މެދުއިރުމަތީގެ ގައުމުތަކަށް ރާއްޖެ އިޝްތިހާރު ކުރުމަށް ހާއްސަ ކެމްޕޭނެއް

2021 ވަނަ އަހަރު ކުރިއަށް ގެންދިޔަ އަރަބިކް ޓުރެވެލް މާކެޓުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ބެހެއްޓުނު ސްޓޭންޑު  -- ފޮޓޯ: އެމްއެމްޕީއާރުސީއެ

2021 ވަނަ އަހަރު ކުރިއަށް ގެންދިޔަ އަރަބިކް ޓުރެވެލް މާކެޓުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ބެހެއްޓުނު ސްޓޭންޑު -- ފޮޓޯ: އެމްއެމްޕީއާރުސީއެ

އެމްއެމްޕީއާރުސީއާއި ކޮޒްމޯ ޓުރެވެލްއާ ގުޅިގެން ގަތަރާއި މެދުއިރުމަތީގެ ގައުމުތަކަށް ރާއްޖެ އިޝްތިހާރު ކުރުމަށް ހައިބުރިޑް މާކެޓިން ކެމްޕޭނެއް ފަށައިފި އެވެ.

އަންނަ މާޗު މަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ކެމްޕޭނުގައި ޖިއޮގުރަފިކަލް ގޮތުން ރާއްޖެއަށް ލިބިފައިވާ ހާއްސަ ސިފަތަކާއި ރާއްޖެއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ދޭ ހިދުމަތްތަކުގެ އިތުރުން ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަން އަންނަ ފަރާތްތަކަށް ތަޖުރިބާ ކޮށްލަން ލިބޭނެ ކަންކަމަށް އަލި އަޅުވާލާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ.

އޮންލައިންކޮށް އަދި އޮފްލައިންކޮށް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ ކެމްޕޭނުގެ ދަށުން ކޮޒްމޯ ޓުރެވެލްގެ ވެބްސައިޓާއި ގޫގުލް ޑިސްޕްލޭ ނެޓުވޯކުގެ އިތުރުން ޔޫޓިއުބު ޗެނަލް މެދުވެރިކޮށް ރާއްޖެއާ ބެހޭ މައުލޫމާތު މެދުއިރުމަތީގެ ގައުމުތަކަށް ފޯރުކޮށްދޭނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

އޭގެ އިތުރުން، ކޮޒްމޯ ޓުރެވެލްގެ ޑޭޓާބޭސް މެދުވެރިކޮށް ރާއްޖެއާ ބެހޭ މައުލޫމާތު ހިމެނޭ އެސްއެމްއެސްއާއި އީމެއިލް ފޮނުވުމުގެ އިތުރުން މެދުއިރުމައްޗާއި ގަތަރުގައި ހުންނަ އެ ކުންފުނީގެ ރީޓެއިލް އައުޓުލެތުތަކުގެ އިސްކުރީނުތަކުގައި ވެސް ރާއްޖޭގެ އިޝްތިހާރުތައް އަޅުވާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ.

އެ ކެމްޕޭނުގައި ގާތްގަނޑަކަށް 1.1 މިލިއަން މީހުންނަށް ރާއްޖެއާ ބެހޭ މައުލޫމާތު ކޮންމެވެސް ސިފައެއްގައި ފޯރުކޮށްދެވޭނެ ކަމަށް އެމްއެމްޕީއާރުސީން ލަފާކޮށްފައިވެ އެވެ.

ކޮޒްމޯ ޓުރެވެލްއަކީ މިނިވަން އަދި ކޯޕަރޭޓު ފަތުރުވެރިންނަށް ރެޑީ މޭޑު ޕެކޭޖުތަކުގެ އިތުރުން ކަސްޓަމައިޒްޑު ޓުރެވެލް ޕެކޭޖުތައް ވެސް ވިއްކާ ޓުރެވެލް މެނޭޖުމަންޓު ކުންފުންޏެކެވެ. އެ ކުންފުނިން ދޭ ހިދުމަތްތަކުގެ ތެރޭގައި ޓިކެޓިންއާއި އިންބައުންޑު އަދި އައުޓުބައުންޑު ހޮޓެލް ބުކިން ހިދުމަތުގެ އިތުރުން ވިސާ ހަމަޖައްސައިދިނުމާއި ދަތުރު ކުރާ މަންޒިލުގައި ތަފާތު ޕުރޮގުރާމުތައް ހމަޖައްސައިދިނުން ހިމެނެ އެވެ. މެދުއިރުމައްޗާއި އިންޑިއާގައި އެކަނި ވެސް ކޮޒްމޯ ޓުރެވެލްއިން ޖުމްލަ 73 ގޮފި ހިންގަ އެވެ.

މިދިޔަ އަހަރު މެދުއިރުމަތީގެ ގައުމުތަކުން ރާއްޖެއަށް ޒިޔާރަތް ކުރީ 100،494 ފަތުރުވެރިންނެވެ. އޭގެތެރެއިން 6060 މީހުންނަކީ ގަތަރުން އައި މީހުންނެވެ.

އެމްއެމްޕީއާރުސީން ބުނީ މެދުއިރުމަތީގެ ގައުމުތަކުން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށްޓަކައި އެމާކެޓަށް ހާއްސަކޮށްގެން މިދިޔަ އަހަރު ވެސް ތަފާތު ކެމްޕޭނުތައް ކުރިއަށް ގެންދިޔަ ކަމަށާއި މިއަހަރުގެ ކުރިއަށް އޮތް ތަނުގައި ވެސް އިތުރު ކެމްޕޭނުތައް އެ ސަރަހައްދަށް އަމާޒު ކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox