މޫސުމީ ބަދަލުތަކުގެ ޒިންމާ ބޮޑެތި ގައުމުތަކުން ނަގަައި، ކުދި ގައުމުތަކަށް އެހީވާންޖެހޭ: ނައިބު ރައީސް

Nov 7, 2022, 5:41 PM
"އިނޮވޭޓިވް ފައިނޭންސް ފޮ ކްލައިމެޓް އެންޑް ޑިވެލޮޕްމަންޓް" މަތީ ފަންތީގެ ވަށްމޭޒު ބައްދަލުވުމުގައި ނައިބު ރައީސް ފައިސަލް ވާހަކަ ދައްކަވަނީ. -ފޮޓޯ: ރައީސް އޮފީސް

"އިނޮވޭޓިވް ފައިނޭންސް ފޮ ކްލައިމެޓް އެންޑް ޑިވެލޮޕްމަންޓް" މަތީ ފަންތީގެ ވަށްމޭޒު ބައްދަލުވުމުގައި ނައިބު ރައީސް ފައިސަލް ވާހަކަ ދައްކަވަނީ. -ފޮޓޯ: ރައީސް އޮފީސް

ދުނިޔޭގެ މޫސުމަށް ނޭދެވޭ ބަދަލުތައް އައުމުގައި އެންމެ ބޮޑު ހިއްސާއެއް އޮތީ ކުރިއަރާފައިވާ ގައުމުތަކުގައި ކަމަށާއި އެގައުމުތަކުން ފުރިހަމައަށް އެކަން ގަބޫލުކޮށް މި ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ކުދި ޖަޖީރާ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނައިބު ރައީސް ފައިސަލް ނަސީމް ގޮވާލައްވައިފި އެވެ.

ނައިބު ރައީސް މިކަމަށް ގޮވާލެއްވީ މިސްރުގެ ޝަރްމުއްޝެއިހްގެ އިންޓަނޭޝަނަލް ކޮންވެންޝަން ސެންޓަރުގައި ކުރިޔަށްދާ އދ.ގެ 2022 ވަނަ އަހަރުގެ ކުލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް27) ގައި ބައިވެރިވެވަޑައިގަންނަވާ ދުނިޔޭގެ އެކި ގައުމުތަކުގެ ލީޑަރުންނަށް އަމާޒުކޮށްގެން މިސްރު ސަރުކާރުން އިންތިޒާމްކޮށްގެން ބޭއްވި "އިނޮވޭޓިވް ފައިނޭންސް ފޮ ކްލައިމެޓް އެންޑް ޑިވެލޮޕްމަންޓް" މަތީ ފަންތީގެ ވަށްމޭޒު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ދުނިޔޭގެ އެކި ގައުމުތަކުގެ ވެރިންނާއި ދުނިޔޭގެ ބޮޑެތި މާލީ އިދާރާތަކުގެ މަންދޫބުންނާ މުހާތަބުކުރައްވައި ނައިބު ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާއި، ކޮވިޑުގެ ބަލިމަޑުކަމާއި ޔޫކްރެއިން ހަނގުރާމަފަދަ ކާރިސާތަކުގެ ސަބަބުން، އިމްޕޯޓަށް ބަރޯސާވެފައިވާ ރާއްޖެއަށް ކުރިމަތިވާ ހަކަތައިގެ ދަތިކަމާއި ގެއްލުންތަކުން އަރައިގަތުމަށް އިތުރު ދަރަނިތަކެއް ނަގަންޖެހުންފަދަ އިގުތިސާދީ ގޮތުން ކުރިމަތިލާންޖެހޭ ގޮންޖެހުންތައް ގިނަ ކަމަށެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކަލާއި، އޭގެ އަސަރުތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރަމުންދާއިރު، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރެވޭކަންކަމާއި މޫސުމަށް އަންނަ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ކުރާކަންކަމަށް ފައިސާ ހަމަޖެއްސުމުގައި ހަމަހަމަ ކަމެއް ގާއިމުކުރަންޖެހޭކަން ފައިސަލް ފާހަގަކުރެއްވި އެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ ރާއްޖެފަދަ ގައުމުތަކުގެ ދައުލަތުގެ ބަޖެޓުގެ ދެބައިކުޅަ އެއްބައި ހޭދަކުރަންޖެހެނީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރަންޖެހޭ ކަންކަމާގުޅޭ ހަރަދުތަކަށް ކަމަށެވެ. އެހެންކަމުން މޫސުމަށް އަންނަ ބަދަލުތަކާގުޅޭ ކަންކަމަށް ހަރަދުކުރުމަށް ގައުމުތަކުން އެއްބަސްވެފައިވާ އަހަރަކު 100 ބިލިޔަން ޑޮލަރުގެ އަމާޒަށް އަދިވެސް އިތުރަށް މަސައްކަތްކުރަންޖެހޭކަން ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، ފައިސަލް ވަނީ ރާއްޖެފަދަ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނާޒުކު ފައްތަރެއްގައިވާ ޤައުމުތަކުގެ ދެމި އޮތުމަށް ބޭނުންވާ ފައިސާ، އެބޭނުންވާ ވަގުތުގައި ހޯދުމުގައި އިދާރީގޮތުން ފުރިހަމަކުރަން ޖެހޭ ކަންކަމަށްވެސް ލުއިގޮތްތަކެއް ހަމަޖެއްސުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.

އަދި ޕެރިސް އެގްރީމަންޓް ފުރިހަމައަށް ތަންފީޒުކުރުމަށްޓަކައި، ޔޫއެން ފްރޭމްވާކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ)ގެ ބޭރުންވެސް ހިތްވަރަކާއެކު މަސައްކަތްތައް އިތުރުކުރަންޖެހޭ ކަމަށާއި، އަދި ބައިނަލްއަގުވާމީ ހުރިހާ މާލީ އިދާރާތަކުންވެސް އެ އެގްރީމެންޓާ އެއްގޮތަށް ސިޔާސަތުތައް ބައްޓަންކުރަން ޖެހޭކަމުގައި ވިދާޅުވި އެވެ.

އަދި ރާއްޖެ ފަދަ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ނާޒުކު ފައްތަރުގައިވާ ޤައުމުތަކަށް މިކަންކަމުން އަރައިގަތުމުގައި މާލީގޮތުން ކުރިމަތިވާ ދަތިތައް ހައްލުކުރުމަށް ފައިސާ ހޯދިދާނެ ބައެއް ގޮތްތަކުގެ ހުށަހެޅުންތަކެއް ވެސް ނައިބު ރައީސް މި ބައްދަލުކުރުމުގައި ހިއްސާ ކުރެއްވި އެވެ.

ފައިސަލް ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެފައިވާ ނުރައްކާ އިތުރުވެ ހާލަތު އިތުރަށް ގޯސްވަމުންދާކަމީ ފެންނަން އޮތް ހަގީގަތެއްކަން ފާހަގަކުރައްވައި، މިފަދަ ކާރިސާއަކަށް ހައްލެއް ގެނެވޭނީ، އެންމެން އަނެކާއާ މެދު ވިސްނައި، އެބައެއްގެ ޒިންމާ އަދާކޮށްގެންކަން ފާހަގަކުރައްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސުޕްރީމްކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ކަމަށްވާއިރު، ޖޭއެސްސީގެ ޕޯޓަލް މެދުވެރިކޮށް ނުވަތަ އެ ކޮމިޝަނަށް ފޯމު ހުށަހެޅޭނެއެވެ.

ޑޮލަރުގެ އަގުބޮޑުވުމުގެ ޒިންމާ އުފުލަންޖެހޭނީ އެމްއެމްއޭއިން

މިނިސްޓަރު މިހެން ވިދާޅުވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދެއްވަމުން، ފޮރިން އެކްސްޗޭންޖް ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމަކީ ގާނޫނީގޮތުން އެމްއެމްއޭގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވަމުންނެވެ.

ހޯމް ސްކޫލިން ހުއްދަކުރާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދަނީ

މި އިޞްލާޙުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ޚާއްޞަ ޙާލަތްތަކުގައިވާ ކުދިންނަށް އިސްތިސްނާ ދިނުމާއި، މިކަމާ ގުޅޭ އުޞޫލުތައް ކަނޑައެޅުމަށް ބަޔާންކޮށްފައިވެއެވެ. މި ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ނޮވެމްބަރު 12 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ދެ ފިރިހެނުންގެ ކައިވެނީގެ މައްސަލަ ތަހުގީގުކުރަން ގޮވާލައިފި

ފިރާގު ވިދާޅުވީ ބޭރުގެ އިންވެސްޓަރުން ހިންގާ ރިސޯޓުތަކުން ވެސް ރާއްޖޭގެ ގާނޫނުތަކާއި ސަގާފީ ހަމަތަކަށް ބޯލަނބަންޖެހޭނެ ކަމަށެވެ. އާންމުންގެ ބޮޑު ފާޑުކިޔުމެއް މިކަމަށް އަމާޒުވެފައިވާއިރު، މިއީ ރަމްޒީ ކައިވެންޏެއް ކަމަށް ބެލެވެއެވެ.

ގޭސްފުޅިއަށް، ގޭސް އަޅައިދޭ މިންވަރު މަދުކޮށްފި

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގެންނަ މި ވަގުތީ ބަދަލުގައި، ގޭހުގެ އަގު ނަގާނީ ފުޅިއަށް އަޅާ ކިލޯގެ ނިސްބަތުން ކަމަށާއި، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރަސްމާލެއަށް އިންކުއަރީ ހިންގަން ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް

އިދިކޮޅު ޕީއެންއެފްގެ އެކްޓިވިސްޓު، ހަލީމަތު ޒުހައިރާ ހުށަހެޅި އެ ޕެޓިޝަނުގައި ގޮވާލާފައި ވަނީ ރަސްމާލެ ވިއްކާލުމަށް އެއްވެސް ގާނޫނެއް ހެދުމުގެ ކުރިން އިންކުއަރީއެއް ހިންގުމަށެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު އެއްވުން ނޮވެންބަރު 13 އަށް ފަސްކޮށްފި

ރަސްމާލެ ވިއްކުމާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވަން ނިންމި އެއްވުން، އެމްޑީޕީއާ ގުޅިގެން އިތުރަށް ތައްޔާރުވުމަށްޓަކައި ނޮވެންބަރު 13 އަށް ފަސްކޮށްފިއެވެ. މި ހަރަކާތުގެ އިސްވެރިޔާ އިމްރާން އަބްދުﷲ ވިދާޅުވީ، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ގިނަ ބަޔަކު ގުޅެމުންދާތީ ސަރުކާރު އޮތީ ބޮޑު ޕްރެޝަރެއްގެ ތެރޭގައެވެ.

Newsletter

Get the latest news delivered straight to your inbox