އޮސްޓްރޭލިއާގެ ކުއީންސްލޭންޑްގައި ބަޑި ޖަހައި ތިން މީހުން މަރުވެއްޖެ

ހަމަލާއަށް ފަހު އެމެޖެންސީ ހިދުމަތްތަކުން ހަރަކާތްތެރި ވަނީ.

ހަމަލާއަށް ފަހު އެމެޖެންސީ ހިދުމަތްތަކުން ހަރަކާތްތެރި ވަނީ.

ސިޑްނީ، އޮސްޓްރޭލިއާ (ޑިސެމްބަރު 12) - އޮސްޓްރޭލިއާގެ ކުއީންސްލޭންޑް ސްޓޭޓުގައި ބަޑިޖަހައި މަރުވި ތިން މީހުންގެ ތެރޭގައި ދެ ފުލުހުން ހިމެނޭ ކަމަށް އިދާރާތަކުން ބުނެފި އެވެ.

ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހުން ވަނީ ފިލައިފަ އެވެ. އެ ސްޓޭޓްގެ ވެރިރަށް ބްރިޒްބޭންއާ 270 ކިލޯމީޓަރު ހުޅަނގުން އޮންނަ ވިއެމްބިލާ ކޮމިއުނިޓީގެ މީހުން ގެތަކުން ނުނިކުތުމަށް ވަނީ އަންގައިފަ އެވެ.

ފުލުހުން ބުނީ ތުހުމަތު ކުރެވޭ ފަރާތްތައް ހޯދައި ހައްޔަރު ކުރުމުގެ މަސައްކަތް ކުރަމުންދާ އިރު، އެ ސަރަހައްދުގައި އުޅޭ މީހުން އެއްވެސް ވަރަކަށް ބޭރަށް ނުދިޔުމަށް އެދޭ ކަމަށެވެ.

ބަޑިއާ ގުޅޭ އެންމެ ހަރުކަށި ގާނޫނުތައް އޮންނަ އެއް ގައުމަކީ އޮސްޓްރޭލިއާ އެވެ. ގާނޫނުތައް ވަަރުގަދަ ކުރީ 1996 ވަނަ އަހަރު ދެކުނު ޓެސްމޭނިއާ ސްޓޭޓްގެ ޕޯޓް އާތާގައި ބަޑި ޖަހައި 35 މީހުން މަރުވުމުންނެވެ.

"ވިއެމްބިލާއިން ފެންނަމުން މި ދަނީ ހިތްދަތި މަންޒަރުތަކެއް. މިއީ ކުއީންސްލޭންޑް ފުލުހުންގެ އާއިލާތަކާއި އެކުވެރިންނަށް ހިތާމަވެރި ދުވަހެއް،" ބޮޑު ވަޒީރު އެންތަނީ އަލްބަނީޒް ޓްވިޓާގައި ވިދާޅުވި އެވެ.

ހާދިސާ ހިނގި އިމާރާތަށް ހޯމަ ދުވަހު ފުލުހުން ދިޔައީ ނިއު ސައުތު ވޭލްސް ސްޓޭޓުން ގެއްލުނު މީހެއްގެ ރިޕޯޓު ލިބިގެން، އެކަމާ ގުޅޭ ގޮތުން ކަަމަށް ރިޕޯޓުތައް ބުނެ އެވެ.

އެ އިމާރާތުގައި އަލިފާން ރޯވެފައި އޮތް މަންޒަރު ފެނި ކައިރީގައި ހުރި ދަނޑެއްގައި އުޅޭ ފިރިހެނަކު ވެސް އެ ތަނަށް ދިޔަ އެވެ. ބަޑި ޖަހަން ފެށީ އެ ހިސާބުންނެވެ.

ބަޑި ޖަހަން ފެށި އިރު އެ ތަނުގައި ހަތަރު ފުލުހުން ތިއްބެވެ. ވަޒަން އަރައި މަރުވީ އޭގެން ދެ ފުލުހުންނާއި ޖެހިގެން ހުރި ދަނޑުން އައި ފިރިހެން މީހާ އެވެ. ތިން ވަނަ ފުލުހަކަށް އަނިޔާވި އެވެ.

އޮސްޓްރޭލިއަން ބްރޯޑްކާސްޓިން ކޯޕޮރޭޝަނުން ބުނީ ބަޑީގެ އަޑުފަށްގަނޑު އަވަައްޓެރިންނަށް އިވުނު ކަމަށާއި ކާރުތަކުގައި ރޯވެފައި އޮތް މަންޒަރު ވެސް ފެނުނު ކަމަށެވެ.

ސިޑްނީ މޯނިން ހެރަލްޑް ނޫހުން ބުނީ އެ ތަނަށް ދިޔައީ ހަތަރު ވަނަ ފުލުސް މީހާ ސަލާމަތްވެގެން ގޮސް، އިތުރު ފުލުހުންގެ ސަމާލުކަމަށް ގެނައި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox