ވިލާ ކޮލެޖުން އަންނަ އަހަރުގެ ޖެނުއަރީ އިންޓޭކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ގިނަ ކުދިންނަށް މަތީ ސާނަވީ ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު ފަހުކޮށްދިނުމުގެ މަގުސަދުގައި 2007 ވަނަ އަހަރު ހުޅުވުނު ވިލާ ކޮލެޖު -- ފޮޓޯ: ޝާބިން/އަދަދު

ގިނަ ކުދިންނަށް މަތީ ސާނަވީ ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު ފަހުކޮށްދިނުމުގެ މަގުސަދުގައި 2007 ވަނަ އަހަރު ހުޅުވުނު ވިލާ ކޮލެޖު -- ފޮޓޯ: ޝާބިން/އަދަދު

އަންނަ އަހަރުގެ ޖެނުއަރީ އިންޓޭކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ވިލާ ކޮލެޖުން ހުޅުވާލައިފި އެވެ.

ޖެނުއަރީ މަހު ކިޔެވުން ފަށާ އިންޓޭކުގައި ތަފާތު ދާއިރާތަކުން ސެޓިފިކެޓު ލެވެލް އެކަކުން ފެށިގެން މާސްޓާސް ޑިގުރީއާ ހަމައަށް ކިޔެވޭ ޖުމްލަ 139 ކޯހެއްގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލާފައި ވެއެވެ.

އެގޮތުން 16 މާސްޓާސް ޕުރޮގުރާމާއި، ނުވަ ޕޯސްޓު ގުރެޖުއޭޓު ޑިޕްލޮމާ/ސެޓިފިކެޓް ޕުރޮގުރާމާއި، 38 ޑިގުރީ ޕުރޮގުރާމާއި، 29 ޑިޕްލޮމާ ޕުރޮގުރާމާއި، ސެޓިފިކެޓް ލެވެލް ހަތަރެއްގެ 17 ޕުރޮގުރާމަކާއި، ލެވެލް ތިނެއްގެ 16 ޕުރޮގުރާމަކާއި، ސެޓިފިކެޓު ދޭއްގެ ޕުރޮގުރާމެއް ހިމެނެ އެވެ.

މީގެ އިތުރުން އެކައުންޓިން ދާއިރާއިން ތައުލީމު ހާސިލު ކުރާ ދަރިވަރުންނަށް ހާއްސަކޮށްގެން ވިލާ ކޮލެޖުން ހިންގާ އޭސީސީއޭގެ ތަފާތު އެކި ފެންވަރުގެ ކޯސްތަކާއި އިނގިރޭސިވިލާތުގެ އޮކްސްފޯޑު ބުރޫކްސް ޔުނިވާސިޓީގެ ބެޗެލާސް އޮފް ސައިންސް އިން އެޕްލައިޑް އެކައުންޓިން ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ.

އާ އިންޓޭކަށް އެޕްލިކޭޝަން ހުށަހެޅޭނެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 16، ވަނަ ދުވަހެވެ.

މާލޭގައި ހުންނަ ވިލާ ކޮލެޖުގެ ކެމްޕަސްގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުގައި ހުންނަ ވިލާ ކޮލެޖުގެ ކެމްޕަސްތަކުން ވެސް މި ކޯސްތަކުގައި ބައިވެރިވެ ކިޔެވުމުގެ ފުރުސަތު ލިބޭނެ އެވެ.

ވިލާ ކޮލެޖުން ކިޔަވާ ދަރިވަރުން ކޯހަށް ދައްކަން ޖެހޭ ފައިސާ، މަހުންމަހަށް ބަހާލައިގެން ފަސޭހަކަމާ އެކު ދައްކަމުން ދެވޭނެ އެވެ. އޭގެއިތުރުން ސަރުކާރުގެ ހިލޭ ޑިގުރީ ޕުރޮގުރާމުގެ ދަށުން ކިޔެވުމުގެ ފުރުސަތު ވެސް ވިލާ ކޮލެޖުން ލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވިލާ ކޮލެޖުން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށްފި

ވިލާ ކޮލެޖުން ތައުލީމީ، އިންޖިނިއަރިން އަދި ސައިކޮލޮޖީ ދާއިރާއިން މުޅިން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށް، އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އަމަލީ ތަޖުރިބާއަށް އިސްކަންދީގެން ފަރުމާކޮށްފައިވާ މި ކޯސްތަކަށް އަންނަ އަހަރުގެ ޖަނަވަރީ އިންޓޭކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 26 ޑިސެމްބަރު 2024 އެވެ.

ރަންނަމާރި ޗެލެންޖަށް މީރު ބުއިންތަކަކާއި މަޖާ ހަރަކާތްތަކެއް

މި ނޮވެމްބަރު 5 އިން 7 އަށް މާލޭ ރާޅުގަނޑު ސަރަހައްދުގައި ބާއްވާ ރަންނަމާރި ޗެލެންޖުގެ ކޯ-ޕާޓްނަރެއްގެ ގޮތުގައި ޔޫރޯ ސްޓޯރުން ބައިވެރިވެ، ތަފާތު ކެއުންތަކާއި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. މިގޮތުން އެ ސަރަހައްދުގައި ބަހައްޓާ ކިއޮސްކުން ކޮފީ އާއި ޖެލާޓޯ ފަދަ ތަކެތި ލިބެން ހުންނައިރު، އިނާމު ލިބޭ ކުޅިވަރުތަކާއި ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތައް ވެސް ކުރިއަށްދާނެއެވެ.

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

Newsletter

Get the latest news delivered straight to your inbox