ދައްކަވަނީ ގޯސް ނަމޫނާއެއް, މަޖިލީހަކީ ވަކި މީހެއްގެ ތަނެއް ނޫން: ޕީޖީ ލީޑަރު

އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަސްލަމް: ނަޝީދު ގެންދަވަނީ ގަވައިދާ ހިލާފަށް އަމަލު ކުރައްވަމުން ކަމަށް ވިދާޅުވި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަސްލަމް: ނަޝީދު ގެންދަވަނީ ގަވައިދާ ހިލާފަށް އަމަލު ކުރައްވަމުން ކަމަށް ވިދާޅުވި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު, މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން މިހާރު ދައްކަވަމުން ގެންދަވަނީ ވަރަށް ގޯސް ނަމޫނާއެއް ކަމަށާއި މަޖިލީހަކީ އެއްވެސް މީހެއްގެ ޒާތީ, ސިޔާސީ އެޖެންޑާ ފަތުރަން އޮތް ތަނަކަށް ވެގެން ނުވާނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރުމަށްޓަކައި ސަރުކާރުން ހުށަހަޅާފައިވާ ބިލާ ގުޅިގެން އެމްޑީޕީގެ ތެރޭގައި ހިޔާލު ތަފާތުވުންތައް ބޮޑުވެފައިވާއިރު, ނަޝީދު ގެންދަވަނީ އެ ބިލާ ދެކޮޅު ހައްދަވަމުންނެވެ. އެ ބިލް މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފައިވީ ނަމަވެސް އިއްޔެ ވެސް އަދި މިއަދުގެ ޖަލްސާގައި ވެސް ބިލް ފާސްކުރުމަށް ވޯޓަށް އަހާފައިނުވެ އެވެ.

މިކަމާ ގުޅިގެން މަޖިލީހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރައްވާ މެންބަރުންނާއި ނަޝީދު އަދި އެމަނިކުފާނަށް ތާއިދު ކުރައްވާ މެންބަރުންނާ ދެމެދު ހޫނު ބަހުސްތައް އިއްޔެ އަދި މިއަދުގެ ޖަލްސާގައި ވެސް ވަނީ ކުރިއަށް ގޮސްފަަ އެވެ.

އެކަމުގެ ކަންބޮޑުވުމާ އެކު އެމްޑީޕީގެ ބައެއް މެންބަރުން މިއަދު ވަނީ މުލިއާގެއަށް ވަޑައިގެން ރައީސް ސޯލިހްއާ ބައްދަލު ކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ބޭނުންވާ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި, މަޖިލީހުގެ ރިޔާސަތުގައި އިންނަވައި, ބަހުސްގައި ތަކުރާރުކޮށް ބައިވެރިވެވަޑައިގެން, މަޖިލީހުގެ ގަވައިދާ މުޅީން ހިލާފުވެފައިވާ ކަމަށް ވެސް މެންބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

އެމްޑީޕީގެ ސީނިއާ ގިނަ މެންބަރުންތަކެއް ވެސް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި ރައީސް ސޯލިހް މެންބަރުންގެ އަރިހުން އެދިވަޑައިގެންނެވީ މަޝްވަރާތައް ކުރައްވައިގެން ކުރިއަށް ވަޑައިގެން, ހައްލުތައް ހޯއްދެވުމަށް ކަމަށް ބައެއް މެންބަރުން މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

ބައްދަލަވުމަށްފަހު, "އަދަދު"އާ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ އެމްޑީޕީގެ އިސް ލީޑަރާ އެކު ބޭއްވި ބައްދަލުވުމުގައި މެންބަރުން ފާޅުކުރެއްވީ މަޖިލީހުގެ ރިޔާސަތުން ތަކުރާރުކޮށް ގަވައިދާ ހިލާފުވަމުންދާ ކަމަށާއި ވަކި ބިލެއް އަވަސްކޮށް, ވަކި ބިލެއް ލަސްކުރަމުންދާ މައްސަލަ އެވެ. އަދި ގަވައިދާ އެއްގޮތަށް އަމަލު ނުކުރައްވައި, ގަވައިދު އެކި ގޮތްގޮތަށް ފުށުއަރާ ގޮތަށް މާނަ ކުރަމުން ރިޔާސަތު ބަލަހައްޓަވަމުން ނަޝީދު ގެންދަވާކަން ވެސް ފާހަގަ ކުރެއްވި އެވެ.

"...ބައެއް މެންބަރުން ފާހަގަކުރެއްވި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއްގައި ސޮއިކޮށްފައި އޮވޭ, އެކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި, ވަކި ގޮތަކަށް ހައްދަވާކަށް ރައީސް ވިދާޅެއް ނުވޭ, ޕާލިމެންޓްރީ ގްރޫޕުންތާ ދެއްތޯ ނިންމާނީ," އަސްލަމް ވިދާޅުވި އެވެ.

ހިތަދޫ އުތުރު ދާއިރާގެ މެންބަރު ވިދާޅުވީ, އިތުބާރު ނެތް ކަމުގެ މައްސަލާގައި އެކި މެންބަރުންގެ ވިސްނުން ހުރީ ތަފާތުކޮށެވެ. އެކަމަކު, މެންބަރުން އިއްތިފާގުވާ ކަމަކީ މަޖިލީހުގެ ރައީސް ނަޝީދު އަމަލު ކުރައްވަމުން ގެންދަވަނީ ރަނގަޅަށް ނޫން ކަމެވެ.

"..އަޅުގަނޑުމެންގެ ޕާޓީގެ ރައީސަށް ވެސް ވާތީ އާއި ޕާޓީއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅަކަށްވާތީ ރައީސް ނަޝީދަށް ވީހާވެސް ބޮޑަކަށް އިހްތިރާމާއި މަގާމުތަކާއި ހައިސިއްޔަތާއި އިއްޒަތާއި ޝަރަފު ދީފައި އޮތުމަށް ވެސް ވަރަށް ބޮޑަށް ރިއާޔަތް ކުރުމަށް މެންބަރުން ބޭނުންވޭ," އަސްލަމް ވިދާޅުވި އެވެ.

"އެކީގަ މަސައްކަތް ކުރެވޭނެ މަގެއް ފެނިގެން ދިޔުމަކީ ވެސް ވަރަށް ބޮޑު އުއްމީދެއް,"

ރައީސްއާ ބައްދަލު ކުރެއްވުމަށްފަހު, އިތުބާރު ނެތް ކަމުގެ މައްސަލާގައި ޕާލިމެންޓްރީ ގުރޫޕުން ނިންމުންތަކެއް ނިންމާނެތޯ ސުވާލު ކުރުމުން އަސްލަމް ސާފު ޖަވާބެއް ނުދެއްވި ނަމަވެސް ވިދާޅުވީ, ޕާލިމެންޓްރީ ގުރޫޕްގެ މެޖޯރިޓީން ނިންމާ ނިންމުންތައް ތަންފީޒު ކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށެވެ.

ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ގަބޫލު ކުރައްވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މީހެއްގެ އަމިއްލަ ތަނެއް ނޫނެވެ; އެ ތަން ހިންގަން ޖެހެނީ ހެދިފައިވާ ގަވައިދުތަކާ އެއްގޮތަށެވެ. އެތަނުގައި ކަންކަން ނިންމާނީ މެޖޯރިޓީގެ މައްޗަށް ކަމަށެވެ.

"އެއްވެސް މީހެއް އެމީހެއްގެ މަގާމުގެ ހައިސިއްޔަތުން އެމީހެއްގެ އަމިއްލަ ޕާސަނަލް ސިޔާސީ އެޖެންޑާ އިސްކޮށްގެން ނުވާނެ ދެއްތޯ, އަދި ހާއްސަކޮށް މަޖިލީހުގެ ރައީސް އެގޮތަށް ކަންތައް ކުރައްވައިގެން ނުވާނެ," އަސްލަމް ވިދާޅުވި އެވެ.

ޓެކްސް ބިލާ ދެކޮޅަށް ނަޝީދު މަޖިލީހުގައި ވާހަކަ ދައްކަވަމުން ގެންދަވާއިރު, އަސްލަމް ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފަ އެވެ. އަސްލަމް ވިދާޅުވި ގޮތުގައި މަޖިލީހުގައި ކުރިއަށްދާ ބަހުސްތަކުގައި ރިޔާސަތުގައި އިންނަވައިގެން ބައިވެރިވެވަޑައިގެންނެވުމަކީ ސީދާ ގަވައިދާ ހިލާފު އަމަލެއް ކަމަށެވެ.

titledesc

"މަޖިލީހުގެ ރައީސަކަށް އިންނަވާފައި ވަކި އަތެއް ނެގިގެން ނުވާނެ, މި މައްސަލާގައި ވަރަށް ބޮޑަށް އެބަ ފެނިގެންދޭ ވަކި ސައިޑެއް ނަގާ ތަން," އަސްލަމް ވިދާޅުވި އެވެ. "މަޖިލީހުގެ ރައީސް އެބަ ހުރި ވިޕް ބްރޭކް ކުރަން ވިދާޅުވެފައި ވެސް, އެކަހަލަ ކަންކަމަކީ ވަރަށް ގޯސް ނަމޫނާ,"

ވިޕްލައިންއާ ހިލާފުވުމަކީ އެމްޑީޕީގެ ގަވައިދުގައިވާ ގޮތުން, ޕާޓީން ވަކި ވެސް ކުރެވޭ ފަދަ އަމަލެކެވެ. ޓެކްސް މައްސަލާގައި ޕާލިމެންޓްރީ ގްރޫޕުން ވަނީ އެ ބިލާ އެއްކޮޅަށް ވޯޓު ދިނުމަށް ވިޕްލައިން ނެރެފަ އެވެ. ނަމަވެސް, ނަޝީދަށް ތާއިދު ކުރައްވާ ބައެއް މެންބަރުން ގެންދަވަނީ އެ ވިޕާ އެއްކޮޅަށް ވޯޓު ދެއްވަމުން ދެކޮޅު ހައްދަވަމުންނެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއްގައި މީގެކުރިން ބައެއް މެންބަރުން ސޮއި ކުރައްވާފައިވެ އެވެ. ނަމަވެސް, އެމްޑީޕީގައި ހިޔާލު ތަފާތުވުންތައް ބޮޑުވެފައި އޮތްވައި ބޭއްވި ކޮންގްރެސްއަށްފަހު, އެ މައްސަލަ ޕާކްކުރި އެވެ. ކޮންގްރެސް ނިންމާލީ, ނަޝީދާއި ރައީސް ސޯލިހް މަޝްވަރާތަކެއް ކުރެއްވުމަށް ނިންމަވައިގެންނެވެ. އެކަމަކު އެ މަޝްވަރާތައް ކުރިއަށް ނުދާއިރު, ދެ ބޭފުޅުންގެ މެދުގައި މިހާރު އަނެއްކާ ވެސް މައްސަލަ ގޯހެވެ.

ނަޝީދު ވަނީ ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހަށް ތާއިދު ކުރެވެން ނެތް ކަމަށް ވެސް މިފަހުން ވިދާޅުވެފަ އެވެ. ބެލެވޭ ގޮތުގައި އެ ޕްރައިމަރީގައި ނަޝީދު ވެސް ވާދަކުރައްވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox