އޭޝިއާ ޕެޝިފިކް ޑިމޮކްރެޓިކް ޔޫނިއަންގެ ޗެއާމަންގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހަމަޖައްސަވައިފި އެވެ.
އެއީ އިންޓަނޭޝަނަލް ޑިމޮކްރެޓިކް ޔުނިއަންގެ ރީޖަަނަލް ޑިވިޝަނެކެވެ. އެ ޖަމިއްޔާގައި ބައިވެރިވަނީ "ސެންޓާ-ރައިޓް" ނުވަތަ ކަނާތު-މެދު ފިޔައިގެ ސިޔާސީ ފަލްސަފާގެ ޕާޓީތަކެވެ.
އެމްޑީޕީއަކީ ވެސް އެ ފަލްސަފާގެ ޕާޓީއަކަށްވާއިރު، އެ ޖަމިއްޔާގައި ރާއްޖޭން ބައިވެރިވަނީ ވެސް އެ ޕާޓީ އެކަންޏެވެ.
އޭޝިއާ ޕެޝިފިކް ޑިމޮކްރެޓިކް ޔުނިއަންގެ މެންބަރުންގެ ގޮތުގައި މިހާރު 15 ގައުމެއްގެ 15 ޕާޓީ ހިމެނެ އެވެ. އޭގެ ތެރޭގައި އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީ އާއި ޗައިނާގެ އިދިކޮޅު ޕާޓީ ވެސް ހިމެނެ އެވެ.
ނަޝީދުގެ ކުރިން ޔުނިއަންގެ ޗެއާމަނަކަށް ހުންނެވީ ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އެވެ. އޭނާ އެ މަގާމުގައި ހުންނެވީ 2016 ވަަނަ އަހަރުން ފެށިގެންނެވެ.














