އެސްޓީއޯގެ ތިންވަނަ ކުއާޓާ: އާމްދަނީ 4.6 ބިލިއަން، ފައިދާ 515 މިލިއަން

Oct 30, 2022, 6:04 PM
އެސްޓީއޯގެ މައިމަރުކަޒު: މި އަހަރުގެ ހުރިހާ ކުއާޓާއެއްގައި ވެސް ވަނީ ފައިދާ އިތުރުވެފައި. -- ފޮޓޯ: އަދަދު

އެސްޓީއޯގެ މައިމަރުކަޒު: މި އަހަރުގެ ހުރިހާ ކުއާޓާއެއްގައި ވެސް ވަނީ ފައިދާ އިތުރުވެފައި. -- ފޮޓޯ: އަދަދު

ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ޕަބްލިކް ލިމިޓެޑަށް މިއަހަރުގެ ތިން ވަނަ ކުއާޓާގައި އާމްދަނީގެ ގޮތުގައި 4.6 ބިލިއަން ރުފިޔާ ލިބި، ޖުމުލަ ފައިދާ 515 މިލިއަން ރުފިޔާ އަށް އަރައިފި އެވެ.

އެސްޓީއޯގެ ތިންވަނަ ކުއާޓާ މާލީ ރިޕޯޓުން ދައްކާ ގޮތުގައި ނިމިގެން ދިޔަ ކުއާޓާގައި ލިބިފައިވާ އާމްދަނީ، ދެ ވަނަ ކުއާޓާގެ އާމްދަނީއަށް ވުރެ 57 މިލިއަން ރުފިޔާ އިތުރެވެ. ދެ ވަނަ ކުއާޓާގެ ފައިދާއަކީ 458 މިލިއަން ރުފިޔާ އެވެ.

"މީގެ މައިގަނޑު ސަބަބަކީ އެސްޓީއޯއިން ކުރަމުން ގެންދާ ހުރިހާ ވިޔަފާރީތައް ރަނގަޅު ކުރެވި މުދާ ގަތުމަށް ކުރާ ހަރަދު ކުޑަކުރެވިފައިވުން،" އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ފައިދާ އިތުރުވި އަނެއް ސަބަބަކީ ހިންގުމުގެ ހަރަދު ވެސް ނިސްބަތުން ކުޑަކުރެވުން ކަމަށް ވެސް ބުނެފައިވެ އެވެ.

އާމްދަނީ

  • ފުރަތަމަ ކުއާޓާ: 4.04 ބިލިއަން ރުފިޔާ
  • ދެ ވަނަ ކުއާޓާ: 4.94 ބިލިއަން ރުފިޔާ
  • ތިން ވަނަ ކުއާޓާ: 4.62 ބިލިއަން ރުފިޔާ

އެސްޓީއޯއިން ބުނީ ދުނިޔޭގެ ބާޒާރުގައި އަގުތައް މަތިވުމާއިއެކު ފައިނޭންސް ކުރުމުގެ ހަރަދު އިތުރުވެފައިވީ ނަމަވެސް ޖުމުލަ ފައިދާ އިތުރުވުމާއި ހިިންގުމުގެ ހަރަދު ނިސްބަތުން ކުޑަކުރެވުމާއެކު ސާފު ފައިދާ ވެސް އިތުރުވެފައިވާ ކަމަށެވެ.

ތިންވަނަ ކުއާޓާގެ ސާފު ފައިދާ 168 މިލިއަން ރުފިޔާގައި އުޅޭއިރު، ދެ ކުއާޓާގެ ސާފު ފައިދާގެ ގޮތުގައި ހުރީ 155 މިލިއަން ރުފިޔާ އެވެ.

ތިން ވަނަ ކުއާޓާގެ އުސްއަލިތައް

އާމްދަނީ: 4.62 ބިލިއަން ރުފިޔާ.

ހަރަދު: 276 މިލިއަން ރުފިޔާ

ސާފު ފައިދާ: 168 މިލިއަން ރުފިޔާ

ހިއްސާއަކަށް ޖެހޭ އާމްދަނީ: 149ރ.

ނިމިގެންދިޔަ ކުއާޓާގައި ހިއްސާއަކަށް ޖެހުނު އާމްދަނީ ވަނީ އިތުރުވެފަ އެވެ. ދެ ވަނަ ކުއާޓާގައި ހިއްސާއަކަށް ޖެހުނު އާމްދަނީ އަކީ 138ރ. އެވެ. ފުރަތަމަ ކުއާޓާގައި 133ރ. އެވެ. ތިން ވަނަ ކުއާޓާގައި ޖެނުނީ 149ރ. އެވެ.

ވޭތުވެދިޔަ ތިން ކުއާޓާގެ ޖުމުލަ އާމްދަނީ 13.6 ބިލިއަން ރުފިޔާގައި ހުރިއިރު، ޖުމުލަ ސާފު ފައިދާއަކީ 473 މިލިއަން ރުފިޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

ގަވިންއިން ރަމަޟާން ސޭލް ފަށައިފި

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް "ގަވިން" ފިހާރައިން އޭވިން ބްރޭންޑުގެ އައިސްއަލަމާރި އާއި ދޮންނަ މެޝިނުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ. މި ސޭލްގެ ދަށުން ގަންނަ ތަކެތި މާލެ ސަރަހައްދަށާއި ބޯޓުފަހަރަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، ކޮންމެ ހަފްތާ ބަންދަކު ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

Newsletter

Get the latest news delivered straight to your inbox