ކަނޑުމަތިން މައްޔިތަކު ރަށަށް އެރުވުމުގެ ބިރުވެރިކަމާއި ނާމާންކަމާއި ވިގަނި ވިލޭރޭ

މީހަކު ސަހަރާގައި ހިނގާފައި ދަނީ. -- ފޮޓޯ: އަދަދު

މީހަކު ސަހަރާގައި ހިނގާފައި ދަނީ. -- ފޮޓޯ: އަދަދު

ދުވަހުގެ މަސައްކަތް ނިންމާލުމަށް ފަހު ނޫސްތައް ބަލައިލަން ފޯނު ހުލުވާލީމެވެ. "ފީނަން ގޮސްއުޅުނު ޒުވާނަކު ގެއްލިގެން ހޯދަނިކޮށް ނިޔާވެފައި އޮއްވާ ފެނިއްޖެ," މިއީ މި ދުވަސްވަރު އާންމު ސުރުހީއެއް ކަމުގައި ވިޔަސް ކިޔާލީމެވެ. ހަބަރުގައިވާ ގޮތުން ޒުވާނާ މަރުވެފައި އޮއްވާ ފެނިގެން ކައިރީގައި އޮތް ކަނޑިތީމު ސިއްހީ މަރުކަޒަށް ގެނައީ ހަވީރުގެ ވަގުތެއްގަ އެވެ. ޖަނާޒާގެ ކަންތައްތައް ކުރިޔަށް ދާގޮތް ބަލައި ބައިވެރިވެލުމުގެ ބޭނުމުގައި އެ ސަރަހަށްދަށް އަޅުގަނޑު ވެސް ދިޔައިމެވެ. އޭރު ނަމާދުން ފައިބައިގެން އަތިރިއަށް ނުކުތްއިރު އެކި އުމުރުފުރައިގެ މީހުން އެ ސަރަހައްދުގައި ތިއްބެވެ. މަރުކަޒުގައި ގުރުއާން ޖަހާފައި ހުރި އަޑުއިވެ އެވެ. ފަތިސް ނަމާދަށް ފަހު ރަށުގެ މައި ގަބުރުސްތާނުގައި, ރ އޮތުޅުގެ އެ ޒުވާނާ ވަޅުލީ މަހާނަތައް އައި ތަރުތީބުން ކަނޑުމަތީގެ ހާދިސާއެއްގައި ނިޔާވެފައިވާ ކުއްޖެއްގެ މަހާނަ އާއި ޖެހިގެންނެވެ.

އަޅުގަނޑު މި ލިޔުމުގައި އަލިއަޅުވާލާނީ ކަނޑުމަތީގައި މީހަކު ނިޔާވުމުން އަހަރުމެންގެ ކާބަފައިން, އިހު އެވާލާ ޒަމާނުގައި ކަންތައްކޮށް އުޅުނު ގޮތުގެ މައްޗަށެވެ. އެކަމުގެ ބިރުވެރިކަމާއި ނާމާންކަމުގެ ސަބަބުން, މީހުން ދިރިއުޅޭ ރަށަކަށް މައްޔިތާ އެރުވުމުގައި ކަންތައް ކޮށްއުޅުނު ގޮތާއި ޖަނާޒާގެ ކަންތައް ކުރިޔަށް ގެންގޮސް އުޅުނު ގޮތެވެ.

އ ޒަމާނުގައި ކަނޑުމަތީގައި މީހަކު ނިޔާވުމަކީ ބިރުވެރި ނާމާން ކަމެކެވެ. ކަނޑުމަތީގައި ނިޔާވެފައިވާ މައްޔިތަކު ރަށަށް އެރުވުމަކީ އެއްގޮތަކަށް ވެސް ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. އަދި މިފަދަ ކަމެއް ކުރަން ޖެހިގެން ކުރާއިރު ފަރުވާ ކުޑަކޮށްލެވިއްޖެނަމަ, ރަށުތެރެ ނާމާންވެ ދަރަހިލި އެތައް ބައެއްގެ ފުރާނަގޮސް ރަށް ފަޅުވުމަކީވެސް ވެދާނެ ކަމެކެވެ. އެހެން ކަމުން މިކަމަށް ވަރަށް ބޮޑަށް ސަމާލުވެ ތައްޔާރުވެ އެވެ.

Advertisement

ކަނޑުމަތިން ނިޔާވެގެން މައްޔިތާ ގެންނައިރު ގެންނާނީ، ކަންވެރިޔަކު އަންގާ ގޮތެއްގެ މަތިން އަވަށާ ދުރު ހިސާބަކަށެވެ. އެ މައްޔިތާ ހިނަވާ ކަފުން ކުރާނީ ރަށަށް އަރުވާ ދިމާ ހޭޅިފަށުގަ އެވެ. މައްޔިތާ ގަބުރުސްތާނަށް ގެނައުމުގެ ބަދަލުގައި ވަޅުލާނީ އެދިމާ ވަލުތެރޭގަ އެވެ. މައްޔިތާ ރަށުގެ ގަބުރުސްތާނަށް ގެންދަން ޖެހިއްޖެ ހާލަތެއްގައި އަވަށާއި ދުރުވާނޭ ގޮތަށް، އައު މަގެއް ކޮށައިގެން ގަބުރުސްތާނަށް ސަންދޯއް ގެނެއެވެ.

ބީރައްޓެއްސަކު ކަނޑުމަތިން ނިޔާވެގެން ގެނެސްފިނަމަ އާންމުކޮށް އެމީހާ ވަޅުލާ އުޅެނީ ރަށުގެ ފަޅުތެރޭގައި އޮންނަ ކުޑަދޫގަ އެވެ. ހިނަވާ ކަފުންކުރުމުގެ ކަންތައްތައްވެސް ކުރިއަށް ގެންދާނީ އެރަށުގަ އެވެ. ވަރަށް މަދު ހާލަތަކު ނޫނީ ރަށުގައި އެ މީހަކު ވަޅެއް ނުލާނެ އެވެ.

މިހާރު ކުޑަދޫން ފެންނަން އެހެރަ އެއް މާހަނަ އަކީ އެއްފަހަރަކު ރަށް ކައިރިން ދަތުރުކޮށްފައި ދިޔަ ދޯންޏެެއް މޫސުން ގޯސްވެ ހުންގާނު ހަލާކުވެގެން ރަށަށް ގާތްކުރިއިރު އެ އޮޑީގައި މަރުވެފައި އޮތް މީހެކެވެ. އެ މައްޔިތާ ހިނަވައި ކަފުން ކުރީ ކުޑަދޫ ކޯރުގަ އެވެ. އިހުތިބީން ދެކޭ ގޮތުގައި އެ ކޯރު ހިކެން މެދުވެރިވި ސަބަބަކީ މި އެވެ. އެއަށް ފަހަކު އިހު އޮތް ގޮތަކަށް ކޯރު ފުނެއް ނުވެ އެވެ.

ކަނޑުމަތިން ރަށަށް މައްޔިތަކު އަރުވައިފިނަމަ ކަންވެރިން ރަށް ސަލާމަތް ކުރުމަށްޓަކައި ތަފާތު އެތައް ފަންޑިތައާއި ދުއާވެރިކަމުގެ ކަންތައްތަކެއް ކުރެ އެވެ. މި ގޮތުން ޤުރުއާން ކިޔަވަން އެނގޭ މީހުން ހޯދާ، ރަށް އަމާން ކުރުމަށްޓަކައި އެކި ހިސާބުތަކުގައި އަކަ ކުރަހާ، އަނައަޅައި، އެތައް ދުވަހެއް ވާންދެން ރަށް ވަށާ ކިޔެވެލި ކިޔަވާ ރަށުތެރޭގައި ދަމުހިނގަ އެވެ.

އިހުގައި އުޅުނު މީހުންގެ ތެރެއިން ބައެއް މީހުންނަކީ އެކިކަންކަމަށް ވަރަށް ކުޅަދާނަ ބައެކެވެ. މި ގޮތުން ކަނޑުމަތީގައި އުޅެފައި ރަށަށް އަންނައިރު ރަށުގެ މަލަމަތި ބަލައިފައި، ރަށުން މީހަކު ނިޔާވެގެން އުޅޭކަން ދެނެ ގަންނަ މީހުން އުޅުނު ކަމަށް އިހުގެ މީހުން ކިޔާއުޅެ އެވެ.

ވިގަނިވިލޭރޭ

ވިގަނިވިލޭރެއޭ ކިޔަނީ މީހަކު ވަޅުލުމަށް ފަހު ޖެހިގެން އޮންނަ ރެއަށެވެ. ދުވާލު މަރުވެއްޖެނަމަ ޖެހިގެން އޮންނަ ރެއަކީ ވިގަނި ވިލޭރެ އެވެ. އެ ރެއަކީ ރޭތަކުގެ ތެރެއިން އެންމެ ބިރުވެރި އެއް ރެ އެވެ. އިރުއޮއްސުމާއެކު ހުރިހާ ގެއެއްގެ ދޮރު ލައްޕާ ތަންޑު އަޅުވަ އެވެ. މުހިންމު ބޮޑުކަމެއް މެދުވެރިވެގެން ނޫނީ އެރޭ ގެއިން ބޭރަކަށް އެކަކުވެސް ނުނިކުންނާނެ އެވެ.

ވިގަންޏަކީ، ވިގަނިވިލޭރޭ ރަށަށް އަރާ ފުރޭތައެކެވެ. މި ފުރޭތަ ރަށަށް އެރުމަށް ފަހު ގަބުރުސްތާނަށް ދެ އެވެ. އަދި މި ތަނުން ގަދަ އައްޔެއް މައްޗަށް ވާ ގޮތަށް ފެނެ އެވެ. މި ތަނުން ވިގަނި ނުކުމެގެން އައިސް ގޭގެއަށް ވަދެ އެވެ. ހުރިހާ ގެއެއްގެ އޮޅިގަނޑު ކަކުލަށް ވުރެ މައްޗަށް އުސްކޮށްފައި ހުންނަނީ، މިކަމުން ސަލާމަތްވުމުގެ ބޭނުމުގަ އެވެ.

ވިގަނިވިލޭރެ އަށް ތައްޔާރުވުމުގެ ގޮތުން ހަވީރުވެގެން އަންނައިރު އެކި ތަންތަނަށް ގޮސް ދަރިން ހޯދައިގެން ގެއަށް ގެނެ އެވެ. ތަންތަނަށް ނުދެވޭވަރުގެ ކުދިން އިރުއޮއްސެން ވާއިރަށް ވެލިގަނޑުން ނަގައި ފެންވަރުވައި ތާހިރުކޮށް ހަދަ އެވެ. އެރޭ ގޭގެ ބައްތި ދިއްލާ އުޅެނީވެސް ތަފާތު ގޮތަކަށެވެ. މިގޮތުން ކިޔަވަންވާ އެއްޗެއް ކިޔަވައި، ބައްތި ދިއްލުމަށް ފަހު ހުޅުކޮޅަށް ފުމެލައި ބައްތި ނިއްވާލަ އެވެ. މިގޮތަށް ތިން ފަހަރު ހަމަވުމުން ބައްތި ދިއްލާފައި ބަހައްޓަ އެވެ. ދެން ދޮރު ލައްޕައި ތަންޑު އަޅުވަ އެވެ. މި ކަންތައްތަކަށް ފަހު ދޮރުލެއްޕުމުން ދެން އެގޭގައި ހުންނާނީ ތައްބެދި ބަންދުވެފަ އެވެ. މި ތަންޑު ދެން ދޫކޮށްލާނީ އަނެއް ދުވަހު ފަތިހު ނުވަތަ ހެނދުނު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox