ސައުތުގޭޓް ބުނީ މިއީ މުސްތަގުބަލާ މެދު ވާހަކަދައްކަން ރަނގަޅު ވަގުތެއް ނޫން ކަމަށް

Jul 15, 2024, 8:06 AM
ސައުތުގޭޓް ބުނީ މިއީ މުސްތަގުބަލާ މެދު ވާހަކަދައްކަން ރަނގަޅު ވަގުތެއް ނޫން ކަމަށް

ބާލިން (ޖުލައި 15) - މިއީ އޭނާ އިންގްލެންޑްގެ ކޯޗެއްގެ ގޮތުގައި ހުންނާނެތޯ ނޫނީ މުސްތަގުބަލާ މެދު ވާހަކަ ދައްކަން ރަނގަޅު ވަގުތެއް ނޫން ކަމަށް އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓް ބުނެފި އެވެ.

ފާއިތުވި އަށް އަހަރު އިންގްލެންޑް ކޯޗަކަށް ހުރި ސައުތުގޭޓް ވަނީ ރޭ ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ބަލިވެފަ އެވެ. އަމިއްލަ ގައުމުގައި ކުޅުނު 2020 ވަނަ އަހަރުގެ ޔޫރޯ ފައިނަލުން އިިޓަލީ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވި އިންގްލެންޑް ރޭ، ޖަރުމަނުގެ ބާލިންގައި މި ފަހަރުގެ ޔޫރޯގެ ފައިނަލުން ސްޕެއިން އަތުން ބަލިވީ 2-1 އިންނެެވެ.

އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް އިންގްލެންޑާ އެކު ކޮންޓްރެކްޓް ހަދާފައިވާ ސައުތުގޭޓް، 53، ގެ މުސްތަގުބަލާ ބެހޭގޮތުން، ސުވާލުކުރީ ބީބީސީ އިންނެެވެ. އޭނާ އެ އަށް ޖަވާބު ދޭން ބޭނުމެއް ނުވި އެވެ.

Advertisement

"މިއީ ތި ވާހަކަ ދައްކަން އެންމެ ރަނގަޅު ވަގުތެއް ނޫން. ތި ކަމާ ވާހަކަ ދައްކަން ޖެހޭ ރަނގަޅު މީހުންނާ އެކު އެކަން ކުރުމުގެ ކުރިން އަހަރެން އަމިއްލަ ނަފްސަށް ވަގުތު ކޮޅެއް ދޭން އެބަޖެހޭ،" ސައުތުގޭޓް ބުންޏެވެ.

"ފައިނަލަށް ދިއުމަކީ ޝަރަފެއް. އެކަަމަކު، މިހެން ހަނި ފަރަގަކުން ބަލިވެގެން ދާން ޖެހުން މިއީ ހިތްދަތިކަމެއް،"

ސައުތުގޭޓް ބުނީ ފައިނަލަށް ދެވުމުން އެ ކަމުގެ ކްރެޑިޓް ކުޅުންތެރިންނަށް ހައްގުވާނެ ކަމަށާއި އެކަމަކު، ގިނަ ބަޔަކު ގަބޫލުކުރާނީ ފައިނަލުގައި ކާމިޔާބު ހޯދަން ޖެހޭނެ ކަމަށް ކަމަށެވެ. އަދި ފައިނަލުގައި އިންގްލެންޑަށް ނަތީޖާ ނުނެރެވުނީ، ސްޕެއިނުން މެޗުގެ ބޮޑުބައި ކޮންޓްރޯލް ކޮށްގެންކުޅެ، މުހިންމު ވަގުތުތަކުގައި ތަފާތު ދައްކައިގެން ކަމަށް ސައުތުގޭޓް ވަނީ ބުނެފަ އެވެ.

ފައިނަލް މެޗުގެ ކުރިން އިނގިރޭސި ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފައިނަލުގައި ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް، ސައުތުގޭޓާ އެކު، 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ނިޔަލަށް ކޮންޓްރެކްޓް އާ ކުރަން އިންގްލެންޑުން އޮތީ ތައްޔާރަށެވެ. އެކަމަކު، ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވަނީ، ޔޫރޯ ނިމުމުން ސައުތުގޭޓްގެ މަސައްކަތުގެ ޓެކްނިކަލް ރިވިއު އެއް ހެދުމަށް ފަހު މުސްތަގުބަލާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox