އިޓަލީ ވޯލްޑް ކަޕަށް ކޮލިފައިނުވުމުގެ ފައިދާ އޮސްޓްރޭލިއާ އަށް ނުނެގުނު

Nov 9, 2022, 6:20 AM
އިޓަލީ ވޯލްޑް ކަޕަށް ކޮލިފައިނުވުމުގެ ފައިދާ އޮސްޓްރޭލިއާ އަށް ނުނެގުނު

ގަތަރުގައި މި މަހު 20 ވަނަ ދުވަހު ފަށާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ޓީމުތަކުން 26 ކުޅުންތެރިންގެ ސްކޮޑު ފައިނަލް ކުރަމުންދާއިރު، އޮސްޓްރޭލިއާ އިން ޓީމު ލިސްޓު ފުރިހަމަ ކުރުމުގެ ކުރިން އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް އެއް ކުޅުންތެރިއަކަށް އިންތިޒާރުކުރި އެވެ.

އެ ކުޅުންތެރިއަކީ، އޮސްޓްރޭލިއާ އަށް އުފަން، 18 އަހަރުގެ މިޑްފީލްޑަރު، ކްރިސްޓިއަން ވޮލްޕާޓޯ، އަށެވެ. އިޓަލީގެ ރޯމާ އަށް ކުޅެމުން އަންނަ ވޮލްޕާޓޯ ނިންމީ އޮސްޓްރޭލިއާގެ "އޮފާ" ދޫކޮށްލާށެވެ.

ޔޫތު ލެވަލްގައި އޮސްޓްރޭލިއާ ކްލަބްތަކަށް ކުޅެފައިވާ ވޮލްޕާޓޯ، 2020 ވަނަ އަހަރު ރޯމާގެ ޓްރަޔަލެއްގައި ބައިވެރިވި އެވެ. އެ ޓްރެއިނިން ޓްރަޔަލްތަކުން ވޮލްޕާޓޯގެ ހުނަރު ފާހަގަވެ، ރޯމާ ޔޫތު ޓީމަށް ނެގި އެވެ. ޔޫތު ޓީމުގައި ވޮލްޕާޓޯގެ ކުރިއެރުން ފެނި، ރޯމާ ސީނިއަ ޓީމުގެ ހެޑް ކޯޗު، ހޯސޭ މޮރީނިއޯގެ އެދުމުގެ މަތިން ވޮލްޕާޓޯ އަށް ވަނީ ތިން އަހަރުގެ ކޮންޓްރެކްޓެއް ވެސް ދީފަ އެވެ.

ދާދި ފަހުން އިޓާލިއަން ލީގުގައި ވެރޯނާ އަތުން ރޯމާ މޮޅުކޮށްދޭން އެންމެ އިސް ރޯލެއް ކުޅުނީ، ބަދަލަކަށް ކުޅެން އެރި ވޮލްޕާޓޯ އެވެ. އެހެންވެ، މި ފަހަރުގެ ވޯލްޑް ކަޕްގައި އޮސްޓްރޭލިއާ އިން ވޮލްޕާޓޯ ފެނިދާނެ ކަމަށް އިޓަލީގެ މީޑިއާތަކުން ރިޕޯޓްކުރި އެވެ. އެކަމަކު، އިޓަލީގެ 19 އަހަރުން ދަށާއި 20 އަހަރުން ދަށުގެ ޓީމަށް ހަތް މެޗު ކުޅެފައިވާ ވޮލްޕާޓޯ އަށް ވޯލްޑް ކަޕް ކުޅެން ލިބުނު ފުރުސަތު ދޫކޮށްލީ ކަމަށް، އޮސްޓްރޭލިއާ ޓީމުގެ ގްރަހަމް އާނޯލްޑް ވަނީ ބުނެފަ އެވެ.

"ފަހަރުގައި އޭނާ (ވޮލްޕާޓޯ) ބޭނުންވީ ކަންނޭނގެ ސީނިއާ ލެވަލްގައި ކުޅޭނެ ޓީމެއް ވަރަށް ރަނގަޅަށް ވިސްނުމަށް ފަހު ނިންމަން. އޭނާ އަށް އަހަރެމެންގެ ފަރާތުން އޮތް ހުށަހެޅުން އެންމެ ފަހު ވަގުތާ ހަމައަށް ވެސް އޮތް، އެކަމަކު، ފަހު ވަގުތު އޭނާ ނިންމީ އެ އޮފާ ދޫކޮށްލަން،" ވޯލްޑް ކަޕް ސްކޮޑުގައި ވޮލްޕާޓޯ ނެތް ސަބަބު އޮސްޓްރޭލިއާގެ މީޑިއާތަކަށް ހިއްސާކުރަމުން އާނޯލްޑް ބުންޏެވެ.

ވޮލްޕާޓޯ، ލައްވައި އޮސްޓްރޭލިއާ އަށް ކުޅުވަން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބޭނުންވި އެއް ސަބަބަކީ އިޓަލީ މި ފަހަރުގެ ވޯލްޑް ކަޕް ނެތުމާއި އެ ހާލަތުގެ ބޭނުންހިފައި، ހުނަރުވެރި ޒުވާން ކުޅުންތެރިއަކު އޮސްޓްރޭލިއާ ޓީމަށް ގެނައުމުގެ ބޭނުމުގަ އެވެ. އެކަމަކު، އެކަން އެގޮތަކަށް ކުރިއަށް ނުދިޔަ އެވެ.

އާނޯލްޑް ބުނީ މި ވަގުތު ހާލަތުގެ ގޮތުން ވޮލްޕާޓޯ، އޮސްޓްރޭލިއާ ޓީމަށް ނުކުޅުނު ކަމުގައި ވިޔަސް މުސްތަގުބަލުގައި ކަންތައްތައް ވާނެ ގޮތެއް އެއްވެސް މީހަކަށް ޔަގީންކަމާ އެކު ނުބުނެވޭނެތީވެ، އުންމީދު އެބައޮތް ކަމަށެވެ.

"ވަރަށް ހުނަރުވެރި ޒުވާން ކުޅުންތެރިއެއްގެ އަތްމަތީގައި އެ އޮތީ ބޮޑު ނިންމުމެއް ނިންމަން ޖެހިފައި. އޮސްޓްރޭލިއާ ނޫނީ އިޓަލީ އިހުތިޔާރުކުރަން. މި ވަގުތު، ކްރިސްޓިއަން (ވޮލްޕާޓޯ) އެ ނިންމީ އަހަރެމެންގެ ވޯލްޑް ކަޕް އޮފާ ދޫކޮށްލަން، އޭގެ މާނަ އަކީ އޭނާ އެއްކޮށް އޮސްޓްރޭލިއާ އަށް ނުކުޅެން ނިންމީކީއެއް ނޫން،" އާނޯލްޑް ބުންޏެވެ.

އޮސްޓްރޭލިއާ އަށް ކުޅެން ވޮލްޕާޓޯ އަށް ލިބުނު ފުރުސަތު ދޫކޮށްލުމާ ބެހޭގޮތުން މީޑިއާގައި އެކި ވާހަކަތައް ދެކެވޭތީ އޭނާ ވަނީ ސޯޝަލް މިޑިއާގައި ޖަވާބުދާރީވެފަ އެވެ. ވޮލްޕާޓޯ ބުނީ އޭނާގެ މުސްތަގުބަލާ ގުޅޭގޮތުން އަވަސް އަރުވާލައިގެން ކަމެއް ނިންމަން ބޭނުންނުވާ ކަމަށެވެ.

"އަހަންނަށް އެންމެ ރަނގަޅު ނިންމުމެއް ނިންމަން ވަގުތު ނަގާނެ،" ވަލްޕާޓޯ ބުންޏެވެ.

މުސްތަގުބަލާ ގުޅޭގޮތުން ވޮލްޕާޓޯ އިންސްޓަގްރާމްގައި ޕޯސްޓްކުރި މެސެޖް.

ފީފާ އިން 2020 ވަނަ އަހަރު ގައުމީ ޓީމުގެ ކުޅުންތެރިން އެއް ގައުމުން އަނެއް ގައުމަށް ބަދަލުވުމުގެ އުސޫލަށް ވަނި ލުޔެއް ދީފަ އެވެ. އެ ގޮތުން 21 އަހަރުން މަތީގެ ކުޅުންތެރިއަކު އެއް ގައުމަށް ތިން މެޗަށް ވުރެ އިތުރަށް ނުކުޅެ ހުއްޓައި، އޭނާއާ އާއިލީ ގޮތުން ގުޅުން އޮތް އެހެން ގައުމެއްގެ ގައުމީ ޓީމަށް ކުޅެން ބަދަލުވެވޭނެ އެވެ.

ފަހަކަށް އައިސް ޔޫތު ލެވަލްގައި އެއް ގައުމެއް ތަމްސީލްކުރި ގިނަ ކުޅުންތެރިން ސީނިއާ ލެވަލްގައި އެހެން ގައުމީ ޓީމުތަކަށް ބަދަލުވާ ނިސްބަތް އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.

ވޮލްޕާޓޯ އަކީ މުސްތަގުބަލުގައި ފުޓްބޯޅައިގައި "ބޮޑު ނަމެއް" ހޯދާނެ ކުޅުންތެރިއެއް ކަމަށް ރޯމާގެ ކޯޗު މޮރީނިއޯ ވަނީ ބުނެފަ އެވެ.

މި ފަހަރުގެ ވޯލްްޑް ކަޕާ ކުރިމަތިލާއިރު، އޮސްޓްރޭލިއާ ޓީމަށް އޮތީ އަނިޔާ އާއި އެހެނިހެން މައްސަލަތަކެއް ކުރިމަތިވެފަ އެވެ. އޮސްޓްރޭލިއާ، މި ފަހަރުގެ ވޯލްޑް ކަޕްގައި ހިމެނެނީ ފްރާންސާއި ޓިއުނީޝިއާ އަދި ޑެންމާކާ އެކު ގްރޫޕް ޑީގަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox