ސިޔާސީ ވާހަކަ ނުދެއްކޭނެ، އިނގިރޭސި ކޯޗު ސައުތުގޭޓް ހުރީ އަޒުމް ވަރުގަދަކޮށް

Nov 21, 2022, 4:32 AM
ސިޔާސީ ވާހަކަ ނުދެއްކޭނެ، އިނގިރޭސި ކޯޗު ސައުތުގޭޓް ހުރީ އަޒުމް ވަރުގަދަކޮށް

ދޯހާ، ގަތަރު (ނޮވެމްބަރު 21) - ގަތަރުގައި ރޭ ފެށި ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އިންގްލެންޑް ކުޅޭ ފުރަތަމަ މެޗުގައި މިއަދު އިރާނާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އެ ގައުމުގައި ހިނގާ ސިޔާސީ ކަންތައްތަކުގެ ވާހަކަ ނުދައްކާނެ ކަމަށް އިނގިރޭސި ކޯޗު ގަރެތު ސައުތުގޭޓް ބުނެފި އެވެ.

ސައުތުގޭޓް ބުނީ މުބާރާތަށް އޭނާގެ "ސިކުނޑި ހުސްކޮށްގެން ހުރި ވިސްނުމަކީ" އިންގްލެންޑްގެ އުންމީދުތަކާ އެއްގޮތަށް ކުރިއަށް ގޮސް ކާމިޔާބު ހޯދުމަށް ކަމަށެވެ.

އިރާންގައި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް ގޮވާލާ ގިނަ މުޒާހަރާތަކެއް ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހު އިރާންގެ 22 އަހަރުގެ އަންހެން ކުއްޖަކު، ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މަރުވުމުންނެވެ. އެ މައްސަލައިގައި އިރާންގައި ހިނގަން ފެށި ހަމަނުޖެހުންތަކާ ހެދި އެ ގައުމު މި ފަހަރުގެ ވޯލްޑް ކަޕުން ބޭރުކުރަން ވެސް ގޮވާލި އެވެ. އެކަމަކު، ފީފާ އިން ނިންމީ އެ ފަދަ ކަމެއް ކުރަން ޖެހޭ ހާލަތެއް ނެތް ކަމަށެވެ.

މިއަދުގެ މެޗުގެ ކުރިން އިނގިރޭސި ކޯޗު ސައުތުގޭޓާ އަމާޒުވި ސުވާލަކީ އިރާންގެ ހާލަތާ މެދު ދެކެނީ ކިހިނެއްތޯ އެވެ.

"ފުރަތަމަ ކަމަކަށް އަހަރެން ސިޔާސީ ވާހަކައެއް ނުދައްކާނަން. ދެން، އަހަންނަށް ވިސްނޭ ގޮތުގައި ތި ދައްކާ ވާހަަކަތަކުގެ ފުރިހަމަ މައުލޫމާތެއް އަހަންނަށް ލިބިފައެއް ނެތް. އެހެންވީމަ ތިއީ އަހަރެން ވާހަކަ ދައްކަން ޖެހޭ ކަމެއް ކަމަށް ނުދެެކެން،" ސައުތުގޭޓް ބުންޏެވެ.

އިންގްލެންޑުން ވަނީ އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގެ ސެމީގައި ކުޅެ، މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ވެސް ވާދަކޮށްފަ އެވެ. އެ ތަޖުރިބާތަކުގެ އަލީގައި އިންގްލެންޑުން މި ފަހަރުގެ ވޯލްޑް ކަޕްގައި ކާމިޔާބެއް ހޯދަން ނުކުންނައިރު، އޮތް ގޮންޖެހުމަކީ އިންގްލެންޑް އެންމެ ފަހުން ކުޅުނު މެޗުތަކުގެ ނަތީޖާ ދަށްވުމެވެ.

އެންމެ ފަހުން ކުޅުނު ނޭޝަންސް ލީގުގެ މެޗުތަކުން އިންގްލެންޑްގެ ނަތީޖާތަށް ގޯސްވެފައިވާތީ، މި ފަހަރުގެ ވޯލްޑް ކަޕަށް ނުކުންނައިރު، އެންމެ ޕްރެޝަރު ބޮޑުވާނެ ޓީމުތަކުގެ ތެރޭގައި އިންގްލެންޑް ހިމެނެ އެވެ.

ސައުތުގޭޓް ބުނީ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދޭނެ އޮތީ އެންމެ ގޮތެއް ކަމަށެވެ.

"އަހަރެމެންނަށް ތި ސުވާލުގެ ޖަވާބު ދެވޭނީ ދަނޑުމަތީގައި. އެއީ ގިނަ ލަނޑުތަކެއް ޖަހައި ނަތީޖާ ނެރެގެން،" ސައުތުގޭޓް ބުންޏެވެ. "ފުރަތަމަ ކަމަކަށް ހުރި ކޯޗަކު ކުރަން ޖެހޭނެ ކަމަކީ ޓީމަށް މޮޅުވެވޭނެ ހުރިހާ ކަމެއް ބުނެދިނުން. ދެން ކުރަން ޖެހޭނެ ކަަމަކީ، ސަޕޯޓަރުން ގަޔާވާ ކަަހަލަ ކުޅުމަކާ އެކު މޮޅުވެވޭތޯ ކުރަންޖެހޭ ކަންކަން ކުރުން،"

ސައުތުގޭޓް ވަނީ އިންގްލެންޑްގެ ސަޕޯޓަރުންނަށް އަމާޒުކޮށް މެސެޖެއް ވެސް ދީފަ އެވެ.

"މި ވަގުތަށް ބަލާއިރު އޮތް ޗެލެންޖަކީ އަހަރެމެންގެ ސަޕޯޓަރުން ހަނދާނުގައި ހުންނާނެ ވަރުގެ މުބާރާތެއް ދެއްކުން. އަހަރެމެން މި ވަނީ އެންމެ ފަހުން ދެ މުބާރާތުގައި ސަޕޯޓަރުންގެ އުންމީދުތައް މައްޗަށް ޖައްސާލާފައި،" ސައުތުގޭޓް ބުންޏެވެ.

އިންގްލެންޑުން މިރޭ އިރާނާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ކަކޫޖައްސައިގެން އިށީނދެ، ނަސްލީ ތަފާތު ކުރުމާ (ރޭސިޒަމްއާ) ދެކޮޅަށް އަޑުއުފުލަން ވަނީ ނިންމައިފަ އެވެ. އިންގްލެންޑުން އެންމެ ފަހުން ކުޅުނު މެޗުތަކުގައި އެކަން ނުކުރި ނަމަވެސް މިއަދު އިރާނާ ދެކޮޅަށް ރޭސިޒަމްއާ ދެކޮޅަށް މި ހަރަކާތް ކުރިއަށްގެންދާނެ އެވެ.

ސައުތުގޭޓް ބުނީ ދުނިޔޭގެ ގިނަ ބަޔަކު ބަލާ މި ފަދަ މުބާރާތެއްގައި އިންގްލެންޑުން މި ފަދަ ކަންކަމުގައި ސާބިތުކޮށް ތިބިކަން ދައްކުވައި ދޭން ބޭނުންވާ ކަމަށެެވެ.

"މިއީ މުޅި ދުނިޔެ އަށް ދޭން ބޭނުންވާ މެސެޖެއް،" ސައުތުގޭޓް ބުންޏެވެ.

އޭގެ އިތުރުން، އެއް ޖިންސުގެ ގުޅުން ޕްރޮމޯޓްކުރާ އެލްޖީބީޓީ ކޮމިއުނިޓީ އަށް ހާއްސަ ކުލަތައް ރަމްޒުކޮށްދޭ ކެޕްޓަން ބޭންޑް ބޭނުންކުރަން އިންގްލެންޑްގެ ކެޕްޓަން، ހެރީ ކޭން ވަނީ ނިންމައިފަ އެވެ. ފީފާ އިން އެކަން އެ ގޮތަށް ނުކުރަން އަންގާފައިވީ ނަމަވެސް، އިންގްލެންޑުން ނިންމާފައިވަނީ އެ ބޭންޑް ބޭނުންކުރުމަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އިންގްލެންޑާއި އިރާން ކުޅޭ މެޗު ފަށާނީ މިއަދު އިރުއޮއްސި 6 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox