ޖިރޯނާ އިން ރެއާލް ހުއްޓުވައިފި، ކްރޫސަށް ކެރިއަރުގެ ފުރަތަމަ ރަތް ކާޑު!

Oct 30, 2022, 9:42 PM
މިރޭގެ މެޗުގެ ތެރެއިން ކްރޫސް އަށް ރަތް ކާޑު ދައްކަނީ.

މިރޭގެ މެޗުގެ ތެރެއިން ކްރޫސް އަށް ރަތް ކާޑު ދައްކަނީ.

މެޑްރިޑް (އޮކްޓޫބަރު 31) - ސްޕެނިޝް ލީގުގައި މިރޭ ޖިރޯނާ އިން 1-1 އިން ރެއާލް މެޑްރިޑާ އެއްވަރުކުރި މެޗުގައި އެ ޓީމުގެ މިޑްފީލްޑަރު ޓޯނީ ކްރޫސް އަށް ފުޓްބޯޅަ ކެރިއަރުގައި ފުރަތަމަ ފަހަރަށް ރަތް ކާޑެއް ދައްކައިފި އެވެ.

މެޗުގެ އިތުރު ވަގުތުގައި ކްރޫސް، 32، ކުރި ފައުލަކަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ. މިއީ ކްރޫސްގެ ފުޓްބޯޅަ ކެރިއަރުގެ 776 ވަނަ މެޗެވެ. އެ ގޮތުން، 2007 ވަނަ އަހަރު ފެށި ޕްރޮފެޝަނަލް ކެރިއަރުގައި ކްރޫސަށް މިއަދާ ހަމައަށް ރަތް ކާޑެއް ދައްކާފައިނުވެ އެވެ.

ޖިރޯނާއާ އެއްވަރުވެ، ޕޮއިންޓް ގެއްލުނަސް ރެއާލް އޮތީ ލީގުގެ އެއް ވަނައިގައި އެއް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ރެއާލަށް 12 މެޗުން 32 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ބާސެލޯނާ އަށް 12 މެޗުން ވަނީ 31 ޕޮއިންޓް ލިބިފަ އެެވެ.

ދާދި ފަހުން ބެލޮންޑިއޯ އެވޯޑް ހާސިލްކުރި ކަރިމް ބެންޒެމާ މިރޭގެ މެޗުގައި ވެސް ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާ އިން އެއްކޮށް ރަނގަޅުނުވާތީ ނުކުޅެ އެވެ.

މިރޭގެ މެޗުގައި ރެއާލަށް މެޗުގެ 22 ވަނަ މިިނިޓްގައި ލީޑުނަގައިދޭން އޭރިއާތެރެއިން ރޮޑްރީގޯ ޖެހި ބޯޅަ ބޭރުވީ ދަނޑީގައި ޖެހިފަ އެވެ. މެޗުގެ 38 ވަނަ މިނިޓްގައި ޖިރޯނާގެ ޔަންގެލް ހެރާރާ ޖެހި ބާރު ބޯޅަ ވެސް ވަނީ ހުރަސްދަނޑިއަށް އަމާޒުވެފަ އެވެ.

ލަނޑެއް ޖަހަން ރެއާލުން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 70 ވަނަ މިނިޓްގަ އެވެ. އޭރިއާތެރެއިން ފެޑެރީކޯ ވަލްވޭޑޭ ހުރަސްކޮށްލި ބޯޅަ ވިނީޝިއުސް ޖޫނިއާ ވަނީ ހުސްކޮށް އަރައި ގޯލަށް ބޯޅަ ފޮނުވާލައިފަ އެެވެ.

އޭގެ 10 މިނިޓް ފަހުން ޖިރޯނާ އިން އެއްވަރުކުރީ ކްރިސްޓިއަން ސްޓުއާނީ ޖެހި ޕެނަލްޓީންނެވެ. މިއީ ހިލޭ ޖެހުމެއްގައި ރެއާލްގެ އޭރިއާތެރެއިން އެ ޓީމުގެ މާކޯ އަސެންސިއޯ އަތުގައި ބޯޅަ ޖެހުމުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބަލާފައި ރެފްރީ ދިން ޕެނަލްޓީ އެކެވެ.

އަލުން ރެއާލަށް ލީޑުނަގައިދޭން ރޮޑްރީގޯ ޖެހި ގޯލެއް ބަލައިނުގަންނަން ރެފްރީ ނިންމީ ޖިރޯނާގެ ކީޕަރު ޕައޮލޯ ގަޒަނީގާ އަތުގައި ބޯޅައިގެ ކޮންޓްރޯލް އޮއްވައި، ރޮޑްރީގޯ ބޯޅަ ފޮނުވާލުމުންނެވެ. މި ގޮތަށް ނިންމީ ވީއޭއާރް އިން ބަލައި ޔަގީންކުރުމަށް ފަހު އެވެ.

ސްޕެނިޝް ލީގުގެ މި ފަހަރުގެ ސީޒަނުގައި ރެއާލް އަދި ބަލިވެފައިނުވެ އެވެ. އެކަމަކު، އެ ޓީމު އަތުން ދެ މެޗެއްގައި ޕޮއިންޓް ގެއްލިފައި ވަނީ އަމިއްލަ ދަނޑުގައި އެއްވަރުވެގެންނެވެ. ޖިރޯނާގެ ކުރިން ރެއާލް އަތުން ޕޮއިންޓް ހޯދީ އޮސަސޫނާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox