ދިރާގުން ވޯލްޑް ކަޕަށް ހާއްސަކޮށްގެން "ފޯރިން ގުގުމާލާ" ގެ ނަމުގައި ކެމްޕެއިނެއް

ދިރާގުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ދިރާގު

ދިރާގުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ދިރާގު

ދިރާގުން ވޯލްޑް ކަޕަށް ހާއްސަކޮށްގެން ކަސްޓަމަރުންނަށް އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތާއި އެކު "ފޯރިން ގުގުމާލާ" ކެމްޕެއިން މިއަދު ތައާރަފްކޮށްފި އެވެ.  

ދިރާގުން ބުނީ "ފޯރިން ގުގުމާލާ" ކެމްޕެއިންއަށް ނަން ދެވިފައިވަނީ ފުޓުބޯޅަ ބަލަމުންދާއިރު ސަޕޯޓު ކުރާ ޓީމުން ލަނޑެއް ޖަހާނެ ވަގުތަކަށް ކެތްމަދުވެފައި ވަނިކޮށް އެ ޓީމުން ލަނޑެއް ޖެހުމުން އެ ކުރެވޭ ފޮނި އިހުސާސާއި، ފޯރީގައި އެންމެން އެއް އަޑަކުން ގުގުމާލާއިރު އެ ކުރެވޭ އުފާވެރި ތަޖުރިބާގެ މައްޗަށް ކަމަށެވެ.

އެހެންކަމުން، ދިރާގުގެ މަގުސަދަކީ، މި ކެމްޕެއިންގެ ތެރެއިން އަގުހުރި އިނާމުތަކާއި އައު ތަޖުރިބާތަކާއެކު ކަސްޓަމަރުންނަށް އިތުރު ފުރިހަމަކަމާއި އުފާވެރި ވަގުތުތައް ގެނެސްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ. 

Advertisement

މި ކެމްޕެއިންގެ ތެރެއިން ދިރާގުން އިއުލާނުކޮށްފައިވާ މައިގަނޑު ތިން ޕްރޮމޯޝަނަކީ:

  • ޖެހީ ލިބުނީ: ކަސްޓަމަރުން ސަޕޯޓުކުރާ ޓީމުން ޖަހާ ކޮންމެ ލަނޑަކާއެކު 1ޖީބީ ޑޭޓާ ހޯދުމުގެ ފުރުސަތު ލިބޭ މި ޕްރޮމޯޝަނުގައި ދިރާގުއެޕްގައިވާ "ޖެހީ ލިބުނީ" ބެނަރއަށް ފިއްތާލުމަށްފަހު، ސަޕޯޓުކުރާ ޓީމެއް އިހުތިޔާރުކޮށްގެން ފަސޭހަކަމާއެކު ބައިވެރިވެވޭނެ. އަދި، މި ޕްރޮމޯޝަންގެ ނިމިގެންދާއިރު ލީޑަރބޯޑުގެ އެއް ވަނަ ހާސިލުކުރާ ފަރާތައް ޕީއެސް5 ސްލިމް 1ޓީބީ، އީއޭ އެފްސީ 26 ބަންޑްލްއެއް އަދި ސެމްސަން އޮޑިސީ ޖީ5 27 އިންޗީގެ 165 ހާޒް ކިއުއެޗްޑީ ކަރވްޑް މޮނިޓަރއެއް ލިބިގެންދާނެ.
  • އެމްޓީވީ މޯބައިލް އެޑް-އޮން – ވީއަރ26ޕާސް: މި ޕްރޮމޯޝަންގެ ތެރެއިން ދިރާގުއެޕް މެދުވެރިކޮށް "ވީއަރ26ޕާސް" އެކްޓިވޭޓްކުރުމަށްފަހު މީޑިއާނެޓްގެ އެމްޓީވީ މޮބައިލް އެޕް މެދުވެރިކޮށް މެޗުތައް ވަގުތުން ބަލާލުމުގެ ފުރުސަތު ދިރާގު ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެންމެ 275ރ. ލިބިގެންދާނެ. މީގެ އިތުރުން، މިއާއެކު 3ޖީބީ ޑޭޓާ ވެސް މުޅިން ހިލޭ ލިބި، ކޮންމެ ތަނެއްގައި ހުރެގެން ވެސް ފަސޭހަކަމާއެކު މެޗުތައް ބަލާލުމުގެ ފުރުސަތު ފަހިވެގެންދާނެ.
  • 25ޖީބީ ފޯރި ބޯނަސް: ދިރާގު ޕްރިޕެއިޑްގެ ވަކި ހާއްސަ އެޑް-އޮންތަކާއެކު 25ޖީބީ ފޯރި ބޯނަސް ލިބިގެންދާނެއެވެ. މި އޮޑް-އޮންތައް އެންމެ 20 ރުފިޔާއިން ފެށިގެން ލިބެން ހުންނާނެ.

ދިރާގުން ދަނީ މި ފަދަ ހާއްސަ މުނާސަބަތުތަކާއި ގުޅުވައިގެން ކަސްޓަމަރުންނަށް ހިތްގައިމު ޑިޖިޓަލް ތަޖުރިބާތަކާއި އަގުހުރި އިނާމުތައް ގެނެސްދެމުންނެވެ.

ދިރާގުގެ އުންމީދަކީ މި ފުޓްބޯޅަ މޫސުމުގައި އެއް ކުޅިވަރެއް، އެއް ގައުމެއްގައި އެއް ނެޓްވޯކެއް މެދުވެރިކޮށް ތަޖުރިބާކުރަމުންދާ ވަގުތު ކަސްޓަމަރުންނަށް މި ކަމުގެ ފޯރިއާއި އުފާވެރިކަން އިތުރުވެގެން ދިއުން ކަމަށް އެ ކުންފުނިން ބުންޏެވެ. 

 

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox