އެންސީއޭއިން މާލޭގައި އިންތިޒާމު ކުރާ ބޮޑުއީދު ކުޅިވަރުތައް ފަށްޓަވައިދެއްވާނީ ރައީސްގެ ދެކަނބަލުން

ފިތުރު އީދު ފާހަގަ ކުރުމުގެ ގޮތުން މާލޭގައި ކުޅުނު ސަގާފީ ކުޅިވަރުގެ ތެރެއިން -- ފޮޓޯ: އަދަދު

ފިތުރު އީދު ފާހަގަ ކުރުމުގެ ގޮތުން މާލޭގައި ކުޅުނު ސަގާފީ ކުޅިވަރުގެ ތެރެއިން -- ފޮޓޯ: އަދަދު

ބޮޑު އީދު ފާހަގަ ކުރުމުގެ ގޮތުން ބޮޑުބެރާއި ސަގާފީ އެހެނިހެން ކުޅިވަރުތަކާއެކު ނެޝަނަލް ސެންޓާ ފޯ ދި އާޓްސްއިން މާލޭގައި ކުރިއަށް ގެންދާ ކުޅިވަރު ހަރަކާތްތަކުގައި އަމަލީގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަން ނިންމަވައިފި އެވެ.

އެންސީއޭއިން ބުނީ އީދުގެ ހަރަކާތްތައް ފެށުމަށް ހަަމަޖެހިފައި ވަނީ އީދު ވިލޭރޭ އޮންނަ "ވެދުމާ ދިޔުން" ހަރަކާތުން ކަމަށެވެ. ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި ވަނީ އެ ހަރަކާތުގަ އެވެ.

ވެދުމާ ދިޔުމަކީ އިހުގައި ތޮށިލުން ފަދަ ސަރުކާރުގެ ގަދަ މަސައްކަތެއް ކުރުމަށްފަހު ލަވަކިޔަމުން ނަށަމުން ރަސްގެފާނު ހުންނަވާ ގަނޑުވަރު ދޮށަށް ގޮސް ލަވަކިޔައި ނެށުމެވެ.

އީދު ތެރޭގައި ވެދުމާ ދަނީ އީދު ކުޅިވަރުތައް ފެށުމުގެ ހުއްދަ ހޯދުމުގެ ގޮތުންނެވެ. އެ ރަށެއްގައި ކުޅެން ހަމަޖެހިފައިވާ ހުރިހާ ކުޅިވަރުތަކަށް ހުއްދަ ދޭނީ އެ ރަށެއްގެ އެންމެ ކަމުވޮށިގެންވާ މީހެކެވެ.

ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާ ވެދުމާ ދިޔުމުގެ ހަރަކާތް ކުރިއަށް ގެންދާނީ އިހުގައި އެކަން ކޮށް އުޅުނު ގޮތަށް، ބޮޑުބެރާއި ދިގު ދަނޑީގެ ފަރި ހަރަކާތްތަކާއެކު ކަމަށް އެންސީއޭއިން ބުންޏެވެ. ވެދުމާ ދާއިރު އެ ސަފުގެ އެންމެ ކުރީގައި ހުންނަވާނީ ޔޫތު މިނިސްޓަރު، އިބްރާހިމް ވަހީދު އެވެ.

ތިން ދުވަހަށް ބަހާލައިގެން އެންސީއޭއިން ކުރިއަށް ގެންދާ އީދު ކުޅިވަރުތައް މާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިޔުމަށް ވަނީ ނިންމައިފަ އެވެ.

އެގޮތުން އީދު ދުވަހު މާލޭގައި ޖުމުލަ 11 ހަރަކާތެއް ކުރިއަށް ގެންދިޔުމަށް އެންސީއޭއިން ނިންމައިފައިވެ އެވެ. ބޮޑު ޖަމާއަތުގައި ކުރެވޭ އީދު ނަމާދުން ފަށާ ހަރަކާތްތަކުގެ ތެރޭގައި މަޖީދީ މަގުގައި ބާއްވާ އީދު ސަޔާއި ހަވީރު މާލޭގެ އަށް ސަރަހައްދެއްގައި ކުޅޭ ސަގާފީ ކުޅުވަރުތައް ހިމެނެ އެވެ.

ޖެހިގެން އަންނަ ވަޅު އީދު ދުވަހު ހެނދުނު އާޓިފިޝަލް ބީޗުގައި ފެންކުޅި ކުޅުމަށް ވަނީ ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox