ވަޒަން ހުސްވަނީ މެގަޒިނެއް ދެއްވާ!

ޝަހީދު ހުސައިން އާދަމްގެ ނަން ދީފައިވާ ފުލުހުންގެ މައި އިދާރާގެ ކުރިމަތިން ދިވެހި ބޮޑު ދިދަ: "ވަޒަން ހުސްވަނީ މެގަޒިނެއް ދެއްވާ" މި ޝިޢާރު ގައުމީ ޝިޢާރަކަށް ހަދަންޖެހޭ. -- ފޮޓޯ: އަދަދު

ޝަހީދު ހުސައިން އާދަމްގެ ނަން ދީފައިވާ ފުލުހުންގެ މައި އިދާރާގެ ކުރިމަތިން ދިވެހި ބޮޑު ދިދަ: "ވަޒަން ހުސްވަނީ މެގަޒިނެއް ދެއްވާ" މި ޝިޢާރު ގައުމީ ޝިޢާރަކަށް ހަދަންޖެހޭ. -- ފޮޓޯ: އަދަދު

މިއީ ދުޝްމަނުން ހަމަލާދޭން ފެށުމާއެކު ހަމަލާ އައި ދިމާއަށް ހަމަލާދެއްވައި، ދުޝްމަނުން ސިއްސުވައި ފަހަތަށް ޖެއްސެވި ނަސްރުގެ ދުވަހުގެ ބަތޮލު ޝަހީދު ހުސައިން އާދަމްގެ ފަހުގެ އާދޭހެވެ. ދިވެހި ލަސްކަރު އޮތީ ބަދަހިކަމާއެކު ކޮންމެ ވަގުތަކު ދުޝްމަނުންނާ ކުރިމަތިލުމަށް ތައްޔާރަށްކަމުގެ މެސެޖުތައް އަތުގައި އޮތް ބަޑީގެ ވަޒަންތަކުން ދުޝްމަނުންނާ ހަމައަށް ފޮނުއްވަމުން ފަސްޖެހުމެއް ނެތި ޖިހާދުކުރެއްވުމަށްފަހު ޝަހީދުވުމާ ހަމައަށް ވިދާޅުވަމުން ގެންދެވި އެއް ޖުމުލައެވެ.

ނަސްރުގެ ދުވަހުގެ ބަތޮލު ހުސައިން އާދަމް ޝަހީދުވަމުން ކުރައްވަމުން ގެންދެވި މިދެންނެވުނު އާދޭސް އިވޭ ކޮންމެ ފަހަރަކު އަޅުގަނޑުގެ ހިތަށް ވަންނަ ކީރިތި ޤުރުއާނުގެ އާޔަތެއް އޮވެއެވެ. އެއީ އަންފާލް ސޫރަތުގެ 60 ވަނަ އާޔަތެވެ. "އެއުރެންނާ ދެކޮޅަށް ތިޔަބައިމީހުންނަށް ކުޅަދާނަވީހައި ބާރެއް ތިޔަބައިމީހުން ތައްޔާރުކުރާށެވެ!..."

ޝަހީދު ހުސައިން އާދަމްގެ އެ އާދޭހުގެ ބޭރުފުށާއި ސަބަބު ގުޅިފައި އޮތީ، އެދުވަހުގެ ހަނގުރާމަ އާއި އެ ދުވަހުގެ ހާދިސާއާ ކަމަށްވެދާނެ އެވެ. ހުސައިން އާދަމްގެ އެއާދޭހަކީ އަޅުގަނޑުގެ ނަޒަރުގައި ގައުމީ ޝިޢާރެކެވެ. އެދުވަހު ޝަހީދު ވެގެންދިޔަ ބަތޮލުންގެ ޝިޢާރެވެ. އެބަތޮލުން ފަހުތިބީންނަށް ކުރެއްވި ގައުމީ އިލްތިމާސެވެ. "ވަޒަން ހުސްވަނީ މެގަޒިނެއް ދެއްވާ" މި ޝިޢާރަކީ، ކޮންމެ ނަސްރުގެ ދުވަހެއްގައި އައުކުރަންޖެހޭ މުހިންމު ޝިޢާރަކަށް ވަނީ އެހެންވެގެންނެވެ.

Advertisement

އެ ޖުމުލަތައް ވިދާޅުވެފައިވަނީ ކޮންމެ ސަބަބަކާ ހުރެގެން ނަމަވެސް އަޅުގަނޑުމެންގެ ނަސްރުގެ ދުވަހުގެ ޤައުމީ ބަތޮލުގެ ދޫފުޅުން ތަކުރާރުކޮށްނެވެ. ދިވެހިންގެ ލެޔާއި ނަސްރުގެ ދުވަސް ގުޅިފައި އޮތް މިންވަރާއި، އެދުވަހު ދިވެހި ގައުމުގެ ދީނާއި މިނިވަންކަމަށްޓަކައި ޝަހީދުވެދިޔަ ބަތޮލުންނަށް ދިވެހިންގެ ހިތުގައި ދެވިފައިވާ މަތިވެރި މަގާމާމެދު ވިސްނާއިރު، އެދުވަހުގެ ބަތޮލުންގެ ހަބަރުތަކާއެކު ދިވެހިންނަށް އަންނަ ރޫޙާއި ޖޯޝާއި ގައިން ނަގާ ހީބިއްސާ މި ޖުމުލަތައް ލާމެހިފައި އޮންނަ ކަމަށްޓަކައި މި ޝިއާރުގައި ވަނީ ގައުމީ ލެއިން ފުރާނައެޅިފަ އެވެ.

އަދާވާތްތެރިންނަކީ ހަނގުރާމަކުރުމުގައި ދެމިތިބޭ ބަޔެކެވެ. އަލްބަޤަރާ ސޫރަތުގެ 217 ވަނަ އާޔަތުގައި އަންގަވާފައިވާ ފަދައިންނެވެ. "ތިޔަބައިމީހުންގެ ދީނުން ތިޔަބައިމީހުން ބޭރުކޮށް ކާފިރުކަމަށް ތިޔަބައިމީހުން ރައްދުކޮށްފުމަށް ދާނދެން ތިޔަބައިމީހުންނާ ހަނގުރާމަ ކުރުމުގައި އެމީހުން ފިލައިނުދާނެއެވެ." އެހެންވީމާ އަހަރެމެންގެ އަދާވާތްތެރިން ހަނގުރާމަކުރުމުގައި ދެމިތިބޭނެކަމީ ޝައްކެތް އޮތްކަމެއް ނޫނެވެ. ހަނގުރާމައަކީ އަބަދު ކަނޑިއާއި ބަޑިން ކުރެވޭ އެއްޗެއް ނޫނެވެ.

އުދުވާނީ ހަމަލާއަކީ ބަޑިހިފައިގެން އަރާ ބަޔަކު ތަޅައިގަތީމާ ދިވެހި ދަރިންތަކެއްގެ ލޭ އޮހޮރިގެންދިއުން އެކަންޏެއް ނޫނެވެ. އުފެއްދުންތެރިކަން އިތުރުކުރެވި، ފުދުންތެރި އިގުތިސޯދަކާ ދިމާއަށް ދިއުމުގައި، ކޮރަޕްޝަނާއި ހިޔާނާތުގެ އަސަރުތަކަކީ އުދުވާނީ ބޮޑެތި ހަމަލާތަކެވެ. ބައެއް މަގާމުތައް އަދާކުރައްވާ ބޭފުޅުން ދައުރު ހަމަވާއިރު، މިލިޔަން މިލިޔަން ޑޮލަރުން އެކައުންޓަށް ވަދެހުއްޓައި ފެންނައިރު، އެއިން ކަމެއް ޝަރީޢަތަށް ސާބިތުނުވެ އެދަނީ ވަޒަން ހުސްވެ މެގަޒިނެއް ބޭނުންވެފައިވާތީ އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އެތެރެއަށް ބަސްތާތަކުން ޝިޕްމަންޓްތަކުން މަސްތުވާތަކެތި އެތެރެކުރެވި، ފަޅު ރަށްރަށުގައި ގުދަންކުރެވުމުގެ އަމަލުތައް އިންތިހާއަށް ތަކުރާރުވަމުން އެދަނީ، ފާރަވެރިންގެ ބެލެހެއްޓުންތެރިކަމުން ވަޒަން ހުސްވެ، ރޭވުންތެރިކަމުގައި މެގަޒިނެއް ނެތީމަ އެވެ.

ފޭރުންތަކާއި ވައްކަންތައް އާންމުވެ މާރާމާރީއާއި މީހުން މެރުމާއި ގެއްލުވާލުމުގެ އަމަލުތަކުން މުޖުތަމައު ނާމާންވެ، އާންމުން ހިނގާބިނގާވެ އުޅުމަށް ޖެހިލުންވެ މޭކަރާ ހިސާބުގައި މިވަނީ، އަމަން ބެލެހެއްޓުމުގެ ސްޓްރެޓެޖީތަކުން ވަޒަން ހުސްވެފައިވާތީ އެވެ.

ނަސްރު ހޯދަންވެފައިވަނީ ވަރަށް ގިނަ ދިމާތަކުންނެވެ. އަހަރެމެން ދިވެހިންނަކީ ވެސް އެހެން ބަޔަކަށް ބަރޯސާވުމަކާ ނުލައި، އަމިއްލަ ހަރަދުގައި އަހަރެމެންގެ މަގުތަކާއި ބުރިޖްތައް ހެދުމުގެ ގާބިލުކަން ހުރި އިގުތިސޯދީ ގޮތުން ނަސްރު ލިބިފައިވާ ބަޔަކަށް ވާންވެއްޖެ އެވެ. ދިވެހިން ޒަމާނުއްސުރެ ގެންގުޅުނު ރީތި އާދަތަކާއި، އިޖުތިމާއީ ހަރުދަނާ އުސޫލުތައް އަލުން އަނބުރާ ގެނެވި އިޖުތިމާއީ ގޮތުން ނަސްރު ލިބިފައިވާ ބަޔަކަށް ވާންވެއްޖެ އެވެ. އަޅުގަނޑުމެންނަކީ ކަމަށް ކަމޭހިތައި، ޒިންމާއަދާކުރާ، އަނެކުންގެ ހައްގުތަކަށް ރައްކާތެރިވާ، އެހެން މީހުންގެ ޙުރުމަތަށް ގަދަރުކުރާ، ބަޔަކު ކަމުގައި ވާންވެއްޖެ އެވެ.

އާދޭހެވެ! އިއްޔެއަކީ ނަސްރުގެ ދުވަހެވެ. ހުސްވެފައިވާ ވަޒަން ހޯދުމަށް އަތުކުރި އޮޅާލަންޖެހޭ ދުވަހެވެ. ހުރިހާ ދިމާއަކުން ހުރިހާ ދާއިރާއަކުން ތަރައްގީ އާއި ތަހުޒީބުގެ އިތުރު މެގަޒިންތައް ހޯދައި، ގައުމު ތަމައްދުނުގެ މަގުގައި ކުރިޔަށް ގެންދިއުމަށް ރޫހު އާލާކުރާންވީ ދުވަހެވެ. ޣާފިރު ސޫރަތުގެ 51 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުން އުންމީދު ލިބިގަންނަމުންނެވެ. "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ރަސޫލުންނަށާއި، އީމާންވި މީހުންނަށް، ދުނިޔޭގެ ހަޔާތުގައްޔާއި، ގިޔާމަތް ދުވަހުގައި ނަސްރު ދެއްވާހުށީމެވެ"

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox