ރާއްޖެ އަށް ބެޑްމިންތަން ވޯލްޑް ފެޑެރޭޝަން މުބާރާތަކުން ލިބުނު މިކްސް ޑަބަލްސްގެ ފުރަތަމަ މެޑަލް ގެނެސްދީފަ އެވެ.

އޭގެ ފަހުން، 2019 ވަނަ އަހަރު ޕާކިސްތާންގައި ބޭއްވި މުބާރާތެއްގެ މިކްސް ޑަަބަލްސް އިވެންޓުން ރަން މެޑަލް ގެނެސް، ޒަޔާން އާއި ނަބާގެ ޕެއާ ވަނީ ރާއްޖޭގެ ބެޑްމިންޓަން ތާރީހުން ޖާގަ ހޯދައިފަ އެވެ. ޒަޔާން އާއި ނަބާގެ ޕެއާ އެ ފަހަރު ވެފައިވަނީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ ރުހުން ލިބިފައިވާ މުބާރާތަކުން ރާއްޖެ އަށް ރަން މެޑަލެއް ގެނެސްދިން ފުރަތަމަ ކުޅުންތެރިންނަށެވެ.

ގައުމީ މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓް އެންމެ ފަހުން ހަތަރު ފަހަރު ވެސް ހޯދި ނަބާ އާއި ޒަޔާންގެ ޕެއާ އިން ވަނީ 2020 ވަނަ އަހަރު ޔޫގާންޑާގައި ބޭއްވި އިންޓަނޭޝަނަލް މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓުން ވެސް ލޯ މެޑަލް ހޯދައިފަ އެވެ.

ރާއްޖޭގެ އަންހެން ޑަބަލްސް އެއް ވަނަ ޕެއާ، ނަބާ އާއި އައިމިނަތު ނަބީހާ (ނަބީ)ގެ ޕެއާ ވެސް އޮތީ ދުނިޔޭގެ ގަދަ 100 ޕެއާ ތެރޭގަ އެވެ. ނަބީ އާއި ނަބާގެ ޕެއާ އޮތީ ދުނިޔޭގެ 93 ވަނައިގަ އެވެ. މިއީ ދުނިޔޭގެ ގަދަ 100 ތެރޭގައި ނަބީ އާއި ނަބާގެ ޕެއާ ހިމެނުނު ދެ ވަނަ ފަހަރެވެ.

ބައިނަލްއަގުވާމީ މެޑަލަށް ބަލާއިރު، ނަބާ އާއި ޒަޔާންގެ ޕެއާ އިން މި ވަނީ ފާހަގަކޮށްލެވޭ ކާމިޔާބެއް ހޯދައިފަ އެވެ. މެޑަލް ޕޯޑިއަމް ފިނިޝް އަކާ ހަމައަށް ބައެއް އިންޓަނޭޝަނަލް މުބާރާތްތަކުގައި ނުދެވުނު ކަމުގައި ވިޔަސް، ޒަޔާން އާއި ނަބާގެ ޕެއާ އިން މެޗުތަކުން މޮޅުވެ، ރޭންކިން ޕޮއިންޓްސް ހޯދަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox