ކުޅުދުއްފުށީ ރޯހައުސްތައް ރަސްމީކޮށް ކައުންސިލާ ހަވާލުކޮށްފި

Dec 2, 2022, 1:51 AM
ރޯހައުސްތައް ހަވާލުކުރަން ރޭ ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

ރޯހައުސްތައް ހަވާލުކުރަން ރޭ ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

ކުޅުދުއްފުށީގައި ސަރުކާރުން އިމާރާތްކުރި 165 ރޯހަރުސް އެ ރަށު ކައުންސިލާ ރޭ ރަސްމީކޮށް ހަވާލުކޮށްފި އެވެ.

ބޮޑުތިލަތުންމަތީގެ އެންމެ އާބާދީ ބޮޑު ރަށް، ކުޅުދުއްފުއްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދިނުމަށް 2011 ފެށި ރޯހައުސްގެ މަޝްރޫއުގެ ބޮޑުބައެއް ނިމިފައި ހުއްޓައި، އެ މަޝްރޫއު ހުއްޓުނީ 2012 ވަނަ އަހަރު ފެބްރުއަރީ މަހު އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ހިސާބުންނެވެ.

އެއަށް ފަހު އެ އިމާރާތްތައް ވީނާރާވާން ދޫކޮށްލާފައި ހުރުމަށް ފަހު، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ގާތްވެފައި ވަނިކޮށް އެތަނުން ބައެއް އިމާރާތް ނިންމައި މީހުން ވެއްދި އެވެ.

Advertisement

ބާކީ ހުރި 105 މަރާމާތުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ.

އެ މަޝްރޫއުގެ މަސައްކަތް ނިންމައި ރޭ ބޭއްވި ރަސްމިއްޔާތުގައި ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފްއާ ރޯހައުސްތައް ހަވާލުކޮށް ދެއްވީ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އެވެ.

މި ސަރުކާރުން މަރާމާތުކޮށް ނިންމި 105 ރޯހައުސްއަށް މީހުން ވައްދާފައި ވަނީ ނިމިދިޔަ ހަފުތާގައި ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެ އެވެ.

ދެ ފަންގިފިލާ އަށް ހަދާފައިވާ ރޯހައުސްތައް ދޫކޮށްފައިވަނީ އިމާރާތުގެ އަގު މަހު ކުލީގެ ގޮތުގައި އަދާކުރާ ގޮތަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox