ރަންނަމާރި ޗެލެންޖު: ގައްދޫ އާއި ރަސްމާދޫ މަރުހަބާ ކަޕްގެ ފައިނަލަށް

Nov 13, 2022, 10:10 AM
މަރުހަބާ ކަޕްގެ އިވެންޓެއްގެ ތެރެއިން ރަސްމާދޫ ޓީމުގެ އިބޫ ރާޅާ އަޅަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މަރުހަބާ ކަޕްގެ އިވެންޓެއްގެ ތެރެއިން ރަސްމާދޫ ޓީމުގެ އިބޫ ރާޅާ އަޅަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މާލޭ ރާޅުގަނޑު ސަރަަހައްދުގައި މިހާރު ކުރިއަށްދާ ގައުމީ ސާފިން ލީގުގެ ފަހު މުބާރާތް، "ރަންނަމާރި ޗެލެންޖް"ގެ ޓީމު އިވެންޓް ކަމަށްވާ "މަރުހަބާ ކަޕް"ގެ ފައިނަލުން ގދ. ގައްދޫ އާއި ރ. ރަސްމާދޫ ޖާގަ ހޯދައިފި އެވެ.

މަރުހަބާ ކަޕަކީ ގައުމީ ސާފިން ލީގުގެ ފަހު މުބާރާތް ކަމަށްވާ ރަންނަމާރި ޗެލެންޖުގެ ޓީމު އިވެންޓުގައި މިފަހަރު އާ ފޯމެޓަކަށް ކުރިއަށްގެންދަން ނިންމި ބައެކެވެ. މިގޮތުން ހަތަރު ސާފަރުން ހިމެނޭ ގޮތަށް ރަށްރަށަށް ނިސްބަތްވާ ޓީމްތަކުން ވަނީ ވާދަކޮށްފަ އެވެ. ކޮންމެ ހީޓަކުން ވެސް މޮޅުވަނީ އެ ޓީމެއްގެ ހަތަރު ސާފަރުން ވެސް އެންމެ މަތިން ހޯދާ ރާޅުތަކުގެ ސްކޯތަކަށް ބެލުމަށް ފަހު ޖުމްލަ ސްކޯ އަކުންނެވެ.

މުބާރާތުގެ ފައިނަލުން ގދ. ގައްދޫ ޓީމުން ޖާގަ ހޯދީ ސެމީ ފައިނަލުގައި، މިދިޔަ އަހަރުގެ އެއް ވަނަ ޓީމަކަށް ދިޔަ، ކ. މާލެ ބަލިކޮށްގެންނެވެ. އިސްމާއިލް ރަޝީދު (ސްމައިލީ)، ހޫދު އަހުމަދު (ހޫބްސް)، ޖައިލަމް ނިޒާރު އަދި ނަޖާހު މުހައްމަދު (ކަބޯ) ހިމެނޭ ގައްދޫ ޓީމުން ސެމީ ފައިނަލުގައި 18.29 ގެ ސްކޯއެއް ހޯދި އެވެ. މުހައްމަދު ފަޔާޒް، މުހައްމަދު އިރުޝާދު، އަހުމަދު އަރްޒަން އަދި ޔޫސުފް ކަޔާން ހިމެނުނު މާލޭ ޓީމަށް ހެދުނީ 16.64ގެ ސްކޯ އެކެވެ.

މި ހީޓުގައި ވާދަކުރި އަށް ސާފަރުންނަށް ބަލާއިރު އެންމެ ރަނގަޅު ސްކޯއެއް ހޯދީ ގައްދޫ ޓީމްގެ ހޫބްސް އެވެ. އޭނާ އެއް ރާޅުން 6.50ގެ ސްކޯއެއް ހޯދިއިރު، ދެ ވަނަ އަށް އެންމެ މަތިން ހޯދި ސްމައިލީ 5.33ގެ ސްކޯއެއް ހޯދި އެވެ.

ސެމީ ފައިނަލު ދެ ވަނަ މެޗުގައި ކ.ތުލުސްދޫއާ ވާދަކޮށް ކުރި ހޯދީ ރ.ރަސްމާދޫ އިންނެވެ. ހުސެއިން އަރީފް (އިބޫ)، އަބްދުﷲ އަރީފް (ފުކޫ)، އިބްރާހިމް އަރީފް އަދި މުހައްމަދު އާރިފް ހިމެނުނު ރަސްމާދޫ ޓީމުން 17.24 ގެ ސްކޯއެއް ހޯދިއިރު، އަހުމަދު އާގިލް (އައްމަޑޭ)، އާދަމް މުއީން، މުހައްމަދު ނުސްރަތު އަދި މުހައްމަދު ރިފާސްގެ ތުލުސްދޫ ޓީމަށް ހެދުނީ 9.70ގެ ސްކޯ އެކެވެ.

ސާފިން މުބާރާތުގެ ހީޓެއްގައި އެޅުމަށް ސްމައިލީ ތައްޔާރުވަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރަންނަމާރި ޗެލެންޖުގެ އެހެން ހީޓުތަކަށް ބަލާއިރު މުބާރާތުގެ އެންމެ ފޯރިގަދަ ބައިކަމަށްވާ ޝޯޓްބޯޑު ކެޓަގަރީ އިން ސްމައިލީ ވަނީ ކަޓައިފަ އެވެ.

ތިން ވަނަ ބުރުގެ ފަހު ހީޓުގައި ވާދަކޮށް ސްމައިލީ އަށް ލިބުނީ ތިންވަނަ އެވެ. ހަތަރު ވަނަ ބުރުން ޖާގަ ލިބެން އޮތީ ގަދަ ދޭއްގައި ހިމެނިގެންނެވެ. ހީޓުގެ އެއްވަނަ ހޯދީ 8.20ގެ ސްކޯއަކާއިއެކު ކަބޯ އެވެ. ދެވަނަ އަށް ދިޔަ ކަޔާން އާއި ސްމައިލީ އަށްވެސް ލިބުނީ 7.00ގެ ސްކޯ އެކެވެ. އެކަމަކު ވަކި ވަކި ރާޅަށް ބަލާއިރު، ސްމައިލީއަށް ވުރެ މަތީ ސްކޯއެއް ކަޔާން ހޯދާފައި އޮތުމުން ކަޔާން އަށް ކުރި ލިބުނީ އެވެ.

އިއްޔެގެ އެހެން ހީޓުތަކަށް ބަލާއިރު އެންމެ ރަނގަޅު ސްކޯއެއް ހޯދީ އިބޫ އެވެ. އޭނާ ވަނީ ތިންވަނަ ބުރުގެ ހީޓު ދޭއްގައި ވާދަކޮށް 14.00ގެ ސްކޯ އެއް ހޯދާފަ އެވެ. ހަތަރު ވަނަ ބުރުގައި އިބޫ އަށް އޮތީ ވަރުގަދަ ހީޓެކެވެ. އޭނާ އާއި ދެކޮޅަށް ނުކުންނާނީ މިވަގުތު ރޭންކިން އެއްވަނައިގައި އޮތް ކަބޯ، އޭނާގެ ކޮއްކޮ ފުކޫ އަދި ޖީހާން އަހުމަދު (ޖީއްކޮ) އެވެ.

ސަތޭކަ އަށް ވުރެ ގިނަ ސާފަރުން ވާދަކުރާ ރަންނަމާރި ޗެލެންޖް މިއީ މި އަހަރު ގައުމީ ސާފިން ލީގުގެ ފަހު މުބާރާތެވެ. މީގެ ކުރިން ވަނީ ހަތަރު މުބާރާތެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވައިފަ އެވެ. އެންމެ ފުރަތަމަ މުބާރާތް ބޭއްވީ ގދ. ގައްދޫގަ އެވެ.

އެ އަށް ފަހު މ. މުއްޔާއި ރ. ކިނޮޅަސް އަދި ކ. ހިންމަފުށީގައި ވަނީ ސާފިން ލީގުގެ މުބާރާތްތައް ބާއްވައިފަ އެވެ. އެންމެ ފަހު، ބޮޑު މުބާރާތް ކަމަށްވާ ގައުމީ މުބާރާތް މި ކުރިއަށްދަނީ މާލޭގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox