ފުލުހެއް ގައިގައި ދަތް އެޅުމުގެ ކުށުގައި ދެ މަހަށް ޖަލަށް އަދި ދެ އަހަރަށް ގޭބަންދަށް

ކްރިމިނަލް ކޯޓު ސަރަހައްދު؛ ފުލުހެއްގެ ގައިގައި ދަތް އެޅިކަން ސާބިތުވެ ދެ އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި - ފޮޓޯ: އަދަދު ފައިލް

ކްރިމިނަލް ކޯޓު ސަރަހައްދު؛ ފުލުހެއްގެ ގައިގައި ދަތް އެޅިކަން ސާބިތުވެ ދެ އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި - ފޮޓޯ: އަދަދު ފައިލް

މަގުމަތީން ހުއްޓުވައި ބަލައިފާސްކުރަން އުޅުނު ފުލުހެއްގެ ގައިގައި ދަތް އެޅިކަން ސާބިތުވާ ކަމަށް ކަނޑައަޅައި، ދެ މަހަށް ޖަލަށް ލުމަށާއި ދެ އަހަރު ދުވަހުގެ މުއްދަތަކަށް ގޭބަންދުކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އެ މީހާގެ މައްޗަށް ދައުލަތުން ކުރާ ދައުވާގައިވާ ގޮތުން އެ ކަމެއް ހިނގައިދިޔައީ މިދިޔަ ޖެނުއަރީ މަހުގެ ދެވަނަ ދުވަހުގަ އެވެ. އޭނާ އަތުގައި ގަވާއިދާ ހިލާފު އެއްޗެއް އޮތް ކަމަށް ޝައްކު ކުރެވިގެން، ބަލައިފާސްކުރަން އުޅުނު ވަގުތު ދަތް އެޅީ ފުލުސް މީހާގެ ކަނާތު ކިހިލިފަތް ކައިރީގައި ކަމަށެވެ.

ދައުވާއަށް އެ މީހާ އިންކާރުކޮށްފައިވެ އެވެ. އަދި ފުލުހުން އޭނާއަށް އަނިޔާ ކުރި ކަމަށް ތުހުމަތުކޮށް ޝަރީއަތުގައި ވާހަކަ ދައްކާފައިވެ އެވެ.

ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅީ ހާދިސާ ހިނގި ތަނުގައި ތިބި އިތުރު ދެ ފުލުހެކެވެ. އަދި ކިތާބީ ހެކިންގެ ގޮތުގައި ފުލުސް މީހާއަށް އަނިޔާވެގެން ހޯދި ފަރުވާތަކުގެ ރިޕޯޓްތައް ހުށަހަޅާފައިވެ އެވެ.

އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އެ މީހާގެ މައްޗަށް އުފުލާފައިވާއިރު، ގާނޫނުލްއުގޫބާތުގައި އެ ކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

ކުށްކުރި ހާލަތާއި، ދައުވާ ރައްދުވާ މީހާ އާމްދަނީ ހޯދޭނެ މަސައްކަތެއްކޮށްގެން އާއިލާއެއް ބަލަހައްޓަމުންދާ ކަް އެނގެން އޮންނާނީ އެ އަދަބުން ބައެއް ގޭބަންދަށް ބަދަލުކުރުމަށް މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހް ނިންމެވި އެވެ.

ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފައިވަނީ އެ މީހާ ދެ މަހާއި ހަތަރު ދުވަހަށް ޖަލަށް ލުމަށާއި ދެ އަހަރާއި 10 މަސް ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox