އެކުވެރިކަމުގެ މެޗެއްގައި ކާޑިޒް އަތުން ޔުނައިޓެޑް ބަލިވެއްޖެ

Dec 8, 2022, 9:15 AM
ކަޑިޒް ކުޅުންތެރިއަކު ކައިރިން ޔުނައިޓެޑްގެ ޒުވާން ތަރި އަލެހަންދްރޯ ގާނާޗޯ ބޯޅަ ހިފައިގެންދަނީ.

ކަޑިޒް ކުޅުންތެރިއަކު ކައިރިން ޔުނައިޓެޑްގެ ޒުވާން ތަރި އަލެހަންދްރޯ ގާނާޗޯ ބޯޅަ ހިފައިގެންދަނީ.

މެޑްރިޑް (ޑިސެމްބަރު 8) - ސީޒަންގެ ބާކީ ހުރި މެޗުތަކަށް ތައްޔާރުވަމުން އަންނަ މެންޗެސްޓާ ޔުނައިޓެޑުން ސްޕެއިންގައި ކުރަމުން އަންނަ ތަމްރީންތަކުގެ ތެރެއިން ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ސްޕެނިޝް ލަލީގާގެ ކާޑިޒް އަތުން 4-2 ގެ ނަތީޖާ އަކުން ބަލިވެއްޖެ އެވެ.

ވޯލްޑް ކަޕްގައި ކުޅެމުން އަންނަ ކުޅުންތެރިން ނުލައި، ސްޕެއިންގައި ޔުނައިޓެޑުން ތަމްރީން ހަދަމުން މި އަންނަނީ މި މަހުގެ ފަހުކޮޅު ލީގުގެ ކުޅުން އަލުން ފަށާތީ އެވެ. ސީނިއާ ޓީމުގެ ގިނަ ކުޅުންތެރިންނާ އެކު ސްޕެއިންގައި ކުރަމުން އަންނަ ތަމްރީންތަކުގައި ކާޑިޒް އަތުން ޔުނައިޓެޑް ބަލިވީ ގިނަ ބަދަލުތަކެއް ކުރެވޭ ގޮތަށް ކުޅުނު މެޗެއްގަ އެވެ.

މި މެޗުގައި ޔުނައިޓެޑްގެ ވިކްޓާ ލިންޑެލޮފް، އާރޮން ވެން-ބިސާކާ، ސްކޮޓް މެކްޓޮމިނޭ، ޑޮނީ ވެންޑަބީކް، އަލެހަންދްރޯ ގާނާޗޯ، އެންތަނީ އެލަންގާ އަދި އެންތަނީ މާޝިއަލް ކުޅުނެވެ. ނަމަވެސް، މި ކުޅުންތެރިންނާ އެކު އެޓީމަށް މެޗުގައި މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ.

Advertisement

މެޗު ފަށައިގެން ފުރަތަމަ ދެ ގޯލު ޖަހައި ލީޑު ނެގީވެސް ކާޑިޒް އިންނެވެ. މާޝިއާލް ކާމިޔާބުކުރި ޕެނަލްޓީ އާއި ބެންޗުން އެރި ކޮބީ މައިނޯގެ ގޯލުން އެއްވަރުކުރި ނަމަވެސް ލަލީގާގެ ރެލިގޭޝަނުގައި އޮތް އުޅޭ ކާޑިޒް އިން ވަނީ ފަހު 15 މިނެޓުގައި ދެ ގޯލު ޖަހައި މެޗުން މޮޅުވެފަ އެވެ.

މެޗަށްފަހު ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ވަނީ ކުޅުންތެރިންނަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އެ ގޮތުން ޑިފެންސް ލައިނުގައި ކުޅުނު ކުޅުންތެރިންގެ ފަރާތުން ފެނުނީ ވަރަށް އާދައިގެ ގޯސްތަކެއްކަން އޭނާ ފާހަގަކުރި އެވެ. އަދި ބައެއް ކުޅުންތެރިން މެޗަށް އަރައިތިބީ ކުޅިބަލަން ކަމަށާއި އިދިކޮޅު ކުޅުންތެރިން މާކުކުރަން ހަނދާން ވެސް ނެތްކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ޓެން ހާގް ބުނީ ޔުނައިޓެޑްގެ ކުޅުންތެރިން ތިބީ "ނިދާފައި" ކަމަށެވެ. މެޗުން ބަލިވި ކަހަލަ ގޮތަކަށް ކަންތައްތައް ދިޔަ ގޮތުން ލަދުގަންނަން ޖެހޭކަމަށް ވެސް ޓެން ހާގް ވަނީ ބުނެފަ އެވެ. އަދި ކުޅުންތެރިންގެ ފަރާތުން ފެނުނީ އޭނާ ގަބޫލުކުރާ ފެންވަރުގެ ކުޅުމެއް ނޫންކަން ފާހަގަކޮށް ޓެން ހާގް ބުނީ، ހުރި މައްސަލަތަކަށް ހައްލު ހޯދައި، ބައެއް ކުޅުންތެރިންގެ ހުރި ކަންތައްތައް ރަނގަޅު ނުކޮށްފި ނަމަ ސީޒަންގެ ބާކީ ބައިގައި ޔުނައިޓެޑްގެ ޓީމުން އެ ކުޅުންތެރިންނަށް ފުރުސަތު ނުދޭނެ ކަމަށެވެ.

ސްޕެއިންގައި ކުރަމުން އަންނަ ތަމްރީންތަކުގެ ތެރެއިން ޔުނައިޓެޑުން ރެއާލް ބެޓިސްއާ ދެކޮޅަށް ވެސް އެކުވެރިކަމުގެ މެޗެއް ކުޅޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް މާޒިޔާ އިން ތިން ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް، މާޒިޔާ ވަނީ ލީގު ތާވަލުގެ ތިންވަނައަށް ޖެހިލާފައި. މިއީ މި ފަހަރު ލީގުގައި މާޒިޔާ އިން ހޯދި ތިން ވަނަ މޮޅު. މި މޮޅާއެކު މާޒިޔާ އަށް 10 ޕޮއިންޓް ލިބިފައިވާއިރު، ބިސް ބުރު އޮތީ 6 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައި.

ޔުނައިޓެޑްގައި ޓެން ހާގް ފެއިލްވީ ރޮނާލްޑޯގެ ސަބަބުން

މެންޗެސްޓާ ޔުނައިޓެޑްގައި އޭނާ ފެއިލްވި އެއް ސަބަބަކީ ކްރިސްޓިއާނޯ ރޮނާލްޑޯއާ ދިމާވި މައްސަލަތައް ކަމަށް އެ ޓީމުގެ ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފި. ޓެން ހާގް ހާމަކުރި ގޮތުގައި ރޮނާލްޑޯގެ އަމަލުތަކުގެ ސަބަބުން ޓީމުގެ މަސައްކަތްތަކަށް ބުރޫއަރައި، ކޯޗުގެ އިރުޝާދުތަކަށް އޭނާ ފުރިހަމައަށް އިހުތިރާމް ކޮށްފައެއް ނުވޭ

ދިއްދޫ ބަލިކޮށް ޓީސީ އަށް ދެ ވަނަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ 1-0 އިން ބަލިކޮށް، ޓީސީ ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ދެވަނަ މޮޅު ހޯދައިފި. މި މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖަހައިދިނީ ޓީސީގެ ބްރެޒިލް މިޑްފީލްޑަރު ޖޯސޭ މެގްސަން އެވެ. މި މޮޅާއެކު ޓީސީން ވަނީ ތާވަލުގެ ހަތް ވަނަ އަށް ޖެހިލައިފައި.

ގައްދޫން ނަޒީހުއާ އެކު ހަދާފައި އޮތް އެއްބަސްވުން އުވާލައިފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ގައްދޫ ޓީމުގެ ހެޑް ކޯޗު ނަޒީހުއާ އެކު ހަދާފައިވާ އެއްބަސްވުން އެ ކްލަބުން އުވާލައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުން ވެސް ބަލިވެ، ޕޮއިންޓެއް ނުލިބި ގައްދޫ ލީގު ތާވަލުގެ އެންމެ ފުލުގައި އޮތުމާ ގުޅިގެން. އެ ކްލަބުން މިހާރު އަންނަނީ އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން

އާޖެންޓީނާ މެޗު މައްސަލައިގައި މިސްރަށް ފީފާ އިން ފިޔަވަޅުތަކެއް

ވޯލްޑް ކަޕްގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކަށް ހިތްހަމަނުޖެހުން ފާޅުކޮށް ފާޑުކިޔުމުން، ފީފާ އިން ވަނީ މިސްރުގެ ކޯޗާއި ބައެއް ކުޅުންތެރިންނަށް ފިޔަވަޅު އަޅައިފައި. މިގޮތުން ކޯޗު ހޮސާމް ހަސަން އާއި އިބްރާހިމް ތިން މެޗަށް، އަދި ކުޅުންތެރިޔާ ޒީކޯ ފަސް މެޗަށް ސަސްޕެންޑް ކުރަން ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ ނިންމައިފައި

މެންޗެސްޓާ ސިޓީގެ ސެމެންޔޯ ދެ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް

މެންޗެސްޓާ ސިޓީގެ ފޯވާޑް އަންޓުއާން ސެމެންޔޯގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހު އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ. މި އަނިޔާ އޭނާއަށް ލިބުނީ އިޕްސްވިޗް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ކަމަށްވާއިރު، އޮޕަރޭޝަނެއް ކުރަން ނުޖެހުނަސް ފިޓްވާން އަށް ހަފްތާ ނަގާނެ ކަމަށް ކޯޗު ވަނީ ބުނެފައި.

ޕްރިމިއާ ލީގު ރަނގަޅުވާނީ ރެފްރީންގެ ފެންވަރު ވެސް ރަނގަޅުވެގެން

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ރެފްރީންގެ ފެންވަރު މަތިކުރަން ޖެހޭ ކަމަށް ކްލަބް އީގަލްސްގެ ކޯޗު ބެންޖޯ) ބުނެފި. އޭނާ މިހެން ބުނީ އެންމެ ފަހުން ދިއްދޫއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކުގެ ސަބަބުން ދިމާވި ގޮންޖެހުންތަކަށް އިޝާރާތްކޮށް، ކްލަބްތަކުގެ މަސައްކަތާ އެއްވަރަށް ރެފްރީންގެ ލެވަލް ރަނގަޅުކުރަން ޖެހޭ ކަމަށް

Newsletter

Get the latest news delivered straight to your inbox