ދިރާގުޓީވީއަށް ފުރުސަތު ގެއްލުވާލާތީ އެ ކުންފުނިން ބްރޯޑްކޮމް ގޮވައިގެން ކޯޓަށް

ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް: ދިރާގުން ވަނީ ޓީވީގެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި

ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް: ދިރާގުން ވަނީ ޓީވީގެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި

ސަތޭކަ ޕަސެންޓް ދިވެހި ކުންފުންްޏަކަށް ނުވާތީ ދިރާގު ޓީވީގެ ރީބްރޯޑްކާސްޓިން ލައިސެންސް އާ ނުކޮށްދޭން ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމާފައިވާ ނިންމުން އުވާލަން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

ދިރާގުގެ ފަރާތުން އެ މައްސަލަ ކޯޓަށް ހުށަހަޅައި, އެކަމުގައި ވަގުތީ އަމުރަކަށް އެދިފައިވެ އެވެ. އެ އަމުރަށް އެދިފައިވަނީ ރީބްރޯޑްކާސްޓިންގެ ހިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމުގެ ހައްގު އޮތް ކަމަށް ކަނޑައަޅައިދިނުމަށެވެ.

ދިރާގުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާއިރު, މީގެކުރިން މިކަމުގައި ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ވެސް ހުށަހެޅި އެވެ. އެކަމަކު, އެ ކޯޓުން ނިންމީ އެ ދުސްތޫރީ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ.

ދިރާގު ޓީވީއަށް ލައިސެންސް ނުދޭން ކޮމިޝަނުން ނިންމާފައިވަނީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދަށް ގެނައި އިސްލާހަކަށް ރިއާޔަތްކޮށެވެ. އިސްލާހުގައިވާ ގޮތުން ސަތޭކަ ޕަސެންޓް ދިވެހި ކުންފުންްޏަކަށް ނޫނީ ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ހުއްދަ ނުލިބޭނެ އެވެ.

ދިރާގަކީ އެފަދަ ކުންފުންޏެއް ނޫނެވެ. ދިރާގުގެ މެޖޯރިޓީ ހިއްސާދާރަކީ ބަހުރެއިންގެ ބަޓެލްކޯ އެވެ. އެހެންވީމާ، ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދިނުމުގެ ލައިސަންސަށް ދިރާގު މިހާރު ޝަރުތު ހަމައެއް ނުވެ އެވެ.

ރީބްރޯޑްކާސްޓިންގެ ލައިންސެންސް ދިރާގަށް ދޫކޮށްފައިވަނީ 2013 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު އެވެ. އެ ލައިސެންސް އަންނަ ޖެނުއަރީ މަހަށް ހަމަވެ އެވެ.

ރީބްރޯޑްކާސްޓްކުރުމުގެ ގަވައިދަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އެންމެ ފަހުން ގެނައި އެެ ބަދަލާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް މެމްބަރަކު ގަރާރެއް ވެސް ހުށަހެޅުއްވި އެވެ. އަދި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އެ ގަވައިދުގެ މައްސަލަ ވެސް ވަނީ ހުށަހަޅާފަ އެވެ.

އެ ކޮމިޓީއަށް ހާޒިރުކުރުމުން ދިރާގުގެ ވެރިން ވިދާޅުވީ ގަވައިދަށް ކުއްލިއަކަށް ގެނައި އިސްލާހުގެ ބޭނުމެއް ނުވިސްނޭ ކަމަށާއި އެކަންވީ ސަޕްރައިޒަކަށް ކަމަށެވެ. އެ ކުންފުނިން ވަނީ ޓީވީގެ ހިދުމަތް މެދުކަނޑާނުލާ ކުރިއަށް ގެންދެވޭތޯ އޮތްތޯ ބްރޯޑްކޮމްއާއެކު މަޝްވަރާ ކުރަމުންދާ ކަމަށް ވެސް ބުނެފަ އެވެ.

މި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ. އެގޮތުން ކޮމިޓީއަށް މައްސަލަ ހުށަހެޅުއްވި ވެލިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަބްދުﷲ ވިދާޅުވި ގޮތުގައި 100 ޕަސެންޓް ދިވެހި ކުންފުންޏަކަށް ނޫނީ ރީބްރޯޑްކާސްޓްކުރުމުގެ ހުއްދަ ނުލިބޭ ގޮތަށް ގަވާއިދުގައި ހިމަނާފައިވާ މާއްދާ އަކީ އެ ގަވައިދުގެ މަގުސަދާ ވެސް ހިލާފު މާއްދާއެއް ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މިހާރު ބްރޯޑްކާސްޓިން ކޮމިޝަނުން، ރީބްރޯޑްކާސްޓްކުރުމާ ބެހޭ ގޮތުން އެކުލަވައިލާފައިވާ ގަވާއިދަކީ ، އެެބޭފުޅުންނަށް އެެ ގާނޫނުން ވެސް އަދި އެެ ބޭފުޅުން އެެ ލިއުއްވާފައި އޮތް ގަވައިދުން ވެސް [ބޭރުން]، އޭގެ ވެސް މަގުސަދުތަކާއި އެބޭފުޅުން އަމަލުކުރަމުން އެދާ ގާނޫނުގެ ވެސް މަގުސަދުތަކާ ވެސް ހިލާފަށް ހިމަނާފައިވާ މާއްދާއެއް،" މުހައްމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ އެއީ އެ ކޮމިޓީގެ މެމްބަރުންގެ ސަމާލުކަމަށް ގެންނަން މުހިއްމު ކަމެއް ކަމަށް ވާތީ އެވެ.

އޭނާގެ ހުށަހެޅުއްވުމަށް ތާއީދުކުރައްވައި، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވީ ބްރޯޑްކޮމް އިން ގަވައިދަށް ގެނައި ބަދަލަކީ މިޒަމާނަށް ފެތޭ ގަވައިދެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ ރީބްރޯޑްކާސްޓްކުރާ ކޮންޓެންޓް، ރާއްޖޭގެ ދީނީ އަދި ސަގާފީ މިންގަނޑަށް ފެތޭ ގޮތަށް ކޮންޓްރޯލްކުރުމަކީ އެކަމަށް އެހެން ގަވައިދުތަކެއް ހަދައިގެން ވެސް ކުރެވިދާނެ ކަމެއް ކަމަށާއި އެހެން ނަމަވެސް ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ވެސް ރީބްރޯޑްކާސްޓްކުރުމުގެ ހުއްދަ ދޭން ޖެހޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox