ފޯޅަވަހި މައްސަލަ: މަޖިލީހުގެ ޝަކުވާއަކީ މޮރިޝަސްއާ އެއްކޮޅަށް އަރަން ރުހުން ނުހޯދުން

ރައްޔިތުންގެ މަޖިލީހުގެ އިދާރާ. -އަދަދު ފައިލް ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ އިދާރާ. -އަދަދު ފައިލް ފޮޓޯ

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ކުރިއަށް ގެންގޮސްފައިވާ ރާއްޖެ އާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލާގައި, ރައްޔިތުންގެ މަޖިލީހަށް ހިއްސާކޮށްފައި ވަނީ ޝަރީއަތް ފެށުމުގެ ކުރިން ކުރިން ދެ ގައުމުން އެ ޓްރައިބިއުނަލަށް ހުށަހެޅި ލިޔުންތަކެއް އެކަނި ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.

ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގުޅިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރިފްއަތު ވަނީ ރައްޔިތުންގެ މަޖިލީހަށް ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ފުށު އަރާ މައްސަލައިގެ ލިޔެކިޔުންތައް ފޮނުވާފައިވާނެ ކަމަށެވެ.

"މޮރިޝަސްގެ ފަރާތުން [އިޓްލޮސް] ހުށަހަޅާފައިވާ މައްސަލައާއި، އަދި މޮރިޝަސްގެ ފަރާތުން ދީފައިވާ ޖަވާބާއި، ރާއްޖޭން ދީފައިވާ ޖަވާބާއި މެޕްތަކުގެ ލިޔެކިއުންތައް ފޮނުވިން،" ރިފްއަތު ރޭ ވިދާޅުވެފައިވެ އެވެ.

މި ކަމާ ގުޅިގެން މަޖިލީހުން ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މައްސަލާގައި ރާއްޖޭން ސްޓޭންޑް ބަދަލުކޮށްފައިވާ ކަމަށް ބުނެ އަޑު ފެތުރޭތީ އަމިއްލަ ފަރާތަކުން މަޖިލީހަށް ފޮނުވި ސިޓީއަކާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ބަންޑާރަ ނައިބުގެ އޮފީހެއް މަޖިލީހުން ދެ ސިޓީއެއް ފޮނުވި ކަމަށެވެ.

އެ ސިޓީތަކުގެ ޖަވާބުގައި އެ އޮފީހުން ވެސް މަޖިލީހަށް ސިޓީއެއް ފޮނުވި އެވެ. އޭގައި ވަނީ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގެ ލިޔެކިއުންތަކާއި އެ ލިޔެކިއުންތައް ސިއްރުކޮށްދިނުމަށް އެދި ބަންޑާރަ ނައިބުގެ އޮފީހުން ފޮނުވާފައިވާ ސިޓީއެއް ކަމަށް މަޖިލީހުގެ ބަޔާނުގައިވެ އެވެ.

އެއީ އެ މައްސަލައިގެ އަޑުއެހުންތައް ފެށުމުގެ ކުރިން ކަމަށް ވާތީ، އެ ލިޔެކިއުންތަކުގެ ސިއްރު ހިފަހައްޓައިދޭން އެ މައްސަލާގައި ރާއްޖޭގެ ފަރާތުން ވަކާލާތުކޮށްދޭ ބައިނަލްއަގްވާމީ ލޯޔަރުންގެ ޓީމުން ލަފާ ދީފައިވާތީ ކަމަށް މަޖިލީހުގެ ބަޔާނުގައިވެ އެވެ.

އެ ލިޔެކިއުމުގެ އިތުރަށް ސަރުކާރުން އެއްވެސް ކަމެއް ހިއްސާކޮށްފައިނުވާ ކަމަށް މަޖިލީހުގެ ބަޔާނުގައިވެ އެވެ. އެގޮތުން މޮރިޝަސްއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ފޮނުވި ސިޓީ އާއި، މޮރިޝަސްއާ އެއްކޮޅަށް އދ. ގައި ވޯޓު ދޭން ނިންމި ކަމާއި، ނިންމި ސަބަބު ވެސް މަޖިލީހާ މިހާތަނަށް ހިއްސާކޮށްފައިނުވާ ކަމަށް މަޖިލީހުގެ ބަޔާނުގައިވެ އެވެ.

މައްސަލައިގެ ފަސްފަހަތް؛

މޮރިޝަސް އިން ޗާގޮސް ގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ކުރި ދައުވާ އެގައުމާއި އެއްކޮޅަށް ނިމި 2019 ވަނަ އަހަރު އެ ކޯޓުން ވަނީ ޗާގޮސް ވީ އެންމެ އަވަހަކަށް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތަށް އަންގާފަ އެވެ. ނަމަވެސް މިހާތަނަށް އެ ނިންމުމަށް އިނގިރޭސިވިލާތުން އިޖާބަދީފައެއް ނުވެ އެވެ.

މީގެ ކުރިން މެއި 22، 2019، ގައި އދ. އިން އެ ނިންމުމަށް ތާއީދުކޮށް ހަ މަސް ދުވަހުގެ ތެރޭގައި ޗާގޮސް މޮރިޝަސް އާއި ހަވާލުކުރުމަށް 116 ގައުމުގެ ވޯޓާއި އެކު ފާސްކުރި ގަރާރުގައި ރާއްޖެއިން ވޯޓުލީ ދެކޮޅަށެވެ.

އެ މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލުވިކަން އެނގުނީ މިހާރު ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ވަކާލާތުކުރަމުން އެ ގަރާރާ އެއްކޮޅަށް ވޯޓުދޭން ނިންމާފައިވާ ކަމަށް ބަންޑާރަ ނައިބު ވިދާޅުވުމުންނެވެ.

ނަމަވެސް އެ މައްސަލައިގެ ސްޓޭންޑަށް އައި ބަދަލުގެ ސަބަބުން ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ޖަވާބުދާރީވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް ސަރުކާރުން ވަނީ ތަކުރާރުކޮށް ބުނެފަ އެވެ.

އޭގެ އިތުރުން، ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ލިބުމަށް ރާއްޖެއިން ތާއިދުކޮށް އެ ގައުމާއި އެއްކޮޅަށް ވޯޓުލާން ނިންމީ، ރާއްޖެއަކީ އިސްތިއުމާރުކުރުމާ ދެކޮޅު ގައުމަކަށްވެފައި ގައުމުތަކުގެ ސިޔާދަތީ ބާރު އޮތުމަށް ތާއިދުކުރާ ގައުމަކަށް ވާތީ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު ރިފްއަތާއި މިިނިސްޓަރު ޝާހިދު ވެސް ވިދާޅުވެފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ކުޑަ މިންވަރެއް އުނިކުރުމަށް ވެސް ދިވެހި ދައުލަތުން ވަކާލާތުކޮށްފައިނުވާނެ ކަމަށެވެ. އަދި މައްސަލަ ވެސް މޮރިޝަސްއާ އެއްކޮޅަށް ނިމިގެން ނުދާނެ ކަމަށް ބެލެވޭ ކަމަށް ވެސް ރިފްއަތު ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލަކީ ހިޔާނާތެއް: އާޒިމް

ރަސްމާލެއިން 500 ހެކްޓަރުގެ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ގައުމަށް ވެވޭ ބޮޑު ހިޔާނާތެއް ކަމަށް ވިދާޅުވެ، އެ އެއްބަސްވުން ބާތިލުކުރުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ. އާޒިމް ވިދާޅުވީ މިއީ ދިވެހިންގެ މުސްތަގުބަލު ގެއްލޭ ގޮތަށް، ރައްޔިތުންނަށް އެ ބިން އަނބުރާ ނުލިބޭނެ ފަދަ ގޮތަކަށް ކޮށްފައިވާ ނުރައްކާތެރި ކަމެއް ކަމަށެވެ.

ރަސްމާލެ ދިނަސް ބޯހިޔާވަހިކަމަށް ހުރަސް ނޭޅޭނެ: މުއިއްޒު

ރަސްމާލެއިން ބޮޑު ބިމެއް އީގަލް ހިލްސް ކުންފުންޏަށް ދޫކުރި ނަމަވެސް، ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވައިފިއެވެ. ނަމަވެސް، ބިދޭސީންނަށް ޚާއްސަކޮށްގެން ހިންގާ މި މަޝްރޫއަށް ބޮޑު ބިމެއް ދިނުމުން، ސަރުކާރުން ވައުދުވި ގޯއްޗާއި ފްލެޓްތައް އެޅުމަށް ބޭނުންވާ ޖާގައާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރިޒާވު ދަށް، އެކަމަކު ހަ މަސް ތެރޭގައި ރަނގަޅު ވާނެ: މުއިއްޒު

ހަ މަސްދުވަހުގެ ތެރޭގައި ރިޒާވް ރަނގަޅުވާނެ ކަމުގެ ޔަގީންކަންމުއިއްޒު ދެއްވިއިރު، ރިޒާވް އިތުރުކުރުމަށްޓަކައި ޑޮލަރު މާރުކުރާ މިންވަރު އިތުރުކުރުމާއި މެލޭޝިއާއިން ކަރަންސީ ސްވޮޕް ފެސިލިޓީ ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން. ސަރުކާރުން ބުނަނީ ރިޒާވު ދަށް ވަނީ ދަރަނި ދައްކަން ޖެހޭތީ އާއި ތެޔޮ އިމްޕޯޓުކުރުމުގެ ހަރަދު ބޮޑުވީމަ ކަމަށް.

އީގަލް ހިލްސްއަށް ރަސްމާލެ ދިނުމާ ދެކޮޅު ހަދަންޖެހޭ: ފަޒްލޫން

ރަސްމާލެ މަޝްރޫއު ހިންގަން އީގަލް ހިލްސް ކުންފުންޏަށް ބިން ދިނުމަކީ ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރިކުރުވައި، ގައުމުގެ އިސްތިގުލާލަށް ނުރައްކާވެދާނެ ކަމެއް ކަމަށް ޝެއިހް ފަޒްލޫން ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫއުގެ ދަށުން ދޫކުރާ ތަންތަން 99 އަހަރުގެ މުއްދަތަށް، ނިމުމެއް ނެތް ސިލްސިލާއެއްގެ ގޮތުގައި ދެވޭނެ.

ރ. މަޑުއްވަރީގައި ބިދޭސީއެއް އަތުން ފޭރުނު މައްސަލައެއް ބަލަނީ

ރ. މަޑުއްވަރީގައި ބިދޭސީ އަންހެނެއް އަތުން ފޭރި މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާއިރު، މި އަމަލު ހިންގާފައިވަނީ ބަންގްލަދޭޝް ފިރިހެނެއްކަން ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން އެނގޭ. މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނޭ.

ސަލާމަތީ މަޖިލީހުން ސިޑްސްއަށް ދާއިމީ ގޮނޑިއެއް ދޭން ގޮވާލައިފި

އދ. ގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ ވީޓޯގެ ބާރު އުވާލުމަށާއި، 2033-2034 ވަނަ އަހަރަށް ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެއިން ކުރާ މަސައްކަތަށް ތާއީދުކޮށްދިނުމަށް އެދިވަޑައިގެންފަ

ކޮވިޑުގެ ސަބަބުން ރާއްޖެ 15 އަހަރު ފަހަތަށް ސޮއްސާލި: އިރުތިޝާމް

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ ތިންބައިކުޅަ އެއްބައި ގެއްލި، ތަރައްގީގައި 15 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވި. ވެކްސިނާއި ބޭހާއި ބަލި ދެނެގަންނަ ވަސީލަތްތައް ފޯރުކޮށްދެވޭނެ ވަރުގަދަ ނިޒާމުތަކެއް ބޭނުންވާކަން އިރުތިޝާމް ފާހަގަކުރެއްވި.

Newsletter

Get the latest news delivered straight to your inbox