ނިހާނުގެ ހެކިންގެ ގޮތުގައި ރައީސް އާއި ނައިބު ރައީސް ބަލައިނުގަތް މައްސަލަ ހައި ކޯޓަށް

ރައީސް ސޯލިހް އަދި ނައިބު ރައީސް ފައިސަލް؛ ނިހާންގެ ދިފާއީ ހެކިންނަށް ބަލައިނުގަތް މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި - ފޮޓޯ: އަވަސް

ރައީސް ސޯލިހް އަދި ނައިބު ރައީސް ފައިސަލް؛ ނިހާންގެ ދިފާއީ ހެކިންނަށް ބަލައިނުގަތް މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި - ފޮޓޯ: އަވަސް

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން، މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާނުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގަމުންދާ ޝަރީއަތަށް، އޭނަގެ ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހެޅި ބައެއް ހެކިތައް ބަލައިނުގަންނަން ނިންމި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.

ނިހާނުގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހިފުމުގެ ތިން ދައުވާއަކާއި ރިޝްވަތަށް އެދުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގައި ނިހާނު ހުށަހެޅި ހެކިތައް ބަލައިނުގަތުމަށް ދައުލަތުން ހުށަހަޅާފައިވެ އެވެ. އެއިން ބައެއް ހެކިތަކަކީ މައްސަލައާ ގުޅުމެއް ނެތް ހެކީގެ ގޮތުގައި ޝަރީއަތުން ކަނޑައެޅި އެވެ.

އޭގެ ތެރޭގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަދި ނައިބު ރައީސް ފައިސަލް ނަސީމް ހިމެނެ އެވެ. އެ ދެ ބޭފުޅުން ހެއްކެއްގެ ގޮތުގައި ހުށަހެޅީ، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ނިހާން އަދާކުރައްވަން ޖެހޭ ދައުރު ސާފުކޮށްދިނުމަށެވެ.

Advertisement

އެ މަޖިލީހުގައި ހިންނަވަރު ދާއިރާގެ މެމްބަރަކީ ސޯލިހެވެ. ކާށިދޫ ދާއިރާގެ މެމްބަރަކީ ފައިސަލް އެވެ. އެ ދެ ބޭފުޅުން ވެސް 18 ވަނަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ހިމެނިވަޑައިގެންނެވި އެވެ.

ނިހާނަށް ކުރާ ދައުވާގައި އޭނާ މާލިއްޔަތު ކޮމިޓީގައި އާދަ ކުރައްވާފައިވާ ދައުރާ މެދު ސުވާލު އުފައްދަވާފައި ނެތުމުން އެ ކަން ޝަރީއަތަށް ސާބިތުކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ކްރިމިނަލް ކޯޓުގައި އެ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ނިންމެވި އެވެ.

ނިހާނުގެ ދިފާއީ ވަކީލު ހުސްނީ މުބާރަކް "އަދަދު"ނޫހަށްް މިއަދު ވިދާޅުވީ އެ ހެކިތައް ބަލައިނުގަތުމަށް ދަށު ކޯޓުން ނިންމާފައިވާ ނިންމުމުގެ އިތުރަށް ޝަރީއަތުގެ ކުރިން ނިހާނުގެ ފަރާތުން ހުށަހެޅި ބައެއް ހުށަހެޅުންތައް ބަލައިނުގަންނަން ނިންމި ނިންމުން ވެސް ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ކަމަށެވެ.

"ރައީސް އަދި ނައިބު ރައީސް ވެސް ހިމެނޭ ގޮތަށް ނިހާނު ހުށަހެޅި ބައެއް ދިފާއީ ހެކިން ޝަރީއަތަށް ބަލައިނުގަންނަން ނިންމި ނިންމުން ވެސް ހިމެނޭނެ، އިސްތިއުނާފްކޮށްފައިވާ މައްސަލާގައި،" ހުސްނީ މުބާރަކް ވިދާޅުވި އެވެ.

އިސްތިއުނާފުކޮށްފައިވާ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން އަދި ގޮތެއް ނުނިންމާ ކަމަށް ހައި ކޯޓުގެ ރަޖިސްޓްރީން ދައްކަ އެވެ.

ނިހާންގެ ފަރާތުން ހުށަހެޅި ހެކިންގެ ތެރޭގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި، ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް، އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވެސް ހިމެނެ އެވެ. ހެކިންގެ ގޮތުގައި އެ ބޭފުޅުން ބަލައިގަތުމަށް ދަށު ކޯޓުން ނިންމާފައިވެ އެވެ.

އެއީ އެ ތިން ބޭފުޅުން ކުރައްވާފައިވާ ޓްވީޓްތަކާ ގުޅޭ ގޮތުން ބައެއް ކަންކަން ސާފުކުރުމަށެވެ. އެ ޓްވީޓްތަކަކީ އެމްއެމްޕީއާރުސީގެ ހިޔާނާތް ހިންގެވުމުގައި އިސްކޮށް އުޅުއްވި ކަމަށް އެއްބަސްވެ ގޭ ބަންދުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ފޯނާ ގުޅޭ ގޮތުން އެ ބޭފުޅުން ކުރައްވާފައިވާ ޓްވީޓްތަކެކެވެ.

މައްސަލައިގެ ފަސްފަހަތް

ނިހާންގެ މައްޗަށް ދައުވާ އުފުލައި، ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނި ގޮތުގައި ވިލިމާލެ ދާއިރާގެ މެންބަރުކަމުގައި އަދި މާލިއްޔަތު ކޮމެޓީގެ މުގައްރިރުގެ މަގާމުގައި ހުރިއިރު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަރިހު ރިޝްވަތަށް އެދި، ރިޝްވަތު ގަބޫލުކޮށްފައިވެ އެވެ.

ނިހާނަށް ލިބިފައިވާ އެއްވެސް ފައިސާއެއް ލިބުނުކަން އޭނާ 2014 އިން ފެށިގެން 2019 އާ ދެމެދު ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި ހިމަނާފައިނުވާކަން ވެސް ޕީޖީ އޮފީހުން ފާހަގަކޮށްފައިވެ އެވެ.

ދައުވާގައި ބުނަނީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ އޮޑިޓު ރިޕޯޓްގެ މައްސަލަ މާލިއްޔަތު ކޮމިޓީގައި އެޖެންޑާ ނުކޮށް ނިހާން ބޭއްވި އެވެ. އެގޮތަށް ކަން ކޮށްފައިވަނީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދި އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މުގުލުގައި ހުރި އަހުމަދު އަދީބު އަންގައިގެން ކަމަށާއި އޭގެ ބަދަލުގައި ނިހާން ވަނީ އަދީބުގެ އަތުން އެއް ލައްކަ ފަންސާސް ހާސް ޑޮލަރު ހޯދާފައި ކަމަށް ދައުވާގައިވެ އެވެ. އެކަމާ ގުޅިގެން އުފުލާފައިވަނީ ރިޝްވަތު ހިފުމުގެ ދައުވާ އެވެ.

އެ ފައިސާ, އެސްއޯއެފްގެ އެކައުންޓަކުން ޖަމާކޮށްފައިވަނީ ނިހާންގެ ބޭބެއެއް ކަމަށްވާ މުހައްމަދު އިނާން, ސިލޯން ބޭންކްގައި ހުޅުވާފައިވާ އެކައުންޓަކަށެވެ. އަދި, އޭގެފަހުން އެ އެކައުންޓުން ޖޭ ހޮޓެލްސްގެ ނަމުގައި ހަބީބު ބޭންކްގައި އޮތް އެކައުންޓަކަށް އެ ފައިސާ ފޮނުވުމަށްފަހު, ޕްލެޓިނަމް އެޕާޓްމެންޓަށް ފައިސާ ދެއްކުމުގެ ގޮތުން އެ އެކައުންޓުން އެއް މިލިއަން ނުވަލައްކަ ރުފިޔާ ނިހާން ހަރަދުކޮށްފައި ވެ އެވެ.

މިކަމާ ގުޅިގެން ނިހާންގެ އެ އަމަލަކީ ފައިސާގެ އަސްލު އޮޅުވާލައި, ކަޅު ފައިސާ ދޮވުން ކަމަށް ތުހުމަތުކޮށް ކޮށްފައިވަނީ މަނީ ލޯންޑްރިންގެ ދައުވާ އެވެ.

ރިޝްވަތަށް އެދުމުގެ ދައުވާގައި ވަނީ ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމަށް މީހަކު އައްޔަން ކުރުމާއި ޖުޑީޝަލް ސާވިސް ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން މެންބަރަކު ހޮވުމުގެ ވޯޓާ ދިމާކޮށް ރޮލެކްސް ގަޑިއެއް ބޭނުންވާ ކަމަށް އަދީބު ގާތު ނިހާން ބުނެފައިވާ ކަމަށެވެ.

ފަހު ދެ ދައުވާ ކަމަށްވާ ރިޝްވަތު ލިބިގަތުމަށް އެދުމުގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާ ނިހާންގެ މައްޗަށް އުފުލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދީބު އަތުން ނެގި ކަމަށް ބުނާ ހަ ލައްކަ ރުފިޔާއާ ގުޅޭ ގޮތުންނެވެ.

މި ދައުވާތަކަށް ނިހާން އިންކާރުކޮށްފައިވާއިރު، ޝަރީއަތް ނިމެންދެކަށް އޭނާ ފުރުން މަނާކޮށް ޕާސްޕޯޓް ވަނީ ހިފަހައްޓައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox