ގްލޭޒާ އާއިލާ އިން އަޅައެއް ނުލާ، ޔުނައިޓެޑަކީ މާކެޓް ކްލަބެއް: ރޮނާލްޑޯ

Nov 15, 2022, 5:24 AM
ގްލޭޒާ އާއިލާ އިން އަޅައެއް ނުލާ، ޔުނައިޓެޑަކީ މާކެޓް ކްލަބެއް: ރޮނާލްޑޯ

ލަންޑަން (ނޮވެމްބަރު 15) - މެންޗެސްޓާ ޔުނައިޓަޑްގެ ވެރިން ކަމަށްވާ ގްލޭޒާ އާއިލާ އަކީ ހަގީގަތުގައި އެ ކްލަބަށް އަޅާލާ ބައެއް ނޫން ކަމަށް ބުނެ، އެ ކްލަބުގެ ވެރިންނަށް ވެސް ކްރިސްޓިއާނޯ ރޮނާލްޑޯ ބަހުގެ ހަމަލާތަކެއް ފޮނުވާލައިފި އެވެ.

މަޝްހޫރު ޓީވީ ހޯސްޓް ޕިއަސް މޯގަން އަށް ރޮނާލްޑޯ ދިން އެކްސްލޫސިވް އިންޓަވިއުގެ އިތުރު ބައިތަކެއް ރޭ ވަނީ އާންމުކޮށްފަ އެވެ. ކުރިން އާންމުކުރި މި އިންޓަވިއުގެ ބައިތަކެއްގައި ރޮނާލްޑޯ ވަނީ ޔުނައިޓެޑުން އޭނާ އަށް އޮޅުވާލާފައި ކަމަށާއި "ގަދަކަމުން" ޔުނައިޓެޑުން އޭނާ ބޭރުކުރަން މަސައްކަތްކުރާ ބަޔަކު ވެސް އެބަތިބި ކަމަށް ބުނެފަ އެވެ.

ޔުނައިޓެޑްގެ މައި ހިއްސާދާރުން ކަމަށްވާ އެމެރިކާގެ ގްލޭޒާ އާއިލާއާ ގުޅޭގޮތުން ރޮނާލްޑޯ ،37، ބުނީ ކުޅިވަރުގެ ނަޒަރަކުން ބަލާއިރު، ގްލޭޒާ އާއިލާ އިން ޔުނައިޓަޑަށް "އަޅައެއް ނުލާ" ކަމަށެވެ. އަދި ޔުނައިޓެޑް އަކީ "މާކެޓިން ކްލަބެއް" ކަމަށާއި މާކެޓް ކޮށްގެން ފައިސާ ހޯދިޔަސް، ކާމިޔާބެއް ހޯދޭނެ ގޮތެއް ނެތް ކަމަށެވެ.

"ކުރިއަށް އޮތް ދެ ތިން އަހަރުގެ ތެރޭގައި އެންމެ މަތީ ފަންތީގައި ވާދަކުރުމަށް ޔުނައިޓެޑަށް ދަތިތަކެއް ކުރިމަތިވާނެ،" ރޮނާލްޑޯ ބުންޏެވެ.

މީގެ ކުރިން ޔުނައިޓެޑަށް ކޯޗުކޮށްދިން ލުއީ ވެން ހާލް ވެސް ވަނީ ޔުނައިޓެޑަކީ ހަމައެކަނި ވިޔަފާރި އަށް އިސްކަންދޭ ގޮތަށް އޮތް ކްލަބެއް ކަމަށް ބުނެފަ އެވެ.

ދެހާސް ފަސް ވަނަ އަހަރު ޔުނައިޓަޑްގެ މައި ހިއްސާދާރުކަން ހޯދި ގްލޭޒާ އާއިލާއާ އަދި ދުވަހަކު ވެސް ބައްދަލުނުވާ ކަމަށް ރޮނާލްޑޯ ބުންޏެވެ.

ގްލޭޒާ އާއިލާ އަކީ ޔުނައިޓަޑްގެ ސަޕޯޓަރުންގެ މެދުގައި މަގްބޫލު ބައެއް ނޫނެވެ. މީގެ ކުރިން ގްލޭޒާ އާއިލާއާ ދެކޮޅަށް ޔުނައިޓަޑްގެ ސަޕޯޓަރުން ވަނީ އެތައް ފަހަރަކު މުޒާހަރާކޮށްފަ އެވެ.

ރޮނާލްޑޯ ބުނީ ޔުނައިޓެޑްގެ އެތެރޭގެ ބައެއް ކަންތައްތައް ހުރި ގޮތުން ޔުނައިޓެޑަށް މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް ފަދަ ކްލަބުތަށް މިހާރު އޮތް ފެންވަރަށް ނުދެވޭ ކަމަށެވެ.

"ސަޕޯޓަރުންނަށް ހަގީގަތް އެނގެންޖެހޭ. ކްލަބުގެ ކުޅުންތެރިންނާއި އަހަރެން ވެސް ބޭނުންވަނީ ކްލަބަށް ރަނގަޅު ގޮތް. އެހެންވެ އަލުން މި ކްލަބާ ގުޅުނީވެސް. މިއީ އަހަރެން ވަރަށް ލޯބިވާ ކްލަބެއް. އެކަމަކުގެ ކްލަބުގެ އެތެރޭގެ ބައެއް ކަންތައްތައް މި ވަގުތު ހުރީ އެންމެ ރަނގަޅަށް ނޫން. އެެހެންވެ އެންމެ މަތީ ލެވެލްއަށް ނުދެވިގެން މިއުޅެނީ،" ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯގެ ވާހަކަތަކާ ގުޅިގެން ޔުނައިޓެޑުން ވަނީ ރޭ ބަޔާނެއް ވެސް ނެރެފައެވެ. އެ ބަޔާނުގައި ޔުނައިޓަޑުން ބުނީ ރޮނާލްޑޯގެ ވާހަކަތަކާ ގުޅޭގޮތުން ރައްދެއް ނުވަތަ ފިޔަވަޅެއް އަޅާނީ އެކަން ވަރަށް ރަނގަޅަށް ބެލުމަށްފަހު ކަަމަށެވެ.

"ކްލަބުގެ ވިސްނުން އޮތީ ސީޒަންގެ ދެ ވަނަ ބަޔަށް ތައްޔާރުވުމަށް. މިހާރު ޓީމުގެ ތެރޭގައި އޮތް އެއްބައިވަންތަކަމާއި ޓީމު ރޫހު ދެމެހެއްޓުމަށް އެންމެ ބޮޑު އިސްކަމެއް ދޭނީ،" ޔުނައިޓަޑުން ބުންޏެވެ.

ޔުނައިޓެޑްގެ ކޯޗުކަމާ ޓެން ހާގް ހަވާލުވެ، ޕްރީ ސީޒަނުގައި ރޮނާލްޑޯ ބައިވެރިނުވާތީ އޭނާ އަށް ގިނަ ސުވާލުތަކެއް އަމާޒުވި އެވެ. އަދި ޕްރީ ސީޒަނުގައި ރޮނާލްޑޯ ބައިވެރިވާން ފަށައި، ޔުނައިޓެޑުން ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުމުން ރޮނާލްޑޯ ދަނޑުން ދިޔަ މައްސަލައިގައި ވެސް އޭނާ އާއި ޓެން ހާގް މެދުގައި ހިތްހަމަނުޖެހުންތަކެއް އުފެދުނެވެ.

ދާދި ފަހުން އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުގެ ފަހުކޮޅުގައި ރޮނާލްޑޯ ވަނީ ދަނޑުން ގޮސްފަ އެވެ. އެ މެޗަށް ފަހު ޓެން ހާގް ބުނީ، "ރޮނާލްޑޯ މެޗަށް އަރަން ދެކޮޅު ހެދި" ކަމަށެވެ.

އެހެންވެ، ޗެލްސީ މެޗުގެ ސްކޮޑުން ރޮނާލްޑޯ ބާކީކޮށް އަދަބު ދިނެވެ.

ޓޯކްޓީވީ އަށް ރޮނާލްޑޯ ދިން އިންޓަވިއުގައި ވަނީ ޔުނައިޓެޑަށް އޭނާއާ އެކު ކުޅުނު ދެ ކުޅުންތެރިން ކަމަށްވާ ވޭން ރޫނީ އާއި ގެރީ ނެވިލް އަށް ވެސް ފާޑުކިޔައިފަ އެވެ. ރޮނާލްޑޯ ބުނީ ޓީވީގައި އޭނާ އަށް ފާޑުކިޔުމަކީ ގެރީ ނެވިލް އާއި ރޫނީ ވަރަށް ކުރާހިތުން ކުރާ ކަމެއްކަން ފާހަގަވެފައިވާ ކަމަށެވެ. އަދި ރޫނީ އާއި ނެވިލް އަކީ އެއްވެސް އިރެއްގައި އޭނާގެ "އެކުވެރިން" ނެއް ނޫން ކަމަށް ވެސް ރޮނާލްޑޯ ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox