ގައުމީ ކޯޗު މޮރިއޭރޯ ކޮންޓްރެކްޓް އާ ކޮށްފި

Oct 11, 2022, 2:29 AM
ގައުމީ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ: އޭނާ ވަނީ ޓީމާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާ ކޮށްފައި.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގައުމީ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ: އޭނާ ވަނީ ޓީމާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާ ކޮށްފައި.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު، ފްރެންޗެސްކޯ މޮރިއޭރޯ، ޓީމާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާ ކޮށްފި އެވެ.

އިޓަލީ އަށް އުފަން މޮރިއޭރޯ، 53، އެންމެ ފުރަތަމަ ގައުމީ ޓީމާ ހަވާލުވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގަ އެވެ. އެ ފަހަރު ސޮއިކުރީ އެއް އަހަރުގެ ކޮންޓްރެކްޓެއްގަ އެެވެ.

އެ އެއްބަސްވުން މި މަހު ހަމަވާއިރު، މޮރިއޭރޯ މި ވަނީ ގައުމީ ޓީމާ އެކު ހަދާފައިވާ ކޮންޓްރެކްޓް މިއަދު އާ ކޮށްފަ އެވެ. އެއްބަސްވުން އާ ކުރީ އިތުރު އެއް އަހަރަށެވެ،

މޮރިއޭރޯ ވަނީ އޭނާ އަށް އިތުބާރުކޮށް ކޮންޓްރެކްޓް އާ ކުރަން ނިންމި ނިންމުމަށްޓަކައި އެފްއޭއެމާއި އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ޝުކުރު އަދާކޮށްފަ އެެވެ. އަދި އެކުގައި ގުޅިގެން އާ ޓާގެޓްތަކަކަށް މަސައްކަތް ކުރުމުގެ ވިސްނުމުގައި ހުރި ކަމަށް މޮރިއޭރޯ ބުންޏެވެ.

ކޮންޓްރެކްޓް އާ ކުރުމަށް ފަހު މޮރިއޭރޯ (ކ) އާއި ބައްސާމް.

ގައުމީ ޓީމާ މޮރިއޭރޯ ހަވާލުވި ފަހުން މިހާތަނަށް ވަނީ 10 މެޗެއް ކުޅެފަ އެވެ. އޭގެ ތެރެއިން ހަތަރު މެޗުން މޮޅުވިއިރު، ތިން މެޗުން ބަލިވީ އެވެ. އަދި އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. ރާއްޖެ މޮޅުވީ މި އަހަރު ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗާއި އޭޝިއަން ކަޕް ކޮލިފައިންގައި ސްރީ ލަންކާ އަތުންނާއި ދާދި ފަހުން ކުޅުނު އެކުވެރިކަމުގެ ދެ މެޗުގައި ބްރުނާއީ ދާރުއްސަލާމާއި ލާއޯސް އަތުންނެވެ.

ބަލިވި މެޗުތަަކަކީ މިދިޔަ އަހަރުގެ ފޯ ނޭޝަންސް ކަޕްގައި ބަންގްލަދޭޝް އަތުންނާއި މި އަހަރު އޭޝިއަން ކަޕް ކޮލިފައިންގައި ތައިލެންޑާއި އުޒްބެކިސްތާން އަތުންނެވެ. އެއްވަރުވީ މިިދިޔަ އަހަރު ނޮވެމްބަރު މަހު ފޯ ނޭޝަންސް ކަޕްގައި ސްރީ ލަންކާ އާއި ސީޝެލްސްއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.

ކޮންޓްރެކްޓް އާ ކުރުމަށް ފަހު އަންނަ މަހު މޮރިއޭރޯގެ އިރުޝާދުގެ ދަށުން އިތުރު މެޗުތަކެއް ކުޅެން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެންމެ ފަހުން ނެރުނު ފީފާ ރޭންކިންގައި ރާއްޖެ އަށް ވަނީ ދެ ދަރަޖައިގެ ކުރިއެރުމެއް ލިބިފަ އެވެ. މި އަހަރު ފެށިއިރު، ދުނިޔޭގެ 157 ވަނައިގައި އޮތް ރާއްޖެ، މާޗް މަހުން ފެށިގެން މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އޮތީ ދުނިޔޭގެ 156 ވަނައިގަ އެވެ. އެކަމަކު، މިދިޔަ މަހު ކުުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ ދެ މެޗުން މޮޅުވެފައިވާތީ، މި މަހު ނެރުނު ރޭންކިންގައި ރާއްޖެ ވަނީ ދުނިޔޭގެ 154 ވަނަ އަށް ޖެހިލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

ރާއްޖޭގެ އީޝާ އާއި މާއިދު ގައުމީ ރެކޯޑު އާކޮށްފި

ޖަޕާނުގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ 10 މީޓަރު އެއާ ރައިފަލް އިވެންޓުން ރާއްޖޭގެ އައިޝަތު އީޝާ ޝަހީދު އާއި އަޙްމަދު މާއިދު މުޙައްމަދު އާ ގައުމީ ރެކޯޑުތަކެއް ގާއިމުކޮށްފި. އީޝާ ރެކޯޑު އާކުރީ 624.1 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މާއިދު ވަނީ 614.5 ޕޮއިންޓް ހޯދައިގެން ފިރިހެނުންގެ ގައުމީ ރެކޯޑު އާކޮށްފައި.

ކުރިމަތިވީ ރެފްރީން ޔުނައިޓެޑް ބަލިވިޔަނުދޭނެ ހާލަތެއް: އާބެލޯއާ

މެންޗެސްޓާ ޔުނައިޓެޑާއި ފުލަމް ބައްދަލުކުރި މެޗު އެއްވަރުވުމުން، ރެފްރީން ޔުނައިޓެޑް ބަލިވިޔަ ނުދޭން މަސައްކަތްކުރި ކަމަށް ބުނެ ފުލަމްގެ ކޯޗު އާބެލޯއާ ވަރަށް ބޮޑަށް ފާޑުކިޔައިފި. އޭނާ ހިތްހަމަނުޖެހުން ފާޅުކުރީ ޔުނައިޓެޑުން ލަނޑު ޖެހުމުގެ ކުރިން ހެރީ މެގުއާ އަށް ކުރި ފައުލެއް ރެފްރީ ދިނުމާ ގުޅިގެން.

ގައުމީ މުބާރާތުގެ ޓީމު އިވެންޓުގެ ދެ ތަށި ވެސް ރިވައިވަލް އަށް

50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ހުރިހާ އިވެންޓެއް ކާމިޔާބުކޮށް، ރިވައިވަލް ސްޕޯޓްސް ކްލަބުން ތާރީޚީ ކާމިޔާބީއެއް ހޯދައިފި. އެ ކްލަބުން ވަނީ ޓީމު އިވެންޓުގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ ތަށި ހޯދުމުގެ އިތުރުން، އޯޕަން އިވެންޓްތަކުގެ ހުރިހާ ވަނަތަކެއްވެސް ކާމިޔާބުކޮށްފައި

މާސޭ ބަލިކޮށް ޕީއެސްޖީ އަށް ލީގުގައި ދެ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ މާސޭ އަތުން 2-1 އިން މޮޅުވެ، ޕީއެސްޖީން މި ސީޒަނުގެ ލީގުގައި ދެވަނަ މޮޅު ހޯދައިފި. ފެރާން ޓޮރޭސް އާއި މާކީނިއޯސްގެ ލަނޑުތަކުން ޕީއެސްޖީ މޮޅުވިއިރު، މި ނަތީޖާއާއެކު އެ ޓީމު މިހާރު އޮތީ ތާވަލުގެ ހަވަނައިގައި

ރަތް ކާޑު ދައްކަންޖެހޭ ކަމަށް ބުނެ މޮރީނިއޯ ފޮޓޯ ދައްކައިފި

އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދައްކަންޖެހޭކަން ސާބިތުކޮށްދިނުމަށް، ރެއާލް މެޑްރިޑްގެ ކޯޗު މޮރީނިއޯ ފައުލްތަކުގެ ފޮޓޯ ޕްރިންޓްކޮށްގެން ނޫސްވެރިންނަށް ދައްކާލައިފި. ރެފްރީގެ ނިންމުންތަކަށް ފާޑުކިޔަމުން މޮރީނިއޯ ބުނީ މިއީ ރެފްރީންގެ ގޯސް ނިންމުމެއް ކަމަށް.

ކީޕަރު އަޝްވާން އާއި އަރީން ގައުމީ ޓީމުގެ ފައިނަލް ސްކޮޑަށް

ފީފާ ބްރޭކުގައި ޗައިނާ، ކިރްގިސްތާން އަދި ލެބަނަންއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ކީޕަރު އަޝްވާން އާއި އަރީން ހިމަނައިގެން ގައުމީ ފުޓްބޯޅަ ޓީމު ޗައިނާ އަށް ވަނީ ގޮސްފައި. މުހިންމު ބައެއް ކުޅުންތެރިންނަށް އެކި ސަބަބުތަކާ ހުރެ ނުދެވުނު ނަމަވެސް، ކޯޗު އުރްބާނީ ބޭނުންވަނީ މި ފުރުސަތުގައި އާ ކުޅުންތެރިންގެ ފެންވަރު ބަލާލުމަށް

Newsletter

Get the latest news delivered straight to your inbox