ލަންކާގެ ވަފްދުގައި ނަޝީދު ކޮޕް27 އަށް ވަޑައިގަތުން އެމްއާރުއެމުން ކުށްވެރިކޮށްފި

ލަންކާގެ ވަފްދުގައި ނަޝީދު ކޮޕް27 އަށް ވަޑައިގަތުން އެމްއާރުއެމުން ކުށްވެރިކޮށްފި

މިސްރުގައި ފަށާ އދ.ގެ ތިމާވެއްޓާއި މޫސުމީ ބަދަލުތަކާބެހޭ ކޮންފަރެންސް، ކޮންފެރެންސް އޮފް ދަ ޕާޓީޒް ނުވަތަ "ކޮޕް 27" ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ސްރީ ލަންކާގެ ވަފުދުގެ މެމްބަރެއްގެ ގޮތުގައި އެ ގައުމު ތަމްސީލު ކުރައްވާތީ މޯލްޑިވްސް ރިފޯމް މޫވްމަންޓު (އެމްއާރުއެމް) އިން އެކަން ކުށްވެރިކޮށްފި އެވެ.

ބައިނަލްއަގުވާމީ ސަމިޓެއްގައި އެހެން ގައުމެއް ތަމްސީލު ކުރެއްވުމަށް ނަޝީދު ބައިވެރިވެވަޑައިގަންނަވާތީ ބައެއް ފަރާތްތަކުން ދަނީ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދައްކަމުންނެވެ.

"މި ޕާޓީ އިން ދެކޭ ގޮތުގައި، މިއީ ދިވެހި ދައުލަތުގެ މަސްލަހަތާ ފުށުއަރާ، ގާނޫނު އަސާސީގެ 75 ވަނަ މާއްދާ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ ރޫހާ ހިލާފު، މަޖިލީހުގެ ރައީސް ގެ މަސްއޫލިއްޔަތު ތަކަށް އޮޅުން އަރާ، ސުލޫކީ މިންގަނޑުތަކާ ޚިލާފު އަމަލެއް،" އެމްއާރުއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

މަޖިލިސް ރައީސްކަމުގައި ހުންނަވާ، ރާއްޖޭން ވެސް ބައިވެރިވާ ބައިނަލްއަގްވާމީ ކޮންފަރެންސެއްގައި، އެހެން ގައުމެއްގެ މަންދޫބެއްގެ ގޮތުގައި އެމަނިކުފާނު ވަޑައިގަތުމަކީ އެމަނިކުފާނުގެ ހިތްޕުޅުގައި ރާއްޖެއަށް އޮތް ގަދަރު ކުޑަކަން ހާމަކޮށްދޭ ކަމެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު އިސްވެ ހުންނަވައި އުފެއްދެވި އެމްއާރުއެމުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

"ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުމުވެސް ކުރިން ފުރުއްވާފައިވާ، އަދި މިހާރު ރައްޔިތުން އިންތިހާބު ކޮށްފައިވާ އެމީހުންގެ މަންދޫބުންގެ މައްޗަށް އެކުލެވިގެންވާ ދައުލަތުގެ ތިންބާރު ތެރެއިން ގާނޫނު ހެދުމުގެ ބާރުގެ ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން ރައީސް މުހައްމަދު ނަޝީދު މިފަދަ އަމަލެއް ހިންގެވުމަކީ އެމް.އާރް.އެމްއިން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމެއް،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ނަޝީދު ވަނީ މީގެ ކުރިން ލަންކާއަށް ދިމާވި އިގްތިސާދީ ދަތިކަމުގެ ތެރޭގައި ބޭރުގެ އެހީ ހޯދުމަށްވެސް އެ ގައުމަށް އެހީވެދެއްވާފަ އެވެ.

"މަޖިލިސް ރައީސް މުހައްމަދު ނަޝީދު [ކޮޕް 27 އަށް] ވަޑައިގަތީ ސީވީއެފްގެ އިންވިޓޭޝަނަކަށް، ސީއެފްސީއިން ހުރިހާ ހަރަދެއް ކުރާ ދަތުރުފުޅެއްގަ. ރާއްޖެ އަކީ ސީވީއެފްގެ މެމްބަރު ގައުމެއް. އަދި ރައީސް ނަޝީދު އަކީ ސީވީއެފްގެ ތެމެޓިކް އެމްބެސަޑަރެއް،" އެމަނިކުފާނުގެ ދަތުރުފުޅާ ގުޅޭގޮތުން މަޖިލީހުން ހާމަކޮށްފައިވެ އެވެ.

ޑިސެންބަރު 2018 ގައި ބޭއްވި ކޮޕް 24 ސަމިޓްގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަންދޫބެެއްގެ ހައިސިއްޔަތުން ރާއްޖޭ ތަމްސީލު ކުރެއްވީ ނަޝީދެވެ. އެއަށް ފަހު މިދިޔަ އަހަރު ބޭއްވި ކޮޕް 26 ސަމިޓްގައި ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. މިފަހަރުގެ ސަމިޓުގައި ރާއްޖޭގެ ވަފުދުގެ އިސް ބޭފުޅަކީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox