މެންޗެސްޓާ ޔުނައިޓެޑަކީ ވިޔަފާރި ކްލަބެއް: ވެން ހާލް

Mar 29, 2022, 3:30 AM
މެންޗެސްޓާ ޔުނައިޓެޑަކީ ވިޔަފާރި ކްލަބެއް: ވެން ހާލް

އަމްސްޓެޑަމް، ނެދަލެންޑްސް (މާޗް 29) - މެންޗެސްޓާ ޔުނައިޓެޑަކީ ފުޓްބޯޅަ ކްލަބަކަށް ވުރެ ބޮޑަށް ވިޔަފާރި އުސޫލުން ހިންގާ ކްލަބެއް ކަމަށް އެ ޓީމަށް ކުރިން ކޯޗުކޮށްދިން އަދި މިހާރު ނެދަލެންޑްސް ގައުމީ ޓީމުގެ ކޯޗު ލުއީ ވެން ހާލް ބުނެފި އެވެ.

ވެން ހާލް މިހެން ބުނީ އަޔަކްސް ކޯޗަކަށް ހުރި އެރިކް ޓެން ހާގް ގެންދަން ޔުނައިޓެޑުން މަސައްކަތް ކުރަމުން އަންނަ ވާހަކަ މީޑިއާގައި ދެކެވޭތީ އެކަމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.

މިިދިޔަ އަހަރު ނެދަލެންޑްސް ގައުމީ ޓީމާ ހަވާލުވި ވެން ހާލް ވަނީ 2014 އިން 2016 އަށް ޔުނައިޓެޑަށް ކޯޗުކޮށްދީފަ އެވެ. އަޔަކްސްގެ ކޯޗު ޓެން ހާގް ޔުނައިޓެޑަށް ދިއުމަކީ ރަނގަޅު ގޮތެއްތޯ އެހުމުން ވެން ހާލް ބުނީ އޭނާ ދެކޭ ގޮތުގައި އެއީ ރަނގަޅު ނިންމުމަކަށް ނުވާނެ ކަމަށެވެ.

"އެރިކް ޓެން ހާގް އަކީ މޮޅު ކޯޗެއް. އޭނަ މެންޗެސްޓާ ޔުނައިޓެޑަށް ގޮސްފިނަމަ އެއީ އެ ކްލަބަށް ރަނގަޅެއް. އެކަމަކު، މެންޗެސްޓާ ޔުނައިޓެޑަކީ ވިޔަފާރި ކްލަބެއް. އެހެންވީމަ ޔުނައިޓެޑަށް ދާން ކޯޗުން ނިންމަން މި ޖެހެނީ އުނދަގޫ ނިންމުމެއް. އޭނަ (ޓެން ހާގް) އަށް ބޮޑަށް ރަނގަޅުވާނީ ފުޓްބޯޅަ ކްލަބެއް ގޮތަށް ހިންގާ ޓީމަކަށް ދިއުން،" ވެން ހާލް ބުންޏެވެ.

ކުރިން ބާސެލޯނާ އާއި ބަޔާން މިއުނިކަށް ވެސް ކޯޗުކޮށްދިން ވެން ހާލް ބުނީ ޓެން ހާގް ގާތުގައި ވަކި ގޮތަކަށް ކަންކަން ކުރަން ލަފާނުދޭނެ ކަމަށާއި މީގެ ވިސްނަން ޖެހޭނީ ފުޓްބޯޅަ ކްލަބަކާ ގުޅުމަށް ކަން ވިސްނެން ޖެހޭނެ ކަމަށެވެ.

މި ސީޒަނުގައި ޔުނައިޓެޑުން ވަނީ އޮލެ ގުނަ ސޯލްޝެއާ ވަކިކޮށް ވަގުތީ ގޮތުން ރަލްފް ރަންގްނިކް ކޯޗަކަށް ގެނެސްފަ އެވެ. މި ސީޒަން ނިމުމުން ރަންގްނިކް ބަދަލުވާނީ ޔުނައިޓެޑްގެ އެޑްވައިޒަރީ ރޯލަކަށެވެ.

ޔުނައިޓެޑާ ހަވާލުވާނެ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، ޓެން ހާގްގެ ނަން ޔުނައިޓެޑުން ބޭނުންވާ ކޯޗުންގެ ލިސްޓުގައި ހިމެނެ އެެވެ. ދެން، އެ ލިސްޓުގައި އޮތް ނަންތަކަށް ބަލާއިރު، ޕީއެސްޖީގައި ހުރި ކޯޗު މައުރީސިއޯ ޕޮޗެޓީނޯ، ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ އަދި ސެވިއްޔާއާ ހަވާލުވެހުރި ސްޕެއިންގެ ކުރީގެ ކޯޗު ހުލެން ލޮޕެޓެގީ ހިމެނެ އެވެ.

ޔުނައިޓެޑްގެ ކޯޗުކަމަށް އެ ޓީމުގެ ކުރީގެ ތަރި ވޭން ރޫނީ ވެސް ޝައުުގުވެރިވެ އެވެ. ޑާބީ ކައުންޓީގެ ކޯޗަކަށް ހުރި ރޫނީ ބުނީ މިއީ އޭނާ ޔުނައިޓެޑާ ހަވާލުވާން އެންމެ ރަނގަޅު ވަގުތަށް ނުވެދާނެ ކަމަށާއި އެކަަމަކު، މުސްތަގުބަލުގައި އެ ފަދަ ފުރުސަތަކަށް އެދިއެދި ހުރި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox