ޒަރިޔަންދު ދެއްކި ވާހަކައިގެ މައްސަލަ ޕީއެސްއެމުން ބަލަނީ

އިސްމާއީލް ޒަރިޔަންދު: ޔެސް ޓީވީގައި ކުޅުންތެރިންގެ ހަމުގެ ކުލައާ ގުޅޭ ގޮތުން ދެއްކި ވާހަކައެއްގެ މައްސަލަ ބަލަނީ

އިސްމާއީލް ޒަރިޔަންދު: ޔެސް ޓީވީގައި ކުޅުންތެރިންގެ ހަމުގެ ކުލައާ ގުޅޭ ގޮތުން ދެއްކި ވާހަކައެއްގެ މައްސަލަ ބަލަނީ

ޕަބްލިކް ސާވިސް މީޑީއާ (ޕީއެސްއެމް) ގެ ކުޅިވަރު ޗެނަލް، ޔެސް ޓީވީން ގެނެސްދޭ ވޯލްޑްކަޕް ކަވަރޭޖްގެ ތެރެއިން ރޭގެ ޕްރޮގްރާމްގައި ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އިސްމާއީލް ޒަރިޔަންދު ދެއްކި ވާހަކާގައި މައްސަލައެއް ވޭތޯ ބަލަމުންދާ ކަމަށް އެ މީޑިއާގެ ސްޕޯޓްސް ޓީމުން ބުނެފި އެވެ.

ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ރޭ ސްޕެއިން އަދި މޮރޮކޯ ބައްދަލުކުރި މެޗަށް ފަހު، މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޒަރިޔަންދު ވަނީ ސްޕެއިންގެ ދެ ކުޅުންތެރިއަކަށް ނިސްބަތްކޮށް "ހަންކަޅު ދެ ކުދިން އަރުވައިގެން، ސްޕެއިނަށް ފައިދާއެއް ނުކުރި" ކަމަށް ބުނެފަ އެވެ.

ޒަރިޔަންދުގެ އެ ވާހަަކައަކީ ނަސްލީ ތަފާތު ކުރުމަށް ހިތްވަރުދިނުން ކަމަށް ބުނެ ސޯޝަލް މީޑިއާގައި އާންމުންނާއި ކުޅިވަރު ސަޕޯޓަރުންގެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

ޕީއެސްއެމްގެ ސްޕޯޓްސް ކަވަރޭޖް ހެޑް ހުސައިން ފަރިޔާޒް "އަދަދު" ނޫހަށް ވިދާޅުވީ ޕަބްލިކް ސާވިސް މީޑިއާގެ ގާނޫނުގައި އޮންނަ ގޮތުގެ މަތިން، އެ ސާވިސްގެ އެއްވެސް ޗެނަލެއްގައި މީހަކު ދެއްކި ވާހަކައަކާ ގުޅިގެން، އެއީ ރަނގަޅު ނޫން ވާހަކައެއް ކަމަށް ބެލެވޭނަމަ އެ މައްސަލައެއް ބަލާނެ ކަމަށެވެ.

"އަބަދުވެސް، މި ތަނުގެ އޮންނަ ސިސްޓަމް އެއީ، ޒަރިޔަންދުގެ ވާހަކާގައި ވެސް، މައްސަލައެއް އޮތްތޯ ބަލާނެ، މައްސަލައެއް އޮތް ނަމަ ފިޔަވަޅު ވެސް އަޅާނެ، ޕަބްލިކް ސާވިސްގެ ޗެނަލްއެއްގެ ލައިވް ފީޑަކަށް އަރުވާނެތޯ ނުވަތަ ނޫންތޯ ވެސް ނިންމާނެ،" ފަރިޔާޒް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox