ބަޖެޓު ބަހުސްގައި ދެ ފެކްޝަންގެ ރިޔާސީ ކޯޅުން

ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ. -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ. -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

"ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތެއް ނުކުރަމޭ ބުނަންޏާ ހަމަ މާލޭގެ ބޯހިޔާވަހިކަން ވެސް ހިމަނަން ޖެހޭނެ. އިއްޒަތްތެރި ރައީސް، މިވަރަށް ސަރުކާރުން މާލެއަށް ނޯ ޖަހާފައި ދެން ރައީސުލްޖުމްހޫރިއްޔާ ނިކުމެވަޑައިގެން ތިމަންނާ އަށް ދެ ވަނަ ދައުރޭ ވިދާޅުވީމާ އިއްޒަތްތެރި ރައީސް، އެއީކީ އަޅުގަނޑަށް ޗޮއިސެއް ނޫން."

އަންނަ އަހަރަށް ލަފާކުރާ 42.8 ބިލިއަން ރުފިޔާގެ ބަޖެޓުގެ ފަހު ބަހުސްގައި ފުރަތަމަ ވާހަކަ ދެއްކެވި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲގެ ވާހަކަ އެ ގޮތަށް ނިންމާލެއްވުމާއެކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރައްވާ އެމްޑީޕީގެ މެމްބަރުންނާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ މެމްބަރުންނާ ދެމެދު ބަހުގެ ހަމަލާތައް އިއްޔެގެ ޖަލްސާގައި ވެސް ފެށުނެވެ.

ވެރިކަންކުރާ އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތްއިރު، އެ ޕާޓީގެ 66 މެމްބަރުންގެ ތެރެއިން ރައީސް ސޯލިހަށް ތާއިދު ކުރައްވާ މެމްބަރުންނަށް، ތާރީހުގައި ފާސްކުރާ އެންމެ ބޮޑު ބަޖެޓު ފެނިވަޑައިގަންނަވަނީ ރައްޔިތުންގެ ބޭނުންތައް ފުރިހަމަވެ، ތަރައްގީ އަންނާނެ އުއްމީދީ ބަޖެޓެއްގެ ގޮތުގަ އެވެ. ނަޝީދަށް ތާއިދު ކުރައްވާ މެމްބަރުންނަށް ފެނިވަޑައިގަންނަވަނީ އުއްމީދެއް ނެތް ބަޖެޓެއްގެ ގޮތުގަ އެވެ.

ނަޝީދުގެ މެމްބަރުންނަށް ރައީސް ސޯލިހަކީ ޗޮއިސްއެއް ނޫން

އިއްޔެގެ ޖަލްސާގައި ފުރަތަމަ ވާހަކަ ދެއްކެވި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ، އޭނާގެ ބަސްމޮށުންތެރި އަދި ހަލުވި ދުލުން ތަރުތީބަކުން ވިދާޅުވަމުން ގެންދެވީ ރައީސް ސޯލިހަކީ 2023 އަށް ޗޮއިސްއެއް ނޫންކަން ފާހަގަ ކުރެއްވުމުގެ ވާހަކަ އެވެ.

އެންމެ ބޮޑު މައްސަލައަކަށް އީވާ ފާހަގަ ކުރެއްވީ މާލޭގެ ރައްޔިތުންނަށް ގޯތި ނުދީ އޮތުމެވެ. އެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. ނަމަވެސް ދައުރުގެ އެންމެ ފަހު އަހަރަށް އެކަން ފުރޮޅިގެން އައުމަކީ ސަރުކާރުން މާލެއަށް އިސްކަން ނުދިނުން ކަމަށް އީވާ ގަބޫލުކުރައްވަ އެވެ.

އެމްޑީޕީގެ ކޮންގްރެސްގައި އެ ޕާޓީގެ ބައެއް އިސްވެރިން: މަޖިލީހުގައި ޕާޓީގެ ދެ ފެކްޝަނުގެ ކޯޅުން ފެނޭ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
އެމްޑީޕީގެ ކޮންގްރެސްގައި އެ ޕާޓީގެ ބައެއް އިސްވެރިން: މަޖިލީހުގައި ޕާޓީގެ ދެ ފެކްޝަނުގެ ކޯޅުން ފެނޭ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އެމްޑީޕީގެ ކޮންގްރެސްގައި އެ ޕާޓީގެ ބައެއް އިސްވެރިން: މަޖިލީހުގައި ޕާޓީގެ ދެ ފެކްޝަނުގެ ކޯޅުން ފެނޭ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ސަރުކާރަށް ނިސްބަތްވާ މެމްބަރުން އުއްމީދީ ބަޖެޓެކޭ ވިދާޅުވާކަން ފާހަގަ ކުރައްވައި ވެރިކަންކުރާ އެމްޑީޕީއަށް ނިސްބަތްވާ އީވާ ވިދާޅުވީ އެގޮތަށް ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވިދާޅުވަނީ ބަޖެޓުގައި އޮތް އެއްޗެއް ރަނގަޅަށް ނުބައްލަވައި ތިއްބަވައިގެން ކަމަށެވެ.

އުއްމީދޭ ކީކީނުން ގޮސް އެ ދަރަނި [ބަޖެޓުގެ ދަރަނި] އަރަންޏަށް ހެދެންޏާ އަޅުގަނޑަކަށް ވުރެން ވަކި ގިނައިން އުއްމީދޭ ކިޔާނެ މީހަކު ނުވާނެ. އުއްމީދޭ ކީކީނުން ގޮސް ގަލޮޅު އުތުރަށް ބޯހިޔާވަހިކަން ފޯރުކޮށް ދެވެންޏާ އިއްޒަތްތެރި ރައީސް ހަމަ އަސްލަށް ވެސް އަޅުގަނޑަށް ވުރެ ވަކިން ބާރަށް އުއްމީދޭ ކިޔާނެ މީހަކު ނުވާނެ،" އޭނާ ވިދާޅުވި އެވެ.

އަންނަ އަހަރުގެ ބަޖެޓު، އުއްމީދީ ބަޖެޓެއްގެ ގޮތުގައި އީވާ އަށް ފެނިވަޑައިނުގަންނަވާ ސަބަބުތައް ހާމަކުރެއްވެވި އެވެ. އެކަންކަމުގެ ތެރެއިން ބައެއް ކަންކަމަކީ؛

  1. އެމްއެމްއޭއިން ސަރުކާރަށް ނެގި ފައިސާ އަނބުރާ ދައްކާފައި ނެތުމާއި އެކަމަށް 2023 ގެ ބަޖެޓުގައި ޕްލޭނެއް ނެތުން
  2. ހަރަދު ބޮޑުވުމާއި އިގުތިސޯދަށް ދިރުން ލިބޭނެ ކަންކަން ނުކުރުން
  3. ޓެކްސް ބޮޑުކުރުން
  4. އަމިއްލަ ވިޔަފާރިތަކަށް ފުރުސަތު ހަނިވަމުން ދިއުން
  5. ބޭރުގެ އެހީ ދަށްވެ، އެތެރެއިން ނަގާ ދަރަނިން މަޝްރޫއުތައް ހިންގުން
  6. ސަރުކާރުން ވިޔަފާރި ކުރުން. ސަރުކާރުން އާންމު ވިޔަފާރިތައް ކުރުމަކީ އެމްޑީޕީގެ އެންމެ އަސާސީ ވިސްނުމާ ހިލާފު ކަމެއް ކަމަށް ވިދާޅުވި.
  7. ސަރުކާރުގެ ކުންފުނިތަކަށް "ސިޔާސީ މީހުން" ލުން

އިތުރު ބައެއް ކަންކަން ފާހަގަ ކުރެއްވުމަށް ފަހު، އީވާ ވިދާޅުވީ ބަނދަރާއި ނަރުދަމާއާއެކު އެމްޑީޕީ ސިފައިގެ އެމްޑީޕީގެ އަސްލު ވައުދެއް ވެސް ފުއްދާންޖެހޭ ކަމަށެވެ. އޭނާ އެ ފާހަގަ ކުރެއްވީ އެމްއެމްޕީއާރުސީގެ މައްސަލަ އާއި، ނޫސްވެރިޔާ ރިލްވާނާއި ބްލޮގަ ޔާމީން ރަޝީދަށް އިންސާފު ހޯދާތަން ނުފެންނަ ވާހަކަ އެވެ. އެ ކަންކަމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ.

"ދިވެހި ރައްޔިތުން ކުރި އުއްމީދު ފޯރާ ފަށަކީ ބަނދަރަކަށް ހަދާފައި ނިންމައެއް ނުލެވޭނެ. ދިވެހި ރައްޔިތުންގެ އުއްމީދު ނިމޭ ހިސާބަކީ ބަނދަރަކަށް ހަދައެއް ނުލެވޭނެ،" އޭނާ ވިދާޅުވި އެވެ.

މަޑަވެލީ ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯގައި ކަނޑައަޅާފައިވާ ގޮތަށް ވައުދުތައް ނުފުއްދޭ ކަމަށާއި މެނިފެސްޓޯގެ އެއްބައި ހިންގާފައި ވެރިކަން ކުރަން ދެ ވަނަ ދައުރެއް ދެއްވަން ވިދާޅުވިޔަސް އެކަމެއް ނުވާނެ ކަމަށެވެ.

"[އެއީ] އަޅުގަނޑަކަށް ޗޮއިސެއް ނޫން. އެހެންވީމާ އަޅުގަނޑު ހަމަ ތަކުރާރުކޮށް ދަންނަވަން، މި ބަޖެޓަކަށް ވެސް އިއްޒަތްތެރި ރައީސް، މި ބަޖެޓަކަށް ވެސް އަދި މިހާރު މި ހިނގަމުންދާ މަސައްކަތްތަކަށް ވެސް މި ހިނގާ ކަންކަމަށް ވެސް އަޅުގަނޑަށް ތާއިދު ކުރެވޭކަށެއް ނެތް. ދެ ވަނަ ދައުރެއް ދޭކަށް ތާއިދު ކުރެވޭކަށެއް ނެތް،" އޭނާ ވިދާޅުވި އެވެ.

ރައީސް ސޯލިހަށް ތާއިދު ކުރައްވާ މެމްބަރުންގެ ތެރެއިން، އީވާ އަށާއި ނަޝީދަށް އެންމެ ވަރުގަދައަށް ރައްދު ދެއްވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްއަށް އީވާގެ ވާހަކަތައް ސިފަ ކުރެެއްވުނީ ރައީސް ނަޝީދަށް ވެރިކަން ކުރުމުގެ ފުރުސަތު ގެއްލިގެން އުފެދިފައިވާ ޖަޒުބާތެއްގެ ގޮތުގަ އެވެ.

އުއްމީދު ގެއްލިގެން މި އުޅެނީ ހަމަ އެންމެ ކަމަކާ ހުރެ. ތިމާއަށް ވެރިކަން ނުލިބޭ މައްސަލަ. އުއްމީދަކީ ބަރުލަމާނީ ނިޒާމު ކަމަށް ވަންޏާ، އާދެ އުއްމީދެއް ނެތް އިއްޒަތްތެރި ރައީސް. އުއްމީދަކީ ޕްރައިމް މިނިސްޓަރުކަން ކަމުގައި ވަންޏާ، އާދެ، އުއްމީދެއް ނެތް އިއްޒަތްތެރި ރައީސް. ދިވެހި ރައްޔިތުންނެއް އެ ކަންކަން ބަލައިގަންނާކަށް ނޫން ހުރީ،" ރޮޒައިނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަދި ކިތަންމެ ވަރަކަށް އުއްމީދު ދޭން ބޭނުން ވިޔަސް މިކަމުގައި އުއްމީދު ދެވޭނެ ގޮތެއް ނެތް އިއްޒަތްތެރި ރައީސް. ދެން ކިހިނެއްތޯ ހަދާނީ؟. އެކަމާ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަށާއި ދިވެހި ރައްޔިތުންނަށް ލިބެން ހުރި ތަރައްގީ އަށާއި މި ހުރިހާ ކަމަކާ ޖައްސާލައިގެން އުޅެންވީ ނޫން އިނގޭތޯ. ހާލަތު އޮތްގޮތް ގަބޫލުކުރަންވީ."

ރޮޒައިނާ ވިދާޅުވީ ނަޝީދު އާއި އެ މަނިކުފާނުގެ އަރިހުގައި ތިއްބެވި ބޭފުޅުންނަށް ޑިމޮކްރަސީ ހަދާން ނެތި ކަލްޓު އުސޫލަށް ބަދަލުވެގެން ގޮސްފައިވާ ކަމަށެވެ. އެހެންވެ، ރައްޔިތުން އެކަންކަން ގަބޫލުކުރާނެ ކަމަށް އުއްމީދު ކޮށްގެން އެ ބޭފުޅުން ތިއްބެވުމަކީ އުއްމީދެއް އޮންނާނެ ކަމެއް ނޫން ކަން ފާހަގަ ކުރެއްވެވި އެވެ.

"އުއްމީދަކީ އަޅުގަނޑުމެންގެ ދިވެހި ރައްޔިތުންނަށް މިއަދު ފެންނަމުން މިދާ ތަރައްގީ."

އިދިކޮޅަށް ވުރެ ބޮޑަށް ބަޖެޓަށް ފާޑުކީ އެމްޑީޕީގެ މެމްބަރުން

ބަޖެޓު އެކުލަވާލިއިރު ކޮމިޓީން ކަންކުރި ގޮތާއި ބަޖެޓުން ފައިސާ ކަނޑައަޅާފައިވާ ގޮތާއި ބަޖެޓުގެ ތަސައްވުރު، ރައީސް ސޯލިހުގެ މެމްބަރުންނަށް އުއްމީދީ ގޮތަކަށް ފެނުނަސް ނަޝީދުގެ މެމްބަރުންނަށް ފެންނަ މަންޒަރު ތަފާތެވެ.

އަންނަ އަހަރުގެ ބަޖެޓުން ރައްޔިތުންނަށް މާ ބޮޑު ފައިދާއެއް، ލުޔެއް ލިބޭ ތަނެއް ނުފެންނަ ކަމަށާއި ފެންނަނީ ރާއްޖެ ދަރަމުންދާކަމުގެ އަލާމާތްތައް ކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވި އެވެ. އޭނާ އެ ފާހަގަ ކުރެއްވީ ދައުލަތުގެ އިދާރާތަކުންނާއި ސަރުކާރުގެ ކުންފުނިތަކުން އަމިއްލަ ފަރާތްތަކަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދައްކާ އޮތުމެވެ. އަދި ސަރުކާރުން އެސްއޯއީތަކަށް އެތައް ބިލިއަން ރުފިޔާއެއް ދައްކަން ޖެހިފައި އެބަ އޮތުމެވެ. ހަމައެކަނި އެސްޓީއޯއަށް ހަތަރު ބިލިއަން ރުފިޔާ ދައްކަން އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ގައުމެއް ދަރަން ފެންނަ އަލާމާތްތައް. މިކަމުން އަޅުގަނޑުމެން ފިލާވަޅު ދަނެގަނެގެން ތިބެ މިކަންކަން ހައްލުކުރުމަށް އެންމެން މަސައްކަތްކުރަންޖެހޭ،" އޭނާ ވިދާޅުވި އެވެ.

ސަރުކާރު ބަނގުރޫޓު ވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ވެސް ވަރަށް ގިނައިން ވިދާޅުވާ ކަން ފާހަގަ ކުރައްވައި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވީ ސަރުކާރު ބަނގުރޫޓު ވާނެ ކަމަށް ނަޝީދު އެންމެ ފަހުން ޖެއްސެވީ އިއްޔެ ތާރީހު ކަމަށެވެ.

"މިއަދު [އިއްޔެ] ސަރުކާރު، މި ދައުލަތް ބަނގުރޫޓު ނުވެއްޖެއްޔާ ދެން މި ދައުލަތެއް ބަނގުރޫތެއް ނުވާނެ އިރާދަ ކުރެއްވިއްޔާ،" އޭނާ ވިދާޅުވި އެވެ.

ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއީލް އަހުމަދު ވިދާޅުވީ 2023 ގެ ބަޖެޓަކީ އުއްމީދީ ބަޖެޓެއް ކަމަށާއި ބަޖެޓާ ގުޅޭ ގޮތުން ފިތުނަވެރިން ކަޅި އަޅައިފި ކަމަށެވެ.

ނަޝީދުގެ ވެރިކަމުގައި ކުރިމަތިވި މާލީ ދަތިކަން ހައްލުކުރަން އެޅި ފިޔަވަޅުތަކާއި އެ ދަތިކަމުގައި ކަންކަން ކުރި ގޮތްތައް ވިދާޅުވެ، ކޮވިޑުގެ ދަތިކަމާއި ރަޝިޔާ-ޔޫކްރޭން ހަނގުރާމައާ ގުޅިގެން ކުރިމަތިވެފައިވާ ދަތިކަމުގައި މި ސަރުކާރުން އެޅީ ހަރުދަނާ ފިޔަވަޅުތަކެއްކަން މިސާލު ދައްކަވަމުން އިސްމާއީލް ވިދާޅުވީ "މިއީ ހިދުމަތްތެރި ވެރިއެއްގެ ވެރިކަމުގައި ހިންގާ ޒައާމަތެއް" ކަމަށެވެ.

"އިއްޒަތްތެރި ރައީސް، މި ކަންކަމަށް ފިތުނަވެރިން ކަޅިއަޅާނެ،" އޭނާ ވިދާޅުވި އެވެ.

ރާއްޖެތެރެއަށް އަމާޒުކޮށް ސަރުކާރުން ހިންގާ ކަންކަމުން ވެސް މިސާލު ދައްކަވަމުން އިސްމާއިލް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ، އެކަންކަން ކުރާތީވެ "ގަލޮޅު މީހާ އުއްމީދު ގެއްލުނީމަ ކަޑަ،" ކަމަށެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް ވިދާޅުވީ ބަޖެޓަށް ފާޑުކިޔާއިރު މި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަކީ އެމްޑީޕީން ދެއްކި ވާހަކަތައް ފުއްދުން ކަމަށެވެ. އެކަންކަން ފުއްދައިދެމުން ދާއިރު މަޖިލީހުގައި އެމްޑީޕީގެ މެމްބަރުން ހަޖޫ ޖެހުމަކީ ބޮޑުވަރުވުން ކަމަށް އޭނާ ފާހަގަ ކުރެއްވެވި އެވެ.

"އެއީ އެމްޑީޕީއެއް ނޫން. އެމްޑީޕީއަކީ ދެ މީހެއްގެ ޖީބުގައި އޮތް ކްރެޑިޓް ކާޑެއް ނޫން. އެއީ އެތައް ބައެއްގެ އުއްމީދު. ދިވެހިރައްޔިތުންގެ އުއްމީދު," ޝަހީމް ވިދާޅުވި އެވެ.

ބަޖެޓަށް ބަހުސްކުރި އިިދިކޮޅު މެމްބަރުން ވެސް ކަންބޮޑުވުންތައް ފާޅުކުރި އެވެ. ނަމަވެސް އެމްޑީޕީގެ މެމްބަރުން ވިދާޅުވަނީ މިއީ އުއްމީދީ ބަޖެޓެއް ކަމަށާއި، ރައްޔިތުންގެ އަަސާސީ ކަންކަން ފުއްދުމަށްޓަކައި ހަރަދުކުރަންޖެހޭ ކަމަށެވެ. ބަޖެޓު ފާސްކުރަން ތާވަލު ކުރާނީ އަންނަ ހޯމަ ދުވަހުގެ ޖަލްސާ އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox