ޓެކްސް ނިޒާމަށް ހަރުދަނާ ބަދަލުތަކެއް ގެނައުމަށް ފިނޭންސާއި، މީރާ އަދި ޔޫއެންޑީޕީގެ އެއްބަސްވުމެއް

Nov 9, 2022, 1:51 PM
ޓެކްސް ނިޒާމަށް ހަރުދަނާ ބަދަލުތަކެއް ގެނައުމަށް ފިނޭންސާއި، މީރާ އަދި ޔޫއެންޑީޕީގެ އެއްބަސްވުމެއް

ރާއްޖޭގެ ޓެކްސް ނިޒާމަށް ހަރުދަނާ ބަދަލުތަކެއް ގެނައުމުގެ އަމާޒުގައި ޓެކްސް ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓު ގޯލްސް (އެސްޑީޖީ) ގެ ކަންޓްރީ އެންގޭޖުމަންޓު ޕްލޭނުގައި ފިނޭންސް މިނިސްޓްރީ އާއި ޔޫއެންޑީޕީ އަދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު މީރާ، ޔޫއެންޑީޕީ އަދި ފިނޭންސް މިނިސްޓްރީގެ ބޭފުޅުންނާ އެކު ހާއްްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފަ އެވެ. މިއީ ޒަމާނާ އެކު ރާއްޖޭގެ ޓެކްސް ނިޒާމަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަތުމަށް މުހިންމު ޕްރޮގްރާމެއް ކަމަށް މީރާއިން ބުނެ އެވެ.

އެގޮތުން، ބައިނަލްއަގްވާމީ ޑިޖިޓަލް އިކޮނޮމީގެ ތެރެއިން ޓެކްސް ނިޒާމަށް އަންނަ ގޮންޖެހުންތަކާއި، ވަކި ޖިންސަކަށް އަމާޒުކޮށް ނަގާ ޓެކުހާއި، ގާނޫނާއި ގަވާއިދުތަކުގެ ބޭރުން ހިންގާ ވިޔަފާރިތައް ޓެކްސް ނިޒާމަށް ވެއްދުމުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މި ރަސްމިއްޔާތުގައި ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ވާހަކަ ދެއްކެވި އެވެ.

ހަމައެހެންމެ، ޓެކްސް ނިޒާމު ހަރުދަނާ ކުރުމަށާއި ރާއްޖޭގެ އިގްތިސާދީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޔޫއެންޑީޕީން ވަމުންދާ އެހީތެރިކަން އޭނާ ފާހަގަކުރެއްވި އެވެ.

މި ޕްރޮގްރާމްގެ ތެރެއިން ރާއްޖޭގެ ޓެކްސް ނިޒާމާ ގުޅުން ހުރި އިދާރާތަކަށް ބަދަލުތައް ގެނައުމަށް ވަނީ ނިންމާފަ އެވެ. މިއީ ދެ އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ޕްރޮގްރާމެކެވެ.

މީރާއިން މި ޕްރޮގްރާމްގެ ތެރެއިން އަމާޒުކުރަނީ ޑޭޓާ ގަވަނެންސް ފްރޭމްވޯކެއްގެ ތެރެއިން ޓެކްސްގެ މަސައްކަތްތައް ޑިޖިޓަލް ކުރުމަށާއި އެންޓަޕްރައިޒް ރިސްކު މެނޭޖުމަންޓު ފްރޭމްވޯކަކާއި ކޮވިޑް-19 ފަދަ އިމަޖެންސީ ހާލަތެއް ދިމާވެއްޖެނަމަ ހުއްޓުމެއް ނެތި އޮޕަރޭޝަންތައް ކުރިއަށްގެންދެވޭނެ ޕްލޭނެއް އެކުލަވާލުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox