ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރާ ޖަމިއްޔާތަކަށް ހާއްސަކޮށް ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ހުޅުވާލި "ސްމޯލް ގްރާންޓް" ފަންޑުގެ ދަށުން ހިލޭ އެހީ ލިބޭ ފަރާތްތައް ހޮވައިފި އެވެ.
ބީއެމްއެލްގެ ސްމޯލް ގްރާންޓް ފަންޑަކީ އެ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިޔުމަށް ނިންމި ހަރަކާތްތަކުގެ ތެރެއިން ފަސްވަނަ ހަރަކާތެވެ.
ސްމޯލް ގްރާންޓް ފަންޑުގެ ދަށުން ހިލޭ އެހީ ލިބޭ ޖަމިއްޔާތަކަކީ:
- މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (އެމްއޯޕީއޭ)
- ހުވަދޫ އެސޯސިއޭޝަން ފޯ ޓުއަރިޒަމް (ހެޓް)
- ވާދޫ އެސޯސިއޭޝަން ފޯ ފިއުޗާ ޑިވެލޮޕްމަންޓް (ވީއޭއެފްޑީ)
- ކުމުންދޫ ރިވައިވަލް އިނީޝިއޭޓިވް (ކުރެވި)
- ވިމެން އިން ފުވައްމުލައް
- ސްމޯލް އައިލެންޑް ރިސާޗް ގްރޫޕް
- ހުވަދޫ އެއިޑް
- ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީ (ކިޑްސް)
ބީއެމްއެލްއިން ބުނީ މި ޖަމިއްޔާތަކުގެ ތެރެއިން ކޮންމެ ޖަމިއްޔާއަކަށް ދެމެހެއްޓެނިވި ތަރައްގީ އާއި ތިމާވެއްޓާ ގުޅުންހުރި ޕުރޮޖެކްޓުތައް ހިންގުމަށް އެ ބޭންކުން 250،000ރ. ދޭނެ ކަމަށެވެ. ބީއެމްއެލްއަކީ ރާއްޖޭގައި ބޭންކިންގެ ހިދުމަތް ދޭ އެންމެ ބޮޑު ބޭންކެވެ.










