އަހަރެއްހާ ދުވަސް ފަހުން ދަގަނޑޭ ގައުމީ ޓީމަށް

Dec 12, 2022, 8:01 AM
ދަގަނޑޭ، މެލޭޝިއާ އާއި ސިންގަޕޫރާ ދެކޮޅަށް ކުޅޭ މެޗަށް ފުރުމުގެ ކުރިން ބަސް ޓާމިނަލުގައި.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ދަގަނޑޭ، މެލޭޝިއާ އާއި ސިންގަޕޫރާ ދެކޮޅަށް ކުޅޭ މެޗަށް ފުރުމުގެ ކުރިން ބަސް ޓާމިނަލުގައި.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ) އަހަރެއްހާ ދުވަސް ފަހުން ގައުމީ ޓީމުގެ ސްކޮޑުގައި ހިމަނައިފި އެވެ.

ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތަކެއްގައި މި މަހުގެ 14 ވަނަ ދުވަހު މެލޭޝިއާއާ ދެކޮޅަށާއި މި މަހު 17 ވަނަ ދުވަހު ސިންގަޕޫރާ ބައްދަލުކުރާ މެޗަށް ގައުމީ ޓީމު ރޭ ވަނީ ފުރައިފަ އެވެ. ޓީމާ އެކު ދިޔަ 23 ކުުޅުންތެރިންގެ ސްކޮޑުގައި، ދަގަނޑޭ، 37، ހިމަނާފައިވާއިރު، އޭނާ އެންމެ ފަހުން މެޗެއް ކުޅެފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސްރީ ލަންކާގައި ކުރިއަށްދިޔަ މަހިންދަ ރާޖަޕަކްސަ މުބާރާތުގަ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު، ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހުޅުވުމަށް ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ކްލަބް ވެލެންސިއާ އަށް ދަގަނޑޭ ކުޅުނެވެ. އެކަމަކު، އޭގެ ފަހުން ކަކުލަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާ ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުުރުުގައި ހުރި އެވެ.

ދަގަނޑޭ، އޭނާގެ ފިޓްނަސް ލެވަލް ރަނގަޅުކުރަން ކުރަމުން އަންނަ މަސައްކަތުގައި ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ދުވާ ޓީމު، މެރަތަން ރަނާސްއާ ގުޅި، މެރަތަން ވެސް ދުވެފައިވެ އެވެ. އަދި ފިޓްވުމަށް ކުރަމުން އައި ކަންކަމުގެ ތެރެއިން ރާއްޖޭގެ އެކި ރަށްރަށުގައި ބޭއްވި މުބާރާތްތަކުގައި ވެސް ވަނީ ކުޅެފަ އެވެ.

ގައުމީ ޓީމު މެލޭޝިއާ އާއި ސިންގަޕޫރް މެޗަށް ފުރުމުގެ ކުރިން ދަގަނޑޭ (ވ) އާއި އެފްއޭއެމްގެ ރައީސް ބައްސާމް ސަލާމްކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގައުމީ ފުޓްބޯޅަ ޓީމުން މެލޭޝިއާ އާއި ސިންގަޕޫރާ ދެކޮޅަށް ކުޅޭ މި މެޗުތައް އޮތީ އޮފް ސީޒަނުގައި ކަމަށްވާތީ، ގިނަ ކުުޅުންތެރިންތަކެއް ޕްރެކްޓިހުގައި ބައިވެރިވާން ފެށީ ވެސް ފަހުންނެވެ. ދަގަނޑޭ ވެސް ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފެށީ ފަހުންނެވެ.

މިދިޔަ އޮކްޓޫބަރު މަހު ކަކުލުގެ އޮޕަރޭޝަނެއް ކުރި ގައުމީ ޓީމުގެ ކެޕްޓަން، އަކުރަމް އަބްދުލް ގަނީ (އަކޫ) ޓީމުގައި ނެތްއިރު، މި ފަހަރު ކެޕްޓަނެއްގެ ގޮތުގައި ޓީމު ލީޑުކުރުމުގެ ފުރުސަތު ކުރީގެ ކެޕްޓަން، ދަގަނޑޭއާ ހަވާލުކުރުމުގެ ފުރުސަތު ބޮޑެވެ.

ސްކޮޑުން ގިނަ އާ ކުޅުންތެރިންތަކަކަށް ފުރުސަތު

ސިންގަޕޫރާއި މެލޭޝިއާއާ ދެކޮޅަށް ކުޅެން ނެގި ސްކޮޑުން، އާ ކުޅުންތެރިންތަކަކަށް ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ވަނީ ފުރުސަތު ދީފަ އެވެ.

އެ ގޮތުން، މީގެ ކުރިން ގައުމީ ސީނިއާ ޓީމުގެ ފައިނަލް ސްކޮޑުން ފުރުސަތު ނުލިބި ތިބި ކުޅުންތެރިން ކަމަށްވާ، ކްލަބް އީގަލްސް އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން ފާހަގަވި، ޝިފާން ހަސަން (ޝިފާންޓެ)، ސްޕެއިންގެ ހަ ވަނަ ޑިވިޝަނުގައި ކުޅުނު މިރާޝް އިމްތިޔާޒް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ދަ ގްރާންޑޭ އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ކުޅެފައިވާ މުހައްމަދު ސަހާއު (ބޭލް)ގެ އިތުރުން 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަން، ކްލަބް އީގަލްސްގެ ހުމައިދު ހުސެއިން އަދި ފުލްބެކް، ޓީސީގެ އަހުމަދު މާއިޝް ރަޝީދު ވަނީ ސްކޮޑުގައި ހިމެނިފަ އެވެ.

ގައުމީ ޓީމުގެ ޕްރެކްޓިހުގައި ބައިވެރިވުމުގެ ފުރުސަތު ކްލަބް ވެލެންސިއާ ޔޫތު ޓީމުގެ ފޯވާޑް، 13 އަހަރުގެ މުހައްމަދު އިލާން އިމްރާން އަށް ވެސް ކޯޗު މޮރިއޭރޯ ދިނެވެ. އިލާން ވަނީ އެފްއޭއެމް 14 އަހަރުން ދަށުގެ ޔޫތު ލީގުގައި އަށް މެޗުން 35 ގޯލު ޖަހައިފަ އެވެ.

ގައުމީ ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންތަކަކީ އޮފް ސީޒަނުގައި ރަށްރަށުގައި ބާއްވާ މުބާރާތްތަކުގައި ކުޅެގެން އާމްދަނީ ހޯދާ ކުޅުންތެރިން ކަމަށްވާތީ، ބައެއް ކުޅުންތެރިން ވަނީ އެކަން ދުރާލާ ގައުމީ ޓީމުގެ މެނޭޖްމަންޓަށް އަންގައިފަ އެވެ. އާއިލީ ޒިންމާގެ ސަބަބުން ވެސް ބައެއް ކުޅުންތެރިން ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވުން ލަސްވި އެވެ.

މެލޭޝިއާ އާއި ސިންގަޕޫރު މެޗަށް ނެގި ސްކޮޑު

ސަމޫހު އަލީ (ސަމުއްޓެ)، އަހުމަދު ނޫމާން (ހެލްމެޓް)، ހުސެއިން ސިފާއު ޔޫސުފް (ކުރޯ)، އިބްރާހިމް އައިސަމް، ހައިޝަމް ހަސަން (ބިޑި)، ހަސަން ރާއިފް އަހުމަދު (ހަންނަ)، ހުސެއިން ނިހާން (ނިހާޓް)، ހަސަން ޝިފާޒް (ޑުންގާ)، އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ)، އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު)، ހަމްޒާ މުހައްމަދު (ހަމްޕު)، ހުސެއިން ޝަރީފް، ހަސަން އަލީފް އިބްރާހިމް، ހަަސަން ސުފިއާނު، ނިޝާމް މުހައްމަދު ރަޝީދު، ޝިފާން ހަަސަން (ޝިފާންޓެ)، މުހައްމަދު މިރާޝް އިމްތިޔާޒް، އިޔާން އަބްދުލް އަލީމް (ޗިކީ)، މުހައްމަދު ސަހާއު (ބޭލް)، މުހައްމަދު އުމެއިރު، އަލީ އަޝްފާގު (ދަގަނޑޭ)، ހުމައިދު ހުސެއިން، އަހުމަދު މާއިޝް ރަޝީދު

މިއީ ފާއިތުުވި އަހަރުތަކަށް ބަލާއިރު، ގައުމީ ޓީމު އެންމެ ގިނަ މެޗު ކުޅޭ އަހަރެވެ. ގައުމީ ޓީމު އެންމެ ފަހުން ކުޅުނު ބްރުނާއީ އާއި ލާއޯސް މެޗުތަކުގެ ނަތީޖާ އަށް ފަހު ފީފާ ރޭންކިންގައި ކުރިއެރުން ލިބުނެވެ. ސިންގަޕޫރާއި މެލޭޝިއާ މެޗަކީ ގައުމީ ކޯޗު މޮރިއޭރޯ ކޮންޓްރެކްޓް އާ ކުރި ފަހުން ކުޅޭ ފުރަތަމަ މެޗުތަކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox