ނޫސްވެރިންގެ ކަންބޮޑުވުން ހައްލުނުވެ، މަސްދަރު ބިލު އަނެއްކާވެސް އަނބުރާ ނާންނާނެތޯ ސުވާލެއް

ހެއްކާ ބެހޭ ބިލުގައި ހުރި ކަންބޮޑުންތަކާ ގުޅިގެން ނޫސްވެރިން މަޖިލިސް ކައިރީގައި ކުރި މުޒާހަރާގެ ތެރެއިން--- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

ހެއްކާ ބެހޭ ބިލުގައި ހުރި ކަންބޮޑުންތަކާ ގުޅިގެން ނޫސްވެރިން މަޖިލިސް ކައިރީގައި ކުރި މުޒާހަރާގެ ތެރެއިން--- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

ހެއްކާ ބެހޭ ގާނޫނުގައި މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ހާލަތްތަކެއް ކަނޑައަޅާފައިވާ މާއްދާއަށް ނޫސްވެރިން އެދުނު ބައެއް ބަދަލުތަކާއެކު ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާއިރު، އަލުން ފޮނުވި ބިލުގައި ނޫސްވެރިންގެ ކަންބޮޑުވުންތައް ހުރުމުން އެ ބިލު އަނެއްކާވެސް އިސްލާހުކުރަން ނުޖެހޭނެތޯ މާފަންނު ހުޅުނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ސުވާލު އުފައްދަވައިފި އެވެ.

ނޫސްވެރިން އެދިފައިވާ ބައެއް ބަދަލުތައް ހިމަނައިގެން އެ މާއްދާ އިސްލާހު ކުރަން ހުށަހަޅާފައިވީނަމަވެސް، ބިލު ހުށަހަޅައިފައިވަނީ ނޫސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުން ހުރި ގައުމީ ސަލާމަތާ ބެހޭ މާއްދާ ހިމަނައިގެންނެވެ.

ބިލުގައި ހިމެނޭ އެއް ބަދަލަކީ، މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ ހާލަތްތަކުގެ ތެރޭގައި ހިމެނޭ ގައުމީ ސަލާމަތާ ގުޅުން ހުރި ކުށްތަކާއި ޓެރަރިޒަމްގެ ކުށްތައް އިތުރަށް ސާފުވާނެ ގޮތަށް ގާނޫނުގައި މާނަކޮށްދިނުމެވެ.

ކުރިން ގާނޫނުގައި އޮތީ މަސްދަރު ހާމަކޮށްދިނުމަށް އެދި ދައުލަތުގެ އިތުރަށް ދައުވާ ކުރާ މީހުންނަށް ވެސް ހުށަހެޅޭ ގޮތަށެވެ. ފަހުން ފޮނުވި ބިލުގައި ހިމެނި ބަދަލަކީ، ދައުލަތް ތަމްސީލުކުރާ ޕްރޮސެކިއުޓާ ޖެނެރަލް ހުށަހަޅައިގެން، ހައި ކޯޓުން ކުރާ އަމުރެއްގެ ގޮތުގައި އެކަން ކަނޑައެޅުމަށެވެ.

އެންމެ ބޮޑު ކަންބޮޑުވުމެއް އޮތް ގައުމީ ސަލާމަތާ ބެހޭ މައްސަލަތައް އަދިވެސް ބިލުގައި އޮތުމުން ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ބިލާ ގުޅޭގޮތުން މިދިޔަ ބުދަ ދުވަހުގެ ޖަލްސާގައި ކުރިއަށް ދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މި ބިލު ފުރަތަމަ ދިރާސާކުރި އިރު ބަންޑަރަ ނައިބުގެ އޮފީސް ހިމެނޭ ގޮތަށް ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނު ކަމަށެވެ.

"ބަންޑާރަ ނައިބުގެ އޮފީހުން، ސަރުކާރުން ވިދާޅުވަމުން ގެންދެވީ، އެ ބިލު އޭރު އޮތީ ވަރަށް ފުރިހަމަކޮށް ކަމަށް. އަދި ހަމަ އެއާ އެކީގައި ނޫސްވެރިންގެ ކަންބޮޑުވުންތަކަށް އެޑްރެސް ކުރެވިފައި ހުންނާނެ ކަމަށް ވެސް ވިދާޅުވަމުން ގެންދެވި،" ހަސަން ލަތީފް ވިދާޅުވި އެވެ.

ނަމަވެސް، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް އޮތް ކަމަށް ސަރުކާރުން ބުނާ ބިލު މަޖިލީހުން ފާސްކުރިތާ ތިން މަހެއްހާ ދުވަހުގެ ތެރޭގައި އެ ބިލު އިސްލާހުކުރަން ހުށަހަޅާފައިވާއިރު، މިހާރު ހުށަހެޅި އިސްލާހާމެދު ވެސް ނޫސްވެރިންގެ ކަންބޮޑުވުން ހުރި ކަން އޭނާ ފާހަގަކުރެއްވި އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި ހަސަން ލަތީފް ވާހަކަ ދައްކަވަނީ. -ފޮޓޯ: މަޖިލިސް
މަޖިލީހުގެ ޖަލްސާއެއްގައި ހަސަން ލަތީފް ވާހަކަ ދައްކަވަނީ. -ފޮޓޯ: މަޖިލިސް

މަޖިލީހުގެ ޖަލްސާއެއްގައި ހަސަން ލަތީފް ވާހަކަ ދައްކަވަނީ. -ފޮޓޯ: މަޖިލިސް

"ދެން އަނެއްކާ ނޫސްވެރިންވީ މި މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއަށް ވަޑައިގެން އެ ވާހަކަތައް ދައްކަވަން. އަނެއްކާ ރައީސް އޮފީހަށް ވަޑައިގަންނަވަންވީ. އަނެއްކާ ބައްދަލުކުރައްވަންވީ ރައީސް އޮފީހުގެ ބޭފުޅުންނާ. އަނެއްކާ އެއީ ރަނގަޅު ކަމެއް ކަމަށް ވިސްނިވަޑައިގެން އަނެއްކާ ބަންޑާރަ ނައިބު އިސްލާހު ހުށަހަޅުއްވަންވީ. ދެން ކޮންއިރަކުނޮތޯ މި ނިމެނީ މި؟," ހަސަން ސުވާލު ކުރެއްވި އެވެ.

ހަސަން ލަތީފް ވިދާޅުވި ގޮތުގައި ނޫސްވެރިންނާ ސީދާ ގުޅުމެއް ވެސް ނެތް ހެއްކާބެހޭ ގޮތުން އެކުލަވައިލި މުހިންމު ގާނޫނަކަށް އަވަސް އަވަހަށް އިސްލާހު ކުރުން ދެކޮޅު ނުޖެހެ އެވެ.

ބިލު އޮތް ގޮތް ރަނގަޅު ކަމަށް ސަރުކާރުން ބުނާއިރު، އެ ގަބޫލުކުރުން މަތީގައި ދެމިއޮވެ، އެކަން ނޫސްވެރިންނަށް ވެސް ރަނގަޅަށް ވިސްނައިދޭންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން ސަރުކާރުން ވަކި ގޮތަކަށް ނިންމައި، މަޖިލީހުގެ ވަގުތާއި މަސައްކަތް ވެސް ބޭކާރު ނުވާނޭ ގޮތަކަށް އަމަލުކުރުމަށް ހަސަން ލަތީފް ގޮވާލެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox