މަޖިލީހުގެ ރައީސް އެހެން ގައުމަކުން "ކުއްޔަށް"; ގޮވާލީ މަގާމުން ވަކިކުރަން

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު: ނަޝީދުގެ ދަތުރާ ގުޅިގެން ޑރ. މުނައްވަރު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު: ނަޝީދުގެ ދަތުރާ ގުޅިގެން ޑރ. މުނައްވަރު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

"އެ ހުރީ ގާނޫނުއަސާސީއާ, ކުރައްވާފައިވާ ހުވައާ ހިލާފުވެފައި, ދެން ރައްޔިތުންގެ މަޖިލީހަށް އޭނާ ވައްދައިގެން ނުވާނެ!,"

އަވަށްޓެރި ސްރީލަންކާގެ ފަރާތުން ތިމާވެއްޓާ ބެހޭ ބައިނަލްއަގުވާމީ ކޮންފަރަންސް، ކޮޕް 27 ގައި ބައިވެރިވެވަޑައިގެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގަންނަވާފައިވާތީ, ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވީ އެހެނެވެ.

ދިވެހި ސަރުކާރުގެ ވަފުދެއް ނައިބު ރައީސް ފައިސަލް ނަސީމް އިސްކޮށް ހުންނަވާ ކޮޕް 27 އަށް ވަޑައިގަންނަވާފައިވަނިކޮށް މަޖިލީހުގެ ރައީސް ވެސް އެ ކޮންފަރެންސްއަށް ވަޑައިގެންނެވީ ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހާގެ އިންޓަނޭޝަނަލް ކްލައިމެޓް އެޑްވައިޒަރުގެ ހައިސިއްޔަތުންނެވެ.

އެކަމަކު, އެ ހައިސިއްޔަތުން ބިދޭސީ ގައުމެއްގެ ވަފުދެއްގެ ބެންޗުގައި ރާއްޖޭގެ މަޖިލީހުގެ ރައީސް އިންނަވަން ގާނޫނުއަސާސީ ތަންނުދޭ ކަމަށް ޑރ. މުނައްވަރު ވިދާޅުވި އެވެ. މުނައްވަރު ފާހަަގަކުރެއްވީ ގާނޫނުއަސާސީގެ 75 ވަނަ މާއްދާ އެވެ.

އެ މާއްދާގައި އޮތީ މިހެނެވެ. "ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަމަލުކުރާންވާނީ، ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެންނެވެ."

ޑރ. މުނައްވަރު ފާހަގަ ކުރައްވާ ގޮތުގައި, ނަޝީދު ވަނީ އެ މާއްދާއާ ހިލާފުވެފަ އެވެ. އެ ވަފުދުގައި އެގޮތަށް ބައިވެރިވެވަޑައިގެންނެވުމުން, ރާއްޖޭގެ މަސްލަހަތު ކުރިއަށް އެ ގެނެވެނީ ލަންކާގެ މަސްލަހަތެވެ. އަދި, އެއީ އެހެން މަންފާއެއް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިބޭނެ ކަމަކަށް ވާއިރު އެއީ ވެސް ހުއްދަ ކަމެއް ނޫންކަން ފާހަގަކުރެއްވި އެވެ.

"ގާނޫނުއަސާސީ ދައުލަތް ބެހިފައި މި އޮންނަނީ ތިން ބާރު ވަކިކޮށް, ކޮންމެ ބާރަކަށް ވަކި ވެރިއަކު ހުންނަވާ ގޮތަށް, އޭގެ ތެރޭން އެއް ބާރުގެ ވެރިޔާ މި ވަޑައިގަންނަވަނީ އެހެން ގައުމެއްގެ ވަފުދާ އެކު, ފަހަރެއްގެ ދާހިތްވެދާނެ އެހެންވެއްޖެޔާ އިސްތިއުފާ ދެއްވާފައި ވަޑައިގަންނަވާ, އެއީ މައްސަލައެއް ނޫން," މިއަދު ހަވީރު "އަދަދު"އާ ވާހަކަ ދައްކަވަމުން މުނައްވަރު ވިދާޅުވި އެވެ.

"...ދިވެހިރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް, ދުސްތޫރީ އެންމެ ބޮޑު ބާރުގެ ވެރިޔާ އެހެން ގައުމެއް ތަމްސީލް ކުރަން ގޮސް ހުންނަވާއިރު އެ ބޭފުޅާއަށް މުސާރަ ދިވެހި ރައްޔިތުން އެބަ ދެން, އިނާޔަތް އެބަ ދެން, ސެކިއުރިޓީ އެބަ ދެން, އިތުރު ސެކިއުރިޓީ ވެސް އެބަ ދެން,"

ޑރ. މުނައްވަރު: ނަޝީދުގެ ދަތުރަށް ފާޑުވިދާޅުވެ މަގާމުން ވަކިކުރަން ގޮވާލެއްވި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
ޑރ. މުނައްވަރު: ނަޝީދުގެ ދަތުރަށް ފާޑުވިދާޅުވެ މަގާމުން ވަކިކުރަން ގޮވާލެއްވި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ޑރ. މުނައްވަރު: ނަޝީދުގެ ދަތުރަށް ފާޑުވިދާޅުވެ މަގާމުން ވަކިކުރަން ގޮވާލެއްވި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އެ ހުރިހާ ބޮޑު ހަރަދެއް ދިވެހި ރައްޔިތުންގެ ފައިސާއިން ދިވެހި ދައުލަތުން ހަރަދު ކުރަނީ ކުރީގެ ބަންޑާރަ ނައިބު ވިދާޅުވި ގޮތުގައި, އެހެން މަސައްކަތެއް ނުކޮށް, ރާއްޖޭގެ ގާނޫނީ ނިޒާމް ބެލެހެއްޓުމަށް ހުރިހާ ވަގުތެއް ހުސްކުރުމަށެވެ. އޭގެ ބަދަލުގައި އެޑްވައިޒަރެއް ކަމަށް ބުނެ، އެހެން ގައުމެއްގެ ވަފުދުގެ ފަހަތު ބަރީގައި ނުއިނދެވޭނެ ކަމަށް މުނައްވަރު ފާހަގަކުރައްވަ އެވެ.

ނަޝީދުގެ ދަތުރަށް ފާޑުކިޔުން އަމާޒުވުމާ އެކު, ރައްޔިތުންގެ މަޖިލީހުން ހާމަކޮށްފައިވާ ގޮތުގައި ކޮޕް 27 އަށް ނަޝީދު ކުރައްވާ ދަތުރަށް މަޖިލީހުން އެއްވެސް ހަރަދެއް ނުކުރެ އެވެ. އެ ދަތުރުގެ ހަރަދުތައް ބަލަހައްޓަނީ، އެ މަނިކުފާނު އިސްވެ ހުންނަވައި އުފައްދަވާފައިވާ ތިމާވެއްޓާ ގުޅޭ ބައިނަލްއަގުވާމީ ޖަމިއްޔާ، ކްލައިމެޓް ވަނަރަބަލް ފޯރަމް (ސީވީއެފް) އިންނެވެ. އަދި, ރަނިލްގެ އެޑްވައިޒަރުގެ މަގާމަކީ މުސާރަ ލިބޭނެ މަގާމެއް ވެސް ނޫނެވެ.

އެހެންވެ, އެމަނިކުފާނުގެ ދަތުރުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ތާއިދު ކުރައްވާ ބޭފުޅުންނާއި ސަޕޯޓަރުން ގަބޫލުކުރައްވަ އެވެ.

އެކަމަކު, މި ދިފާއުތަކެއް ޑރ. މުނައްވަރު ގާތު ނުހިނގި އެވެ;

"...މި ބުނަނީ މުސާރައެއް ނުލިބޭ, އެހެން ވިޔަސް މީނަ މަޝްހޫރުވުމަށްޓަކައި މީނަ ދުނިޔޭގަ ސްޓޭޖްގަ ހުރުމަށްޓަކައި މިކަމެއް މި ކުރަނީ, އެއީ ފައިދާ, އެއީ މަންފާ," ފޯނުން ދެއްވި އިންޓަވިއުގައި މުނައްވަރު ވިދާޅުވި އެވެ. މުނައްވަރު ވިދާޅުވާ ގޮތުގައި އަމިއްލަ މަޝްހޫރު ކަމާއި ޖާހަތު ބޮޑުކުރުމަކީ ވެސް މަންފާ އެވެ. އެއީ, މަޖިލީހުގެ ރައީސަށް ހުންނަވައިގެން ބިދޭސީ ގައުމަކާ އެކު, ކުރެއްވޭނެ ކަމެއް ނޫނެވެ.

މާލީ މަންފާއެއް ލިބިވަޑައިނުގެންނެވި ނަމަވެސް, އެހެން ގައުމެއް މެދުވެރިކޮށް އެ ލިބިގަންނަނީ ނުހައްގު މަންފާއެއް ކަމުގައި ކުރީގެ ބަންޑާރަ ނައިބު ގަބޫލުކުރައްވަ އެވެ.

"ބިދޭސީ ދައުލަތެއް ތަމްސީލޭ އަޅުގަނޑުމެންގެ މަޖިލީހުގެ ރައީސް އެ ކުރައްވަނީ, ކިހާ ހުތުރު ކަމެއްތޯ އަޅުގަނޑުމެން ރައްޔިތުންނަށް," މުނައްވަރު އިތުރަށް ވިދާޅުވި އެވެ.

"ލަދުވެރި ދެއްތޯ ލަދުވެތި!"

ކޮޕް 27 އަށް ވަޑައިގެންނެވި ރާއްޖޭގެ ވަފުދާއި ލަންކާގެ ވަފުދާ މެދު ހިޔާލު ތަފާތުވެއްޖެނަމަ, ނަޝީދު ކަންތައް ކުރައްވާނެ ގޮތަކާއި އިސްކުރައްވާނެ މަސްލަހަތަކާމެދު މުނައްވަރު ސުވާލު އުފައްދަވަ އެވެ. އެފަދަ ދަތުރެއްގައި މަޖިލީހުގެ ރައީސް އަށް ބައިވެރިވެވަޑައި ނުގެންނެވޭނެ އަނެއް ސަބަބަކީ ވެސް އެއީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާނޫނުއަސާސީއާ ހިލާފުވެފައޭ އެ ހުރީ, ހުވައާ ހިލާފުވެފައޭ އެ ހުރީ, ދެން އޭނަ މަޖިލީހަށް ވަދެވިގެން ނުވާނެ, ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަޅުގަނޑު މި ގޮވާލަނީ ވަކިކުރުމަށް, މަޖިލީހުގެ މެންބަރުންގެ ކިރިޔާ ވެސް ގޮތެއް ހުރެއްޖެއްޔާ, ދެން ނަޝީދަށް މަޖިލީހަށް ވަދެވިގެން ނުވާނެ,"

ނަޝީދުގެ ދަތުރާ ގުޅިގެން ކަންބޮޑުވެ, މުނައްވަރު ކުރެއްވި ޓްވީޓަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރިޕްލައި ކުރައްވަމުން, މުނައްވަރުގެ ވާހަކަތައް އެމަނިކުފާނު ވެސް ވަނީ އެންޑޯޒްކުރައްވާފަ އެވެ. އޭގެފަހުން އެމަނިކުފާނުގެ ޕާޓީ, އެމްއާރްއެމްއިން ވެސް ވަނީ ނަޝީދުގެ ދަތުރު ކުށްވެރިކޮށްފަ އެވެ.

މަޖިލީހުގެ ކުރީގެ މެންބަރު އަހުމަދު ފާރިސް މައުމޫން ރައީސްކަން ކުރައްވާ އެ ޕާޓީން ގަބޫލުކުރާ ގޮތުގައި ނަޝީދުގެ ދަތުރަކީ ދިވެހި ދައުލަތުގެ މަސްލަހަތާ ފުށުއަރާ، ގާނޫނުއަސާސީގެ 75 ވަނަ މާއްދާ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ ރޫހާ ހިލާފު، މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތުތަކަށް އޮޅުން އަރާ، ސުލޫކީ މިންގަނޑުތަކާ ހިލާފު އަމަލެކެވެ.

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން، ރާއްޖެ ވެސް ބައިވެރިވާ ބައިނަލްއަގްވާމީ ކޮންފަރެންސެއްގައި، އެހެން ގައުމެއްގެ މަންދޫބެއްގެ ގޮތުގައި ވަޑައިގަތުމަކީ އެމަނިކުފާނުގެ ހިތްޕުޅުގައި ރާއްޖެއަށް އޮތް ގަދަރު ކުޑަކަން ހާމަކޮށްދޭ ކަމެއް ކަމަށް ވެސް އެ ޕާޓީން ދެކެ އެވެ.

މުހައްމަދު ނަޝީދު މިފަދަ އަމަލެއް ހިންގެވުމަކީ އެމްއާރްއެމްއިން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމެއް," ސަރުކާރު ހިންގާ ކޯލިޝަންގެ ތެރޭގައި އޮތް, އެމްއާރްއެމްއިން ބުންޏެވެ.
ރޮޒައިނާ އާދަމް: -- ފޮޓޯ: މައުރޫފު ހަލީލު
ރޮޒައިނާ އާދަމް: -- ފޮޓޯ: މައުރޫފު ހަލީލު

ރޮޒައިނާ އާދަމް: ނަޝީދު ލަންކާ ވަފުދުގައި ބައިވެރިވެވަޑައި ނުގެންނެވޭނެ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: މައުރޫފު ހަލީލު

ލަންކާ ތަމްސީލް ކުރައްވަން ނަޝީދު ކުރައްވާ ދަތުރާ ގުޅިގެން ބައެއް މެންބަރުން ވެސް ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ.

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ސުވާލެއް އަމާޒު ކުރެއްވީ ބަންޑާރަ ނައިބަށެވެ.

"ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް, ރާއްޖެ ބައިވެރިވާ ފޯރަމެއްގަ އަމްދުން އެހެން ގައުމެއް ތަމްސީލް ކުރެވިދާނެތޯ؟"

"އަޅުގަނޑުގެ ބުއްދި ގަބޫލެއް ނުކުރޭ އެކަން އެގޮތަށް ކުރެވިދާނެ ކަމަކަށް," ރޮޒައިނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox