"ފަރްހާ" ފިލްމު؛ ޔަހޫދީންގެ އަނިޔާ އާއި ފަލަސްތީނުގެ ކެކުޅުން ސާދާކޮށް އަސަރާއެކު

ފަރްހާ ފިލްމުގެ މަންޒަރެއް

ފަރްހާ ފިލްމުގެ މަންޒަރެއް

ފަލަސްތީނުގެ ވާހަކައަކީ ނުވަތަ ފަލަސްތީނުގެ އަހުންނާއި އުހުތުންގެ ވާހަކައަކީ އަބަދުވެސް އިވޭ ވާހަކަ އެކެވެ. ކޮންމެވެސް ދިމާލަކުން ކަންފަތުގައި ޖެހި ޖެހި ހުންނަ އަޑެކެވެ. އިސްރާއިލުގެ އަނިޔާ އާއި އެކަމަށް ދުނިޔެއިން ދެމުންދާ ބީރު ކަންފަތުގެ ވާހަކަ އެވެ.

އެ ވާހަކަތަކާއި ހަގީގަތް، އުރުދުންގެ މަޝްހޫރު ފިލްމު ޕްރޮޑިއުސާ ދަރީމް ސައްލާމްގެ ފިލްމު "ފަރްހާ"ގައި ވަނީ ގެނެސްދީފަ އެވެ. މިއީ ހަގީގީ ހާދިސާއެއްގެ މައްޗަށް އެކުލެވިފައިވާ ފުރިހަމަ ފިލްމެކެވެ. ދަރީމް ބުނި ގޮތުގައި އެއީ އޭނާގެ މަންމަ އަށް ފަލަސްތީނުގެ އަންހެނަކު ކިޔައިދިން ވާހަކަ އެވެ. އޭނާގެ ލޮލުން ފެނި ހިތުގެ އެންމެ ފުންމިނުގައި ބިންވަޅު ނެގުނު ތަޖުރިބާ އެވެ. ދަރީމްގެ މަންމަ އާއި އެ އަންހެން މީހާއާ ބައްދަލުވީ ސީރިޔާގައި ހުރި ރެފިއުޖީ ކޭމްޕަކުންނެވެ.

އެމެރިކާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ދަރީމް ބުނި ގޮތުން އޭނާ ފިލްމު ޕްރޮޑިއުސަރަކަށްވި ހިސާބުން ވެސް ދުނިޔެއަށް އެންމެ ކިޔައިދޭން ބޭނުންވި ވާހަކައަކީ އޭނާގެ މަންމަ ހިއްސާކުރި އެ ވާހަކަ އެވެ.

Advertisement

"އަބަދުވެސް ސިކުނޑީގައި އިނދޭ މި ވާހަކަ، ވަރަށް ގިނައިން ވިސްނޭ އެ އަންހެން ކުއްޖާއަށް ކުރާނެ އަސަރާމެދު" ދަރީމް ބުންޏެވެ.

މިދިޔަ އަހަރު ނެރުނު "ފަރްހާ" ވައިގަ ހިފާފައި މިވަނީ މި މަހު އެކަކުން ފެށިގެން ނެޓްފްލިކްސްއިން އެ ފިލްމު ސްޓްރީމް ކުރެވޭނެ ގޮތް ހެދުމުންނެވެ.

"ފަރްހާ" ފިލްމުން ފެންނަ މަންޒަރު

ފިލްމުގެ ފެށުމުން ދައްކުވައިދިނީ 1948 ވަނަ އަހަރު އިސްރާއިލުން ފަލަސްތީނުގައި ހިންގި ގަތުލުއާންމު ނުވަތަ ނަކްބާގެ ކުރިން އެ ގައުމު އޮތް ހާލަތެވެ. އުފަލުގައި ރައްޔިތަކު ދިރިއުޅެމުންދިޔަ ފަލަސްތީނުގެ މިނިވަން ޖައްވެވެ. ފަރްހާ އަކީވެސް އޭރު ފަލަސްތީނުގެ އަވަށެއްގައި ދިރިއުޅެމުންދިޔަ 14 އަހަރުގެ އަންހެން ކުއްޖެކެވެ. މި ފިލްމުގައި ދައްކުވައިދިނީ 1984 ވަނަ އަހަރު އިސްރާއިލު ސިފައިން ފަލަސްތީނަށް އަރާ ހިންގި ގަތުލުއާމު ނުވަތަ ނަކްބާގެ ހިތި ހާދިސާއެކެވެ. ފަރްހާ އަށް އެ ނަކްބާގައި ފެނުނު ހިތުން ނުފިލާނެ މަންޒަރެއްގެ ވާހަކަ އެވެ.

އިސްރާއިލުގެ ހަމަލާތަކާއެކު ފަރްހާގެ ބައްޕަ އޭނާ ފޮރުވީ ގޭގެ ގުދަނުގެ ތެރޭގަ އެވެ. ހަމަލާ ދިނުން ހުއްޓާލުމުން އެނބުރި އަންނާނެ ކަމަށް ބުނެ ބައްޕަ ދިއުމުން ފަރްހާ އެތައް ދުވަހެއް ހޭދަކުރީ އެ ގުދަނުގަ އެވެ. ބިރާއި ހިތާމައިގައި އެތައް ދުވަހެއް ހޭދަކުރި ފަހުން އޭނާއަށް ފެނުނީ ފަލަސްތީނުގެ އާއިލާއެއް އޭނާގެ ގެއަށް ވަދެ ހިމާޔަތް ހޯދަން މަސައްކަތް ކުރި ތަނެވެ. ދެ ކުދިންނާއި މާބަނޑު އަންހެނެއް އަދި އޭނާގެ ފިރިމީހާ އެވެ.

އިސްރާއިލުގެ ސިފައިންނަށް ފިލައިގެން އެގެއަށް ވަދެ ގިނަ އިރުތަކެއް ނުވަނީސް އެ މާބަނޑު މީހާ އޭނާގެ ފިރިމީހާގެ އެހީއާއެކު ވިހެއި ތަނެވެ. އެ ދެމަފިރިންގެ ފިރިހެން ދަރިއަށް އެމީހުން ނަންދިނީ "މުހައްމަދު" އެވެ. ނަމަވެސް ކުއްލިއަކަށް މަންޒަރު ބަދަލުވި އެވެ. އިސްރާއިލުގެ ސިފައިން އެ ސަރަހައްދަށް އައުމުން ފިރިހެން މީހާ އޭނާގެ އާއިލާއަށް ފިލަން ފުރުސަތުދީ ގެއިން ނިކުތް ނަމަވެސް އިސްރާއިލުގެ ސިފައިން އެ ގެ ބަލައިފާސްކޮށް އާއިލާގެ އެންމެން އެއްކުރި އެވެ.

ދެން ފެނުނު މަންޒަރަކީ ހިތްދަތި، ލޮލުން ކަރުނަ ހިލޭ ވަރުގެ މަންޒަރެކެވެ. އިސްރާއިލުގެ ސިފައިން އެ އާއިލާގެ އެންމެން ސަފަކަށް އަތުރާލައި ބަޑިޖަހައި މަރާލި މަންޒަރު ފަރްހާއަށް ފެނި ހުއްޓުން އެރި އެވެ، މުހައްމަދު ފިޔަވާ އާއިލާގެ އެންމެ މަރާލީ ބަޑިންނެވެ. މުހައްމަދު ދޫކޮށްލީ ބަނޑަށް މަރުވާށެވެ.

ގުދަނުގެ ދޮރު ހަލާކުކޮށްލާ ފަރްހާއަށް ނުކުމެވުނީ އޭގެ ދުވަހެއްވަރު ފަހުންނެވެ. މުހައްމަދުގެ ކުރު ހަޔާތް އޭރު ވަނީ ނިމި ގޮސްފަ އެވެ. ފަރްްހާ ދެން އަމިއްލަ ގައުމު ދޫކޮށް ދާން ޖެހުނީ ސީރިޔާ އަށެވެ. އޭނާގެ ބައްޕަ އަދި އާއިލާގެ އެހެން އެއްވެސް މީހަކު ވީތަނެއް އޭނާއަށް ނޭނގެ އެވެ.

މި މަންޒަރުތައް ގެނެސްދީފައި ވަނީ ސާދާކޮށް، އަދި އެހާމެ އަސަރުން ފުރިގެންވާ ގޮތެއްގަ އެވެ.

އިސްރާއިލުގެ ނުރުހުމަށް ނެޓްފްލިކްސް އިން އިޖާބަ ނުދިން

"ފަރްހާ" ރިލީޒުކުރުމަކީ އިސްރާއިލަށް ކެތްކުރެވުނު ކަމަކަށް ނުވި އެވެ. މި ވާހަކަ އަކީ ދޮގެއް ކަމަށާއި މިއީ އިސްރާއިލާ ދެކޮޅަށް ހިންގާ ޕްރޮޕެގެންޑާއެއް ކަމަށް ބުނެ އިސްރާއިލު ސަރުކާރުގެ އިސް ވެރިންވެސް ވަނީ ވާހަކަ ދައްކައިފަ އެވެ.

ފިލްމުން އެ ފެންނަނީ މިއަދުގެ ވެސް ހަގީގަތެވެ. މި އަހަރު މިހާތަނަށް އިސްރާއިލުން ދިން އެކި ހަމަލާތަކުގައި ފަލަސްތީނުގެ 140 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވެ އެވެ.

ކުރިން ބުނެވުނުހެން ފަރްހާ ވައިގައި ހިފާފައިމިވަނީ ނެޓްފްލިކްސްއަށް ފިލްމު ލުމުންނެވެ. އެކަން ވިޔަ ނުދިނުމަށް ވެސް އިސްރާއިލުން ގިނަ މަސައްކަތްތަކެއް ކުރި އެވެ. ނެޓްފްލިކްސްއިން ފިލްމު ނެގުމަށް އަދިވެސް އިސްރާއިލުން ދަނީ އެ ކުންފުންޏަށް 'ބިރު ދައްކަމުން' ނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox