ބުރިޖުގެ މަސައްކަތަށް ބޭނުންކުރި ކެރޭނު ވެއްޓުނީ ތަނބެއް ޖަހަން އުޅުމުގެ ތެރޭގައި

ބުރިޖުގެ މަސައްކަތުގައި ބޭނުންކުރާ އުޅަނދެއް -- ފޮޓޮ: އަބްދުﷲ އިޔާން / އަދަދު

ބުރިޖުގެ މަސައްކަތުގައި ބޭނުންކުރާ އުޅަނދެއް -- ފޮޓޮ: އަބްދުﷲ އިޔާން / އަދަދު

މާލެ އާއި ތިލަފުއްޓާ ދެމެދު އަޅާ ބުރިޖުގެ މަސައްކަތުގައި ގެންގުޅުނު ކެރޭނެއް މިއަދު ކަނޑަށް ވެއްޓުނީ ބުރިޖުގެ ތަނބެއް ޖެހުމުގެ ތެރޭގައި ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

އިންޑިއާގެ އެފްކޮންސް ކުންފުނިން ކުރިއަށް ގެންދާ މި މަޝްރޫއުގެ މަސައްކަތުގެ ތެރެއިން ކެރޭނު ކަނޑަށް ވެއްޓުނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގަ އެވެ.

ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު "އަދަދު" އަށް މައުލޫމާތު ދެއްވި ގޮތުގައި ކެރޭނުގެ ބޮޑު ބައި ވެއްޓުނީ ކެރޭނު ބަހައްޓާފައިހުރި ޕްލެޓްފޯމުގެ ތެރެއަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާާ ކަމަށް ވިދާޅުވި އެވެ.

އޭގެއިތުރުން، މި ކެރޭނު ވެއްޓުމުގެ ސަބަބުން ބުރިޖުގެ މަސައްކަތަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށާއި ޕްލޭނާއި އެއްގޮތަށް މަސައްކަތް ކުރިއަށްދާނެ ކަމުގެ ޔަގީންކަން ޕްލޭނިން މިނިސްޓްރީން ވަނީ ދީފަ އެވެ. އަދި، މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލާ ތަހުގީގެއް ކުރަން ޖެހޭނަމަ އެކަން ކުރާނެ ކަމަށްވެސް އެ މިނިސްޓްރީގެ އޮފިޝަލު ވިދާޅުވި އެވެ.

ތިލަމާލެ ބުރިޖުގެ މަސައްކަތުގައި މީގެ ކުރިންވެސް މިފަދަ ހާދިސާއެއް ވަނީ ހިނގާފަ އެވެ. އެގޮތުން ބުރިޖު ސާވޭއަށް ބޭނުންކުރަމުންދިޔަ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރާ ފަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ. މިދިޔަ އޮގަސްޓު މަހުގެ 16 ވަނަ ދުވަހު ވިލިމާލެ ފަރަށް އެރި އެ ޕްލެޓްފޯމް އެފްކޮންސްއަށް ފުންކުރެވުނީ އޭގެ 12 ދުވަސް ފަހުންނެވެ.

އެކަމާއި ގުޅިގެން ތިމާވެށީގެ ގިނަ ޖަމްއިއްޔާތަކުންނާއި އިދިކޮޅު ސިޔާސީ ފަރާތްތަކުންވެސް ވަނީ ސަރުކާރަށާއި އެފްކޮންސްއަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

އޭގެ ފަހުން ވިލިމާލޭ ފަރަށް ލިބުނު ގެއްލުން ބެލުމަށް އީޕީއޭއިން ސާވޭއެއް ހެދުމުން އެފްކޮންސްއިން ވަނީ އެ ސާވޭގެ ރިޕޯޓު ބަލައިނުގަނެ އީޕީއޭގެ ހުއްދައާއެކު އަލުން ސާވޭއެއް ހަދާފަ އެވެ. ދެ ސާވޭއަށް ބެލުމަށްފަހު އީޕީއޭއިން ވަނީ އެފްކޮންސް ކުންފުނި ލިބުނު ގެއްލުންތަކުގެ ބަދަލުގެ ގޮތުގައި އެ ކުންފުނި 69.4 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox