އުޖާލާ ދިރިއުޅުން ފެސިލިޓީ މެދުވެރިކޮށް ސްޓެލްކޯއިން މުދާ ގަނެވޭނެ ގޮތް ހަދައިފި

ސްޓެލްކޯ ސޭލްސް ސެންޓަރު؛ އެ ފިހާރަ ހުންނަނީ އަމީނީ މަގުގައި ހުންނަ ސްޓެލްކޯ މައި އިމާރާތުގައި -- ފޮޓޯ: ފައިލް

ސްޓެލްކޯ ސޭލްސް ސެންޓަރު؛ އެ ފިހާރަ ހުންނަނީ އަމީނީ މަގުގައި ހުންނަ ސްޓެލްކޯ މައި އިމާރާތުގައި -- ފޮޓޯ: ފައިލް

މޯލްޑިވްސް އިސްލާމިކް ބޭންކުގެ އުޖާލާ ދިރިއުޅުން ފެސިލިޓީ މެދުވެރިކޮށް ސްޓެލްކޯ ސޭލްސް ސެންޓަރުން މުދާ ގަނެވޭނެ ގޮތް ހަދައިފި އެވެ.

ސްޓެލްކޯއިން މައުލޫމާތު ދިން ގޮތުގައި ކަރަންޓުލުމަށް ބޭނުންވާ ހުރިހާ ސާމާނާއި ކަރަންޓު ވައިރުކުރުމަށް ބޭނުންވާ އާލާތްތަކުގެ އިތުރުން ކަރަންޓާގުޅޭ ތަފާތު ބްރޭންޑުތަކުގެ އުފެއްދުންތައް ވެސް އެ ސްކީމްގެ ދަށުން ގަނެވޭނެ އެވެ.

އެމްއައިބީގެ އުޖާލާ ދިރިއުޅުން ސްކީމަކީ މަހުންމަހަށް ބަހާލައިގެން ފައިސާ ދައްކަމުން ގޮސް ހަލާސްކުރާ ގޮތަށް، ދިރިއުޅުމުގެ ބޭނުންތަކާއި މަސައްކަތްތަކަށް ބޭނުންވާ ތަކެތި ނަގައިދޭ ސްކީމެކެވެ. އެ ސްކީމުގެ ދަށުން އެމްއައިބީން ގަބޫލުކުރާ ތަނެއްގައި ވަޒީފާ އަދާކުރާ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ވެސް މުދާ ގަނެވޭނެ އެވެ.

ކަރަންޓާ ގުޅޭ ހުރިހާ ސާމާނެއް އުޖާލާ ދިރިއުޅުން ސްކީމުގެ ދަށުން ގަނެވޭނެ
ކަރަންޓާ ގުޅޭ ހުރިހާ ސާމާނެއް އުޖާލާ ދިރިއުޅުން ސްކީމުގެ ދަށުން ގަނެވޭނެ

ކަރަންޓާ ގުޅޭ ހުރިހާ ސާމާނެއް އުޖާލާ ދިރިއުޅުން ސްކީމުގެ ދަށުން ގަނެވޭނެ

އެއްފަހަރާ ފައިސާ ދައްކަން ދަތިވާ ފަރާތްތަކަށް ގިނަ ފަސޭހަތައް ލިބޭ އެ ސްކީމުގެ ދަށުން ގިނަވެގެން ނެގޭނީ 400،000ރ. ގެ މުދަލެވެ. އެގޮތުން ލިބޭ ފައިސާގެ ލިމިޓު، އެ ލިބޭ ތާރީހުން ފެށިގެން ހަ މަސް ވަންދެން ބޭނުންކުރެވޭނެ އެވެ.

ފައިނޭންސިން އެހެން ސްކީމްތަކާ ހިލާފަށް އުޖާލާ ދިރިއުޅުން ސްކީމުގައި ފައިސާ ދައްކަން ބޭނުންވާ މުއްދަތު 18 މަހާއި 48 މަހާ ދެމެދުގެ މުއްދަތަކަށް ބަހާލެވޭނެ އެވެ. އެ ސްކީމުގެ ދަށުން މުދާ ގަތުމަށް ހަމައެކަނި ގަންނަން ބޭނުންވާ އެއްޗެއްގެ ކޯޓޭޝަން އެ ބޭންކަށް ހުށަހެޅުމުން، އެ ދުވަހުން ދުވަހަށް މުދާ ލިބޭނެ އެވެ.

ސްޓެލްކޯ ސޭލްސް ސެންޓަރަކީ ކަސްޓަމަރުންނަށް ކަރަންޓާ ގުޅުންހުރި ކޮލެޓީ ސާމާނު ލިބޭނެ މަގު ފަހިކޮށްދިނުމަށް ހުޅުވި ސްޓެލްކޯގެ ފިހާރައެކެވެ. އެ ތަނުން ކަރަންޓާ ގުޅޭ ސާމާނުގެ އިތުރުން ކަރަންޓާ ގުޅޭ ހުރިހާ ހިދުމަތެއް ވެސް ފޯރުކޮށް ދެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

Newsletter

Get the latest news delivered straight to your inbox