96ގެ ޔޫރޯ ހިތި ހަނދާންތަކުން ސައުތުގޭޓް ސަލާމަތެއްނުވޭ

Jul 14, 2024, 6:43 AM
1996 ގެ ޔޫރޯގައި ޕެނަލްޓީ ނާކާމިޔާބުވުމުން ސައުުތުގޭޓް ބޮލުގައި އަތްއަޅައިގެން.

1996 ގެ ޔޫރޯގައި ޕެނަލްޓީ ނާކާމިޔާބުވުމުން ސައުުތުގޭޓް ބޮލުގައި އަތްއަޅައިގެން.

"އެކަން ނުވީ ސައުތުގޭޓާހެދި،" 1996 ވަނަ އަހަރުގެ ޔޫރޯއަކީ އިންގްލެންޑަށް ކާމިޔާބުކުރެވޭ ވަރުގެ މުބާރާތެއްގައިތޯ ޓްރައިބަލް ފުޓްބޯލް އިން އިންގްލެންޑްގެ ކުރީގެ ފޯވަޑް ޓެޑީ ޝެރިންގްހަމްއާ ސުވާލުކުރުމުން ސަމާސާ ރާގަކަށް އޭނާ ޖަވާބު ދިނެވެ.

އެކަމަކު، މިއީ ހަގީގަތުގައި ވެސް ޔޫރޯ 96 ގެ ފަހުުން އިންގްލެންޑްގެ ބައެއް ސަޕޯޓާރުންނަށް ކުރެވޭ އިހުސާސެކެވެ. އެ އަހަރުގެ ޔޫރޯގެ ސެމީ ފައިނަލްގައި ޖަރުމަން އަތުން ޕެނަލްޓީ ޖަހައިގެން އިންގްލެންޑް ބަލިވިއިރު ސައުތުގޭޓް ވަނީ ޕެނަލްޓީ ބޭކާރުކޮށްލައިފަ އެވެ.

އެއީ މީގެ 27 އަހަރުކުރިން އިނގިރޭސި ފުޓްބޯޅައަށް ކުރިމަތިވި ހިތި ދުވަހެކެވެ. އަދި އޭގެ ފަހުން އަހަރުތަކެއް ފާއިތުވިޔަސް، އިންގްލެންޑްގެ ކޯޗު ސައުތުގޭޓަށް އެ ހަނދާންތަކާ އަދިވެސް ދުރަކަށް ނުދެވެއެވެ.

"ވިއްސަކަށް އަހަރުވި އަހަރެން ހޭދަކުރިން ކުޅުންތެރިއެއްގެ ގޮތުގައި، އެކަމަކު ފުރަތަމަ އަހަންނާ ދިމާވައިރުވެސް ބައެއް މީހުން ޔޫރޯ (96ގެ) ވާހަކަދައްކަން ފޭށީމަ ވަރަށް އުނދަގޫވޭ،" ސައުތުގޭޓް ބުންޏެވެ.

އިންގްލެންޑް އިން 1966 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ފަހުން ބައިނަލްއަޤްވާމީ ބޮޑު މުބާރާތެއްގެ ތައްޓެއް ނުލިބެއެވެ. އެހެންކަމުން މިރޭގެ ފައިނަލް އިންގްލެންޑްގެ ކާމިޔާބުކޮށްފިނަމަ، ސައުތުގޭޓާއި އެ ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ވާނީ އިންގްލެންޑްގެ ބަތަލުންނަށެވެ.

އިންގްލެންޑްގެ ސަޕޯޓަރުން އެ ޓީމާމެދު އަބަދުވެސް ފޮނި އުންމީދުތަކެއް ކުރެއެވެ. އިންގްލެންޑްގެ ނުފޫޒު ގަދަ މީޑިއާ އިން އެ ޓީމުގެ ހުރިހާ ކަމެއް ފޮލޯކުރެއެވެ. އެހެންކަމުން އިންގްލެންޑްގެ ކޮންމެ ނާކާމިޔާބީއަކާއެކު، ސަޕޯޓަރުންނާއި މީޑިއާގެ ފާޑުކިއުންތައް އިންގްލެންޑްގެ ޓީމަށް އަމާޒުވެއެވެ. މި އަހަރުގެ މުބާރާތްވެސް ދިޔައީ އެގޮތަށެވެ.

ސައުތުގޭޓް ބުނީ "ޤައުމަށް ހިދުމަތްކުރާއިރު" އަބަދު ފާޑުކިއުންތައް އަޑުއެހުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ.

"އަހަރަމެން އެންމެންވެސް ލޯބި ބޭނުންވޭ ދޯ؟ ގައުމަށް ކަމެއްކޮށްދޭއިރު، އަބަދުވެސް ފާޑުކިއުންތަކާ ކުރިމަތިލާންޖެހުމަކީ ފަސޭހަކަމެއް ނޫން،" ސައުތުގޭޓް ބުންޏެވެ.

އިންގްލެންޑް އިން 1966 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ފަހުން ބައިނަލްއަޤްވާމީ ބޮޑު މުބާރާތެއްގެ ތައްޓެއް ނުލިބެއެވެ. އެހެންކަމުން މިރޭގެ ފައިނަލް އިންގްލެންޑްގެ ކާމިޔާބުކޮށްފިނަމަ، ސައުތުގޭޓާއި އެ ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ވާނީ އިންގްލެންޑްގެ ބަތަލުންނަށެވެ.

ސެމީ ފައިނަލުގައި އިންގްލެންޑުން ނެދަލެންޑްސް ބަލިކުރި މެޗަށް ފަހު ސައުތުގޭޓް.

ސައުތުގޭޓްގެ އިރުޝާދުގެ ދަށުން ޔޫރޯ 2020 ގެ ފައިނަލަށް ވެސް އިންގްލެންޑް ދަތުރުކުރިއެވެ. އެކަމަކު، ފައިނަލްގައި އިޓަލީ އަތުން ވަނީ ބަލިވެފަ އެވެ.

މި އަހަރުގެ ޔޫރޯގެ ފައިނަލަށްވެސް އިންގްލެންޑް އިން ކުރީ ފަސޭހަ ދަތުރެއްނޫނެވެ. މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ނޮކްއައުޓް ސްޓޭޖުގައި އިންގްލެންޑް ދެއްކި ކުޅުމަށް ގިނަ ފާޑުކިއުންތަކެއް އަމާޒުވިއެވެ. ހާއްސަކޮށް ޓީމު ސެލެކްޝަނާ ގުޅިގެން ސައުތުގޭޓަށް އިނގިރޭސި މީޑިއާ އާއި ސަޕޯޓަރުންގެ ނުރުހުން އަމާޒުވިއެވެ.

އެހެން ނަމަވެސް، މި ހުރިހާ ފާޑުކިއުންތަކާއެކު ފައިނަލާ ހަމައަށް އިންގްލެންޑް ދަތުުރުކުރުމުން މި ވަގުތަށް އިނގިރޭސި މީޑިއާ އާއި ސަޕޯޓަރުން ތިބީ ހިތްހަމަޖެހިފައެވެ. ފައިނަލް ކާމިޔާބުކޮށްފިނަމަ، އިނގިރޭސިން 1966 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ބައިނަލްއަޤްވާމީ މުބާރާތެއްގެ ތައްޓެއް ލިބުނީއެވެ. ސައުތުގޭޓާއި ޓީމުގެ ކުޅުންތެރިން އިންގްލެންޑްގެ ބަތަލުންނަށް ވާނެއެވެ. އަދި ފަހަރެއްގައި، 1996ގެ ޔޫރޯގެ ނާކާމިޔާބީގެ ހަނދާންތަކާ ދުރަށް ދިއުމަށް ސައުގުގޭޓަށް ފަސޭހަވެގެންދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox