ރެއާލް މޮޅުވިއިރު، އަންޗެލޮޓީ އަށް ޗެމްޕިއަންސް ލީގުގެ ރެކޯޑެއް

Nov 2, 2022, 8:28 PM
ރެއާލް މޮޅުވިއިރު، އަންޗެލޮޓީ އަށް ޗެމްޕިއަންސް ލީގުގެ ރެކޯޑެއް

މެޑްރިޑް (ނޮވެމްބަރު 3) - ޗެމްޕިއަންސް ލީގުގައި މިރޭ ސެލްޓިކް އަތުން 5-1 އިން ރެއާލް މެޑްރިޑް މޮޅުވި މެޗުގައި އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ މުބާރާތުގެ ތާރީހުގައި ހާއްސަ ރެކޯޑެއް މުގުރާލައިފި އެވެ.

މިއީ އަންޗެލޮޓީ ޗެމްޕިއަންސް ލީގުގައި ހޯދި 103 ވަނަ މޮޅެވެ. މީގެ ކުރިން ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ މެޗުން މޮޅުވުމުގެ ރެކޯޑް އޮތީ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު އަލެކްސް ފާގަސަން އަތުގަ އެވެ. ފާގަސަން ރެކޯޑް ހެދީ 102 މެޗުން މޮޅުވެގެންނެވެ.

އަންޗެލޮޓީ ޗެމްޕިއަންސް ލީގުގައި ކޯޗުކޮށްދިނީ ޔުވެންޓަސް، މިލާން، ޗެލްސީ، ރެއާލް، ނަޕޯލީ، ބަޔާން މިއުނިކް އަދި ޕީއެސްޖީ އެވެ. ހަވާލުވި ޓީމުތަކުގެ ތެރެއިން އަންޗެލޮޓީ ޗެމްޕިއަންްސް ލީގުގައި ވާދަނުކުރަނީ ރެޖިއާނާ އާއި އެވަޓަންއާ އެކު އެވެ.

އިޓަލީ އަށް އުފަން އަންޗެލޮޓީ އަކީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި އެންމެ ކާމިޔާބު ކޯޗެވެ. އޭނާ ވަނީ ހަތަރު ފަހަރު (ރެއާލާ އެކު ދެ ފަަހަރު، އޭސީ މިލާނާ އެކު ދެ ފަހަރު) ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ.

އަންޗެލޮޓީއާ އެންމެ ވާދަކުރަނީ ތިން ތަށްޓާ އެކު އޮތް ރެއާލްގެ ކުރީގެ ކޯޗު ޒިނެދިން ޒިދާން އާއި ލިވަޕޫލްގެ ކުރީގެ ކޯޗު ބޮބް ޕެއިސްލީ އެވެ. ޕެޕް ގާޑިއޯލާ އާއި ހޯސޭ މޮރީނިއޯ، ވިސެންޓޭ ޑެލް ބޮސްކޭ އަދި ފާގަސަން ވަނީ ދެ ފަހަރު ތަށި ހޯދައިފަ އެެވެ.

ރެއާލްގެ އަސެންސިއޯ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ގެޓީއިމޭޖަސް

ރެއާލުން މިރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ 21 މިނިޓް ތެރޭ ދެ ގޯލުގެ ލީޑެއް ނެގީ ދެ ޕެނަލްޓީން ޖެހި ގޯލުންނެވެ. ފުރަތަމަ ޕެނަލްޓީ ވައްދާލީ ލޫކަ މޮޑްރިޗް އެވެ. ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ދިން ޕެނަލްޓީ ވައްދާލައި، ރޮޑްރީގޯ ވަނީ ރެއާލަށް ލީޑުފުޅާކޮށްދީފަ އެވެ.

އަލުން މެޗުގެ ތެރެއަށް ވަންނަން، ފުރަތަމަ ހާފުގައި ސެލްޓިކަށް ލިބުނު ފުރުސަތުގައި މެޗުގެ 35 ވަނަ މިނިޓްގައި އެ ޓީމަށް ލިބުނު ޕެނަލްޓީން ޔޯސިޕް ޔުރަނޮވިޗް ޖެހި ބޯޅަ ރެއާލް ކީޕަރު ތިބައު ކޯޓުއާ ވަނީ މަތަކޮށްފަ އެވެ.

ދެ ވަނަ ހާފުގައި ރެއާލުން އިތުރު ތިން ގޯލު ޖެހިއިރު، މި ލަނޑުތައް ޖެހީ އޭރިއާތެރެއިން ލިބުނު ފުރުސަތުތަކުން މާކޯ އަސެންސިއޯ އާއި ވިނީޝިއުސް ޖޫނިއާ އަދި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު, ފެޑެރީކޯ ވަލްވޭޑޭ އެެވެ. ރެއާލް އެންމެ ފަހުން ކުޅުނު 19 މެޗުގައި ވަލްވޭޑޭ ވަނީ އަށް ގޯލު ޖަހައި، ފަސް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ހިލޭ ޖެހުމަކުން ސެލްޓިކްގެ ހަމައެކަނި ގޯލު ޖެހީ ޖޮޓާ އެވެ. އޭގެ ފަހުން ވެސް ޖޮޓާ ޖެހި ރަަނގަޅު ބޯޅައެއް ކީޕަރު ކޯޓުއާ ހުއްޓުވި އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ރެއާލް ގްރޫޕް އެފްގެ އެއް ވަނަ ހޯދީ ހަ މެޗުން 13 ޕޮއިންޓާ އެކު އެވެ. ގްރޫޕްގެ ދެ ވަނައިގެ ގޮތުގައި އަނެއް ބުރުން ފުރުސަތު ހޯދީ ފަސް މެޗުން 12 ޕޮއިންޓް ހޯދި އާރްބީ ލައިޕްޒިގު އެވެ. ލައިޕްޒިގުން މިރޭ ވަނީ ޝަހުތަރު ޑޮނެސްކްގެ ދަނޑުގައި 4-0 އިން މޮޅުވެފަ އެވެ. ތިން ވަނައިގައި ނިންމާލި ޝަހުތަރަށް ލިބުނީ ހަ މެޗުން ހަ ޕޮއިންޓެވެ. ސެލްޓިކް ގްރޫޕް ނިންމާލީ ހަ މެޗުން ދެ ޕޮއިންޓާ އެކު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox