ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި ރެއާލާއި ލިވަޕޫލްގެ ކުރިމަތިލުމެއް

Nov 7, 2022, 11:47 AM
ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މިދިޔަ ފަހަރު ރެއާލް އާއި ލިވަޕޫލް ކުުޅުނު މެޗުގެ ތެރެއިން.---

ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މިދިޔަ ފަހަރު ރެއާލް އާއި ލިވަޕޫލް ކުުޅުނު މެޗުގެ ތެރެއިން.---

ނިޔޯން، ސްވިޒަލެންޑް (ނޮވެމްބަރު 7) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ޓީމު ކުޅޭ ބުުރުގައި މިިދިޔަ އަހަރުގެ ފައިނަލުގައި ކުޅުނު ރެއާލް މެޑްރިޑާއި ލިވަޕޫލް ބައްދަލުކުރަން ޖެހިއްޖެ އެވެ.

ރެއާލުން ވަނީ މިދިޔަ ސީޒަނުގެ ފައިނަލުގައި ލިވަޕޫލް 1-0 އިން ބަލިކޮށް 14 ވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފަ އެވެ. މީގެ ކުރިން 2018 ވަނަ އަހަރުގެ ފައިނަލުގައި ވެސް ލިވަޕޫލާ ކުޅެގެން ރެއާލް ވަނީ 3-1 އިން ލިވަޕޫލް އަތުން މޮޅުވެފަ އެވެ.

ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގައި 2020/2021 ވަނަ އަހަރުގެ ސީޒަނުގެ ކުއާޓާ ފައިނަލުގައި ރެއާލުން ވަނީ ލިވަޕޫލް ކަޓުވާލައިފަ އެވެ. އެކަމަކު، 2008/2009 ވަނަ އަހަރުގެ ގަދަ 16 ބުރުގައި ލިވަޕޫލުން ވަނީ ރެއާލްގެ މައްޗަށް ބޮޑު މޮޅެއް ހޯދައިފަ އެވެ. އޭގެ ފަހުން، 2014/2015 ވަނަ ސީޒަނުގައި ރެއާލާއި ލިވަޕޫލް އޮތީ އެއް ގްރޫޕެއްގަ އެވެ. އެ ފަހަރު ދެ މެޗުން ވެސް މޮޅުވީ ރެއާލް އެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ މެޗުތައް ރޭވިފައިވާ ގޮތް.

މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި ދެން އެންމެ ފޯރިގަދަވާނެ ކަމަށް ބެލެވެނީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އާއި ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކްގެ ކުރިމަތިލުމެވެ. ބަޔާނުން ހަަ ސީޒަނުގެ ތެރޭގައި ތިން ވަަނަ ފަހަރަށް ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗަކުން މޮޅުވި މި ފަހަރުގެ، ޕީއެސްޖީއާ ދެކޮޅަށް ގަދަ 16 ބުރުގައި ކުޅެން ޖެހުމަކީ ޗެލެންޖެކެވެ.

ގަދަ 16 ބުރުގެ އެހެން މެޗުތަކަށް ބަލާއިރު، ޖަރުމަނުގެ އާރްބީ ލައިޕްޒިގު ކުޅޭނީ މެންޗެސްޓާ ސިޓީއާ އެވެ. މުޅިން އަލަށް ނޮކައުޓް ބުރުގައި ކުޅޭ ބެލްޖިއަމްގެ ކްލަބް ބްރޫޖުން ދެ ވަނަ ބުރުގައި ކުޅޭނީ ޕޯޗުގަލްގެ ބެންފީކާއާ އެވެ. ނުވަ އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގައި ކުޅޭ އޭސީ މިލާނުން ދެ ވަނަ ބުރުގައި ކުޅޭނީ އެންޓޯނިއޯ ކޮންޓޭގެ ކޯޗުކަމުގައި ކުޅެމުން އަންނަ ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށެވެ.

ޖަރުމަނުގެ އައިންޓްރަކްޓް ފްރޭންކްފާޓް ދެ ވަނަ ބުރުގައި ކުޅޭނީ އިޓަލީގެ ނަޕޯލީއާ އެވެ. އިންޓަ މިލާނުން ޖެހިޖެހިގެން ދެ ވަނަ އަހަރަކު ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގައި ކުޅޭއިރު، އެ ޓީމު މި ފަހަރު ވާދަކުރާނީ ޕޯޓޯއާ އެވެ. ދެ ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ ޗެލްސީން ނޮކައުޓް ބުރުގެ ފުރަތަމަ މެޗުގައި ކުޅޭނީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާ އެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ފުރަތަމަ ލެގުގެ މެޗުތައް އޮތީ އަންނަ ފެބްރުއަރީ މަހުގެ 14،15 އާއި 21،22ގަ އެވެ. ދެ ވަަނަ ލެގުގެ މެޗުތައް އޮންނާނީ މާޗް މަހުގެ 7،8 އާއި 14،15 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox